Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިޒްރެލް ގުޅުން

އިޒްރޭލު ހިމާޔަތް ކުރަން އެމެރިކާއިން B-52ގެ ބޯޓުތައް ފޮނުވަނީ

މިއީ އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް އެ ސަރަޙައްދުން ފުރުމަށް ތައްޔާރުވަމުންދާތީ އަސްކަރީ ވަސީލަތްތައް އަލުން ރޭވުމަށް ކުރާ މަސައްކަތެއް ކަމަށާއި އުޅަނދުތައް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަހުގައި ކުރިއަށްދާނެކަމަށް ޕެންޓެގަނުން ބުނެފައިވެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 08:22
އޭޖީއެމް-86ބީ އެއަރ-ލޯންޗްޑް ކްރޫޒް މިސައިލެއް

އޭޖީއެމް-86ބީ އެއަރ-ލޯންޗްޑް ކްރޫޒް މިސައިލެއް

އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާ އަކުން އިޒްރޭލް ހިމާޔާތް ކޮށްދޭން އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އިން B-52ގެ ހަނގުރާމަ މަތީ ބޯޓުތައް މެދުއިރުމައްޗަށް ފޮނުވަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ފެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމައްޗަށް ފޮނުވަން ނިންމި އުޅަނދުތަކުގެ ތެރޭގައި ފައިޓަރު ޖެޓްތަކާއި ޓޭންކަރުތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިއީ އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް އެ ސަރަޙައްދުން ފުރުމަށް ތައްޔާރުވަމުންދާތީ އަސްކަރީ ވަސީލަތްތައް އަލުން ރޭވުމަށް ކުރާ މަސައްކަތެއް ކަމަށާއި އުޅަނދުތައް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަހުގައި ކުރިއަށްދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އިރާނުން ނުވަތަ އީރާނުގެ ބައިވެރިންނާ މި ވަގުތުގެ ބޭނުން ހިފައިގެން މި ސަރަޙައްދުގައި ތިބި އެމެރިކާގެ ފައުޖުތަކަށް ނުވަތަ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާދީފިނަމަ، އެމެރިކާގެ މީހުން ދިފާޢުކުރުމަށް އެމެރިކާއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ،" ކަމަށް ޕެންޓަގަންގެ ތަރުޖަމާނު އެއަރ ފޯސް މޭޖަރ ޖެނެރަލް ޕެޓްރިރިކް ރައިޑަރގެ ބަޔާނުގައި ބުނެފައި ވެއެވެ.

މެދުއިރުމައްޗަށް އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދުތައް ފޮނުވުމަށް ނިންމާފައި މިވަނީ، މިދިޔަ އޮކްޓޫބަރު މަހު އިޒްރޭލާއި އީރާނާ ދެމެދު ސީދާ ހަމަލާތަކެއް ބަދަލުކުރެވިފައި ވަނިކޮށްނެވެ.

އެމެރިކާއިން ވަނީ އިޒްރޭލަށް އަމާޒުވާ ހަމަލާތަކުން ދިފާޢުވުމަށް އެހީތެރިވުމަށާއި، މެދުއިރުމަތީގައި ތިބި އެމެރިކާގެ ބާރުތައް ރައްކާތެރިކުރާނެ ކަމަށް ތަކުރާރުކޮށް ޔަޤީންކަން ދީފައެވެ. މި ބާރުތަކަށް ވަނީ ސީރިއާ، އިރާޤު، ޖޯޑަން އަދި ޔަމަނުގެ އައްސޭރިފަށުގައި އިރާނުގެ ބާރު ލިބިގެންވާ ގްރޫޕްތަކަށް ހަމަލާދީފައެވެ.

އެމެރިކާޕެންޓަގަންއިޒްރޭލް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު