Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޕެންޓަގަން ގެ ނަން "ޑިޕާޓްމަންޓް އޮފް ވޯރ" އަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމަވައިފި

ޕެންޓަގަންގެ ނަން "ޑިޕާޓްމަންޓް އޮފް ވޯރ" އަށް ބަދަލު ކުރުމުން ޑިފެންސް ސެކްރެޓަރީގެ މަޤާމުގެ ނަންވެސް "ސެކްރެޓަރީ އޮފް ވޯރ" އަށް ބަދަލުވެގެން ދާނެއެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 01:17
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންޓަގަން ގެ ނަން "ޑިޕާޓްމަންޓް އޮފް ވޯރ" އަށް ބަދަލު ކުރުމަށް ނިންމަވައިފި އެވެ.

އޭނާ ހުކުރު ދުވަހު ސޮއިކުރައްވާ އެގްޒެކެޓިވް އޯޑަރެއްގެ ދަށުން ޑިފެންސް ޑިޕާޓްމަންޓަށް އިތުރު ނަމެއްގެ ގޮތުގައި މި ނަން ބޭނުން ކުރުމަށާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްގެ މަޤާމުގެ ނަން "ސެކްރެޓަރީ އޮފް ވޯރ" އަށް ބަދަލު ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

އެމެރިކާގެ ހަތިޔާރުއެޅި ބާރުތައް ބަލަހައްޓާ ޕެންޓަގަނަކީ 1789 ގައި ކެބިނެޓް ފެންވަރުގެ އިދާރާއެއްގެ ގޮތުގައި އުފެދި 1947 އާ ހަމައަށް ދެމިއޮތް ވޯރ ޑިޕާޓްމަންޓް އެވެ.

އެގްޒެކެޓިވް ޑިޕާޓްމަންޓްތައް އުފެއްދުމުގެ ޒިންމާ އޮންނަނީ އެމެރިކާގެ ކޮންގްރެސް އަށް ކަމުން، ޑިޕާޓްމަންޓްގެ ނަން ޤާނޫނީ ގޮތުން ބަދަލު ކުރުމަށް ކޮންގްރެސް އިން ފާސް ކުރަން ޖެހޭނެއެވެ.

ބީބީސީ އިން ބުނާ ގޮތުގައި އެ އެޖޭންސީ އަށް ފެނިފައިވާ އެގްޒެކެޓިވް އޯޑަރުގައި ބުނެފައި ވަނީ: "ޑިޕާޓްމަންޓް އޮފް ވޯރ" މި ނަމުން ދޭހަ ވަނީ ހަމައެކަނި ދިފާއީ ޤާބިލިއްޔަތު ފާހަގަކުރާ "ޑިޕާޓްމަންޓް އޮފް ޑިފެންސް" އަށް ވުރެ ވަރުގަދަ ތައްޔާރީ ހާލަތުގައި އޮތްކަމުގެ އަޒުމުގެ މެސެޖެކެވެ."

ޓްރަމްޕް ވަނީ މި ގޮތައް ނަން ބަދަލުކުރުމުގެ ޚިޔާލު ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނަމުގެ ދަށުން އެމެރިކާ އަށް ދެ ބޮޑު ހަނގުރާމައިގައި "ކާމިޔާބީގެ ތާރީޚެއް" ލިބިފައިވެއެވެ. އަދި މިފަދަ ބަދަލަކަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތާއީދު ކުރާނެ ކަމުގެ އުއްމީދު އޭނާ ފާޅުކުރައްވާފައިވެއެވެ.

"ކޮންގްރެސްގެ އެއްބާރުލުން ބޭނުންވާ ނަމަ އެކަން ލިބޭނެކަން ޔަޤީން. އަޅުގަނޑު ހިތުން އެކަން ބޭނުމެއްވެސް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް އަދި ދިފާއީ ވަޒީރު ހެގްސެތް ވަނީ ޑިފެންސް ޑިޕާޓްމަންޓްގެ އަމާޒު "ހަނގުރާމަ" އާއި "ހަނގުރާމަވެރިންގެ ރޫހު" އަށް ބަދަލު ކުރަން މަސައްކަތް ކުރައްވާފައެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްޕެންޓަގަންޕީޓް ހެގްސެތްޑިޕާޓްމަންޓް އޮފް ވޯރޑިފެންސް ޑިޕާޓްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު