Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. ފީއަލި

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

ކައުންސިލްގެ ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ހިއްކާފައި އޮތް ފަސް ގަނޑު، ވެރިކަން ބަދަލުވީ ފަހުން އެއްވެސް މަސައްކަތެއް ނުކުރެވި މިހާރު ގިރަމުން އަންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 07:21
ފ. ފީއަލީ ގައި ހިއްކާފައިވާ ފަސްގަނޑު ފެންނަ ފޮޓޯ

ފ. ފީއަލީ ގައި ހިއްކާފައިވާ ފަސްގަނޑު ފެންނަ ފޮޓޯ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފ. ފީއަލީގައި ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސް ގަނޑު، ރިވެޓްމަންޓް ޖަހާ ނުލެވި ގިރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވީ، ކުރީ ސަރުކާރުން ހިއްކާފައި އޮތް ފަސް ގަނޑު، ވެރިކަން ބަދަލުވީ ފަހުން އެއްވެސް މަސައްކަތެއް ނުކުރެވި މިހާރު ގިރަމުން އަންނަ ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ފީއަލީގެ ބިން ހިއްކުމަކީ އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދު ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ރަށުގެ އެންމެހާ ރައްޔިތުން ލޯ ކުރިމަތީގައި މިއަދު އެ ފަސްގަނޑު ގިރަމުން ގިރަމުން ގޮސް، ބޮޑު ބައެއް ގިރާލާފައިވާ ކަމަށް މޫސަ ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިހާރު ފަސް ގަނޑު އެ އޮތް ގޮތަށް ބާއްވައިފި ނަމަ، އޭގެ އިން ބޮޑު އިންސައްތައެއް ގިރާލައިގެން ދާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް ގަނޑު ޙިމާޔަތް ކުރުމަށް ޖަހަން ޖެހޭ ރިވެޓްމަންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ރިވެޓްމަންޓް ޖެހޭނެ ދުވަހެއް އެއްވެސް ދިމާލަކުން އެނގެން ނެތް ކަމަށެވެ. ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ކޮންމެ ވެސް މިންވަރެއްގެ ހިލަ ކުރީ ސަރުކާރުން ގެނެސްފައިވާއިރު، މި ސަރުކާރުން ވެސް ހިލަ ޖެހުމަށް މަސައްކަތް ކުރި ކަމަށް މޫސަ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ފީއަލީގެ ސިޔާސީ އިސްވެރިން ނިކުމެ އެކަން ހުއްޓުވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން ހުއްޓުވީ ހިއްކާ ސަރަހައްދު އިތުރަށް ބޮޑު ކުރުމަށް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ކުރެވޭ މަންޒަރު ނުފެންނަ ކަމަށް މޫސަ ވިދާޅުވެފައިވެ އެވެ. ފީއައްޔަށް ބޭނުންވާ ހިލަ ގެންނަވާނެ ކަމަށް ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެކަން ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފ.ފީއަލިފީއަލި ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025
ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު