Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.ފީއަލި

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025 | ބުރާސްފަތި 06:18

އަޙުޒަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަމުން އައި ނަމަވެސް، ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2025 | ބުރާސްފަތި 06:18
ފީއަލީ ފެން ޕަލާންޓު އިމާރާތުގައި ގަސް ހެދިފައި

ފީއަލީ ފެން ޕަލާންޓު އިމާރާތުގައި ގަސް ހެދިފައި

ނިމުނު އެމްޑީޕީގެ ސަރުކާރުން ފ.ފީއަލީގައި އިމާރާތް ކުރަން ފަށާފައިވާ ފެން ޕްލާންޓުގެ މަސައްކަތް، ސަރުކާރު ބަދަލުވީ ފަހުން ހުއްޓި ބޯ ޖަންގައްޔަކަށް ބަދަލުވެއްޖެ އެވެ.

ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ މެމްބަރު އަޙުޒަމް ޢަބްދުﷲ ވިދާޅުވީ، އެ މަސައްކަތަކީ އެމްޑީޕީގެ ސަރުކާރުން ފީއަލީގައި ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ފެށި މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ތަނެއް ކަމަށެވެ. އަޙުޒަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަމުން އައި ނަމަވެސް، ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

އޭގެ އިތުރުން އަޙުޒަމް ވިދާޅުވީ އެ މަޝްރޫއުގެ ގާތް ގަނޑަކަށް 80 އިންސައްތަ މަސައްކަތް ހުރީ ނިމިފައި ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްލައިގެން، ފީއަލީގައި ފެނުގެ ޚިދުމަތް ދޭން ފެށޭ ވަރު ވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. މަސައްކަތް ގޮސްފައިވާ ހިސާބު ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ގޭގެ އަށް ކޮޅު ވެސް ވައްދާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރު ބަދަލުވީ ފަހުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާއިރު، މަސައްކަތް ކުރަމުން އައި ކޮންޓްރެކްޓަރު އަތުން މަސައްކަތް އަތުލާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮން ބަޔަކާ ކަމެއް ވެސް ނޭނގޭ ކަމަށާއި، އެ ސަރަހައްދު ކައުންސިލް އިން ބެލެހެއްޓުމަށް ސަރުކާރުން އަންގާފައިވާ ކަމަށް އަޙުޒަމް ވިދާޅުވި އެވެ.

އިތުރަށް އަޙުޒަމް ވިދާޅުވެފައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނީގެ އަތުން މަސައްކަތް އަތުލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލަ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ރަަށަށް ވަޑައިގެންނެވިއިރު، އެ މަޝްރޫއުގެ ވާހަކަ ހިއްސާ ކުރި ނަަމަވެސް، ރައީސްގެ އެއްވެސް ޖަވާބެއް ނެތް ކަމަށް ކައުންސިލް އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ފ.ފީއަލިފީއަލި ކައުންސިލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި
10 ޑިސެމްބަރު 2025

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި
09 ޑިސެމްބަރު 2025

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި
20 ސެޕްޓެމްބަރު 2025

ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

20 ސެޕްޓެމްބަރު 2025
ފަހު ވަގުތު ޕްރޮގްރާމް ބަދަލުކޮށް، ފީއަލީ ކައުންސިލާ ބައްދަލު ނުކުރަން ރައީސް މުޢިއްޒު ނިންމަވައިފި
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލް އިން ތަރައްޤީ ކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލް އިން ތަރައްޤީ ކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި
11 ސެޕްޓެމްބަރު 2025

މުއިއްޒުގެ ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީ އިން ނިކުންނަ ނިކުތުމާ ބެހޭ ގޮތުން ޕާޓީގެ ރައީސް ޝާހިދު ފީއަލީ އެމްޑީޕީ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް