Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ.ފީއަލި

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

ޖަލީލް ވިދާޅުވީ ޞިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ބޭނުންވާ ސަރަހައްދުގެ ބިން ސާފު ކުރުމަށް ފަހު، ކޮންކްރީޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 13:07
ފީއަލީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހުއްޓިފައި

ފީއަލީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހުއްޓިފައި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެ ސަރުކާރުން ފ.ފީއަލީ ގައި ތަރައްޤީ ކުރަން ފެށި ޞިއްޙީ މަރުކަޒު ގެ އައު އިމާރާތުގެ މަސައްކަތް، ވެރިކަން ބަދަލުވި ފަހުން ހުއްޓުނު ގޮތަށް އަދި ވެސް މަސައްކަތް ހުއްޓިފައިވާ ކަމަށް ފީއަލީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން ޖަލީލް ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙު ގެ ވެރިކަމުގެ ފަހު އަހަރު ގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން، ދެ ފަންގިފިލާގެ އިމާރާތެއްގެ ގޮތުގައި ޞިއްޙީ މަރުކަޒު ގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ޖަލީލް ވިދާޅުވީ ޞިއްހީ މަރުކަޒު ގެ އައު އިމާރާތް އަޅަން ބޭނުންވާ ސަރަހައްދު ގެ ބިން ސާފު ކުރުމަށް ފަހު، ކޮންކްރީޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. މަސައްކަތް ކުރިއަށް ދަމުން ގޮސް، މަތީ ޝީޓް އެޅުމާ ހަމައަށް މަސައްކަތް އޭރު ގޮސްފައިވާ ކަމަށް ޖަލީލް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، 2023 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވި ފަހުން މަސައްކަތް ކުރަމުން އައި ކުންފުންޏަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ހަމަޖައްސައި ދީފައި ނުވާއިރު، މަސައްކަތަށް ބުރޫ އަރަމުން އައި ކަމަށް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ބޭނުންވާ ފައިސާ ހަމަ ޖައްސައި ދެވެން ނެތް ނަމަ، ޝީޓު އެޅުމަށް ބޭނުންވާ ސިމެންތި ހަމަޖައްސައި ދިނުމަށް ވެސް އެ ކުންފުނިން އެދުނުކަން ޖަލީލް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް، ކައުންސިލުން ކުރި މަސައްކަތުން ވެސް ސަރުކާރުން އެކަން ހަމަޖައްސައި ދީފައި ނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. އޭގެ ފަހުން މަސައްކަތް ކުރިއަށް ނުގެންދެވި، މަސައްކަތު ސައިޓުގައި ހުރި ދަގަނޑުތަކާއި، ފިލާތައް ވެސް އެ ކުންފުނިން ރުޅާލާފައިވާ ކަމަށް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

މަސައްކަތް ހުއްޓާލި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފިއައްޔަށް ވަޑައިގެންނެވި ނަމަވެސް، ޞިއްޙީ މަރުކަޒު އައު އިމާރާތުގެ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. ނަމަވެސް، ރައީސްގެ ދަތުރުފުޅާ ދިމާކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށް ޖަލީލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފީއައްޔަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅާ ދިމާކޮށް ޞިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރި ނަމަވެސް، އޭގެ ފަހުން ޞިއްޙީ މަރުކަޒު އައު އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.

ފ.ފީއަލިފީއަލި ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު