Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.ފީއަލި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް މުޢިއްޒު ފީއައްޔަށް ވަޑައިގެން، ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2025 | ބުދަ 06:28
ފީއަލީގައި އިމާރާތް ކުރަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައި

ފީއަލީގައި އިމާރާތް ކުރަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ފ.ފީއަލީގައި ބިންގާ އަޅުއްވައި ދެއްވި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް މުޢިއްޒު ފީއައްޔަށް ވަޑައިގެން، ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައިވާ ކަމަށެވެ. އެ މަސައްކަތް ފަށައިގެން އިމާރާތުގެ ތަނބުތައް ޖެހި ފަހުން، މިހާރު މަސައްކަތް ހުއްޓިފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

ކައުންސިލްގެ ރައީސް މޫސަ ވިދާޅުވީ، ފީއައްޔަށް ރައީސް މުޢިއްޒު ވަޑައިގަންނަވާ ދަތުރުފުޅާ ދިމާކޮށް މަސައްކަތް ކުރަން ބޭނުންވާ ސާމާނު ކޮންމެ ވެސް މިންވަރަކަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސިމެންތި، ހިލަ އަދި ވެލި ގެނެސްގެން މަސައްކަތް ފެށި ނަމަވެސް، ވަކި ހިސާބަކުން ތަކެތި ހުސްވެފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ތަކެތި ހުސްވި ފަހުން، ކުރީ ސަރުކާރުން ފީއަލީގައި ފަށާފައިވާ ސައިންސް ލެބު އިމާރާތް ކުރުމަށް އޭރު ގެެނެސްފައިވާ ތަކެތި ކޮންމެ ވެސް ވަރަކަށް ބޭނުން ކޮށްގެން، މިހާރު ހުރި ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. ހަމަ އެހެންމެ، އަތޮޅު ތެރޭގެ ބައެއްގެ ރަށް ރަށުން ތަކެތި ގެނައިކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، "މުޢިއްޒު ސްޕީޑުގައި" ކުރިއަށް ދާނެ ކަމަށް ބެލެެވުނު މަޝްރޫއަކީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން ވެސް ފެނަކަ އަށް ނެގި ކަަމަށާއި، އެއާއެކު ވަރަށް ބާރު ދުވެލީގައި މަސައްކަތް ފެށި ނަމަވެސް، މިހާރު އޮތީ ހުއްޓިފަ އެވެ. އެ މަސައްކަތާ މެދު ދެން ކަންތައް ވާނެ ގޮތާ މެދު ސުވާލު އުފެދިފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި އެވެ.

ފ.ފީއަލިފީއަލި ކައުންސިލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ
11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް
10 ޑިސެމްބަރު 2025

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި
09 ޑިސެމްބަރު 2025

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި
20 ސެޕްޓެމްބަރު 2025

ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

20 ސެޕްޓެމްބަރު 2025
ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު