Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯމިއުލާ ވަން

ފޯމިއުލާ ވަން: އިޓާލިއަން ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

ޑްރައިވަރުންގެ ރޭންކިންގައި ހެމިލްޓަންއޮތީ 238 ޕޮއިންޓާއެކެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 05:00
އިޓާލިއަން ޖީޕީ ކާމިޔާބުކުރި ލުއިސް ހެމިލްޓަން

އިޓާލިއަން ޖީޕީ ކާމިޔާބުކުރި ލުއިސް ހެމިލްޓަން

ފޯމިއުލާ ވަންގެ އިޓާލިއަން ގްރޭންޑް ޕްރީ އިނގިރޭސިވިލާތުގެ ލުއިސް ހެމިލްޓަން ކާމިޔާބު ކޮށްފިއެވެ.

އިޓަލީގެ މޮންޒާގައި އޮންނަ "އޮޓޯޑްރޯމް ނަޒިއޮނާލެ މޮންޒާ" ރޭސިން ސާކިޓުގައި ކުރިޔަށް ދިޔަ މި ރޭސް ހެމިލްޓަން ކާމިޔާބުކުރީ ޖަރުމަނުގެ ސެބެސްޓިއަން ވެޓެލްއާ ފިންލޭންޑުގެ ވަލްޓޭރީ ބޯޓާސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ހެމިލްޓަން ރޭސް ނިންމާފައިވަނީ އެއް ގަޑިއިރާ 15 މިނުޓުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް ނިންމި އޭނާގޭ ޓީމުގެ ދެވަނަ ޑްރައިވަރު، ވަލްޓޭރީ ބޯޓާސްއަށް ރޭސް ނިންމާލެވިފައިވަނީ ހެމިލްޓަންއަށް ވުރެ ހަތަރު ސިކުންތު ފަހަތުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި ފެރާރީގެ ސެބެސްޓިއަން ވެޓެލްއަށް ރޭސް ނިންމުނީ ހެމިލްޓަންއަށްވުރެ 36 ސިކުންތު ލަހުންނެވެ.

ހެމިލްޓަން ވަނީ ރޭހުގެ ކުރިން ބޭއްވުނު ކޮލިފައިން ރައުންޑުގައި ފޯމިއުލާ ވަންގެ އެންމެ ކާމިޔާބު ޑްރައިވަރު ކަމަށްވާ ޖަރުމަނުގެ މައިކަލް ޝޫމޭކާގެ ރިކޯޑެއް މުގުރާލާފައެވެ. އެގޮތުން އޭނާވަނީ ފޯމިއުލާ ވަންގައި އެންމެ ގިނަ "ޕޯލް ޕޮސިޝަން" ހޯދި ޑްރައިވަރުގެ މަގާމް ހޯދާފައެވެ. އޭނާ ޝޫމޭކާގެ ރިކޯޑު މުގުރާލީ 69 "ޕޯލް ޕޮސިޝަން" އާއެކުއެވެ.

ރޭސް ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެމިލްޓަންވަނީ އޭނާގެ ޓީމަށް ތައުރީފުކޮށް ފެރާރީއާ ދެމެދު އޮންނަ ވާދެވެރި ކަމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފެރާރީއާ ދެމެދު އޮންނަ ވާދެވެރި ކަމަކީ ރޭސްތަކުން މޮޅުވުމަށް ލިބޭ ހިތްވަރެއް ކަމަށް ބުނެފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ހަވަނަ ރޭހެވެ.

މި މޮޅާއެކު އޭނާވަނީ ޑްރައިވަރުންގެ ރޭންކިންގައި ވެޓެލް ފަހަތަށް ޖައްސާލުމަށްފަހު އެއްވަނައަށް ޖެހިލާފައެވެ. އެގޮތުން އެއްވަނައިގައި ހެމިލްޓަންއޮތީ 238 ޕޮއިންޓާއެކެއެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވެޓެލްއެވެ. އަދި 197 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 435 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 373 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. ފޯމިއުލާ ވަންގެ ރޭހެއް ދެން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ސިންގަޕޫރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

07 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު