Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފީއަލި ކައުންސިލް

ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

އެމަނިކުފާނު ފީއައްޔަށް ވަޑައިގަންނަވަން އޮތީ ހޮނިހިރު ދުވަހުގެ ހަވީރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 09:00
2024 ވަނަ އަހަރު ރައީސް މުޢިއްޒު ފީއައްޔަށް ވަޑައިގެންނެވުމުން، ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ރައީސް އަށް މަރުޙަބާ ދަންނަވަނީ

2024 ވަނަ އަހަރު ރައީސް މުޢިއްޒު ފީއައްޔަށް ވަޑައިގެންނެވުމުން، ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ރައީސް އަށް މަރުޙަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ހަވީރު ފ.ފީއައްޔަށް ވަޑައިގަންނަވާއިރު، ފަހު ވަގުތު ދަތުރުގެ ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ނިންމަވައިފި އެވެ.

މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުގައި އެމަނިކުފާނު ފީއައްޔަށް ވަޑައިގަންނަވަން އޮތީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުޢިއްޒު ފީއައްޔަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ.

Advertisement - newsAdvertisement

އެ ދަތުރުފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ފީއަލީ ކައުންސިލް އަށް ފޮނުވި ޕްރޮގްރާމްގައި ކައުންސިލާ ބައްދަލު ކުރަން އޮތީ ހަމަޖެހިފަ އެވެ. "ސިއްރު" ޖަހާފައިވާ އެ އެޖެންޑާގައި ވަނީ، ފީއަލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި، ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރާ ގޮތަށެވެ. އެ ބައްދަލުވުން އޮތީ ފީއަލީ ކައުންސިލް އިދާރާގަ އެވެ.

އޭގެ ފަހުން ދެ ވަނަ ފަހަރަށް ޕްރޮގްރާމް ބަދަލު ކުރުމަށް ފަހު ކައުންސިލްއާ ހިއްސާ ކުރިއިރު ވެސް އެ ބައްދަލުވުން އޮތީ ހިމަނައިފަ އެވެ. ނަަމަވެސް، ތިން ވަނަ ފަަހަރަށް ޕްރޮގްރާމް ބަދަލު ކުރުމަށް ފަހު ކައުންސިލްއާ ހިއްސާ ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ 10:30 ހާއިރު އެވެ.

ތިން ވަނަ ފަހަރަށް ޕްރޮގްރާމް ފޮނުވިއިރު، އެ ޕްރޮގްރާމްގައި ކައުންސިލްއާ ބައްދަލު ކުރާ ގޮތަކަށް ނެތެވެ. އޭގެ ބަދަލުގައި އޮތީ ފީއަލީގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށެވެ. އެ ބައްދަލުން އޮތީ ވެސް، ފީއަލީގައި ހުންނަ ފ.އަތޮޅު މަދަރުސާ އަށް ބަދަލު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ފީއަލީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޖަލީލް ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުން އުނި ކުރުމަށް ފަހު ޕްރޮގްރާމް ހިއްސާ ކުރުމުން، ރައީސްގެ ދަތުރުފުޅުގެ އެޑްވާންސް ޓީމުގެ އިސް ބޭފުޅާއާ ގުޅުއްވި ކަމަށެވެ. އަދި ކައުންސިލްގެ ބައްދަލުވުން ނެތީ ކީއްވެތޯ އާއި، މުއައްސަސާތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އަށް ބައިވެރިވެވޭނެތޯ ސުވާލު ކުރި ކަމަށް ޖަލީލް ވިދާޅުވި އެވެ.

އެއާއެކު އެޑްވާންސް ޓީމުގެ އިސް ބޭފުޅާ ވިދާޅުވީ، މުއައްސަަސާތަކުގެ ބައްދަލުވުމުގައި ކައުންސިލް އަށް ބައިވެރި ނުވެވޭނެކަން ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި އެއީ "މަތިން" އައި އޯޑަރެއްގެ ސަބަބުބް ގެނެސްފައިވާ ބަދަލެއް ކަމަށް އެ ބޭފުޅާ ވިދާޅުވެފައިވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.

ރައީސް އޮފީހުން ފީއަލީ ކައުންސިލް އަށް ފޮނުވާފައިވާ ޕްރޮގްރާމް ވަނީ މި ނޫހަށް ލިބިފަ އެވެ. ފުރަތަމަ ދެ ޕްރޮގްރާމްގައި ވެސް ޕީއަލީ ކައުންސިލްއާ ބައްދަލު ކުރަން އޮތް ނަމަވެސް، ތިން ވަނަ ޕްރޮގްރާމް އިން ވަނީ ކައުންސިލްގެ ބައްދަލުވުން އުނި ކޮށްފަ އެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ފީއަލީ ރައްޔިތުންނާ ބައްދަލު ކުރާއިރު، އެ ބައްދަލުވުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ކައުންސިލަށް ނުދެ އެވެ. ޖަލީލް ވިދާޅުވީ، މިހާތަނަށް ކައުންސިލް އަށް އެ ފަދަ ފުރުސަތެއް އޮތް ކަމަަށް އަންގާފައި ނުވާ ކަމަށެވެ.

އާންމު ގޮތެއްގައި ރައީސް ރަށް ރަށަށް ވަޑައިގަންނަވާއިރު، ރަށް ތަކުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލު ކުރައްވަ އެވެ. އަދި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ކައުންސިލް އަށް ދެ އެވެ.

ފީއަލި ކައުންސިލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފ. ފީއަލި

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު