Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްޠީން

އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފި

އިސްރާއީލާއި އެމެރިކާ އިން ދެކޮޅު ހަދަމުން ގެންދަނިކޮށް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ދެ-ދައުލަތުގެ ހައްލެއް ހޯދުމަށް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާ ގުޅިފައިވާ ބަޔާނަކުން އެކަން އިއުލާނު ކޮށްފި.

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 14:08
ޣައްޒާގެ އުތުރުން ނުކުމެގެން ދެކުނަށް މިސްރާބު ޖަހާފައިވާ ފަލަސްތީނު ރައްޔިތުން

ޣައްޒާގެ އުތުރުން ނުކުމެގެން ދެކުނަށް މިސްރާބު ޖަހާފައިވާ ފަލަސްތީނު ރައްޔިތުން

އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފި އެވެ.

މި ގައުމުތަކުން ދެ-ދައުލަތުގެ ހައްލަކަށް އާ ބާރެއް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތްކަން އިއުލާނު ކުރީ އާދިއްތަ ދުވަހު އެކުގައި ނެރުނު ބަޔާނެއްގައެވެ.

"މެދުއިރުމަތީގައި އިތުރުވަމުންދާ ބިރުވެރިކަމާ ކުރިމަތިލާއިރު، އަމާންކަމާއި ދެ ދައުލަތުގެ ހައްލެއްގެ އުއްމީދު ދިރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އެއީ ރައްކާތެރި އަދި ސަލާމަތްތެރި އިސްރާއީލަކާއި އެކު ދެމެހެއްޓެނިވި ފަލަސްޠީނު ދައުލަތެއް އޮތުން. މިވަގުތު، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނެތް. އިސްރާއީލާއި ފަލަސްޠީނުގެ އާންމު ރައްޔިތުން ޙައްޤު ވެގެން ވަނީ އަމާން ކަމާއެކު ދިރިއުޅުމަށް،" އިނގިރޭސި ބޮޑު ވަޒީރު ކީރ ސްޓާރމާ ފަލަސްތީނު ދައުލަތް ބަލައިގަތުން އިއުލާނު ކުރައްވަމުން ވިދާޅުވިއެވެ.

މި ހައްލަކީ ހަމާސް އަށް ދެވޭ އިނާމެއް ނޫން ކަމަށާއި އެއީ ހަމާސް އަށް މުސްތަޤުބަލެއް ނެތް ކަމަށާއި، ކުރިމަގުގައި އުފެދޭ ސަރުކާރުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި، އަދި ސަލާމަތީ ކަންކަމުގައި އެއްވެސް ހަމާސް އަށް ދައުރެއް ނެތި އޮންނާނެ އަތީ ކަމަށް ވެސް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ބޮޑު ވަޒީރު ވިދާޅުވީ، ޣައްޒާ އަށް ކުރިމަތި ކޮށްފައިވާ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، އިސްރާއީލު ސަރުކާރުން ޣައްޒާ އަށް ދެމުން ގެންދާ އަދި އިތުރު ކުރަމުން ގެންދާ ބޮމުގެ ހަމަލާ ތަކާއި، ބަނޑަށްޖެއްސުމާއި، ޣާއްޒާ ފަނާ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމާސްގެ ޢަމަލުތަކާއި، އިސްރާއީލު ސަރުކާރުން ހަނގުރާމަ ފުޅާކުރަމުންދިއުމާއި، އަދި ވެސްޓް ބޭންކުގައި ޔަހޫދީ އާބާދީތައް ވަޒަންވެރި ކުރުން ހަލުއި ކުރަމުން ގެންދާއިރު، ދެ ދައުލަތުގެ ހައްލުގެ އުއްމީދު ކުޑަވަމުންދާ ކަމަށާއި ނަމަވެސް އެ އަލިކަން ނިވިގެން ދާކަށް ފުރުސަތު ނުދެވޭނެ ކަމަށް ވެސް ބޮޑު ވަޒީރު ސްޓާރމާ ވިދާޅުވިއެވެ.

އެމެރިކާ އާއި އިސްރާއީލުގެ ގާތް މިތުރުންގެ ގޮތުގައި ބަލަމުން އަންނަ ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުން އަންނަ އިރު، އެ ދެ ގައުމުން ގެންދަނީ މި ކަމާ ރުޅިވެރިކަމާއެކު ނުރުހުންފާޅު ކުރަމުންނެވެ.

އެއާ އެކު ޣައްޒާ ސިޓީ އަށް އެއްގަމު މަގުންނާއި ވައިގެ މަގުން އިސްރާއީލުން ގެންދަނީ ހަމަލާތައް ދެމުންނެވެ.

އާދިއްތަ ދުވަހުގެ ފަތިހުއްސުރެ އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 55 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 37 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި "ހައިހޫނު ކަމާއި ބޭސް ފަރުވާ ނުލިބުމުގެ ސަބަބުން" 3 އަހަރުގެ ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ.

ޣައްޒާ ސިޓީ ގައި ދިރިއުޅޭ އެންމެ އެ ސިޓީ ދޫކޮށް ދިއުމަށް އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަނގުރާމައިގައި މަދުވެގެން 65،283 މީހުން ޝަހީދުވެ، 166،575 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އެތައް ހާސް މީހުން ވަޅުލެވިފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު