Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް އޭރު ވާހަކަ ދެއްކީ ތަންމިނަށެވެ. މިނިވަން ޚިޔާލުގެ ގޮތުގައެވެ. އިންޑިޔާއާއެކު އޮތް ގުޅުމާ އެއްބަސްވުންތައް ސިއްރުކުރާ ކަމަށް ބުނެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 10:49
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ބަދަލު ކުރުމަށްޓަކައި އޭރުގެ އިދިކޮޅުން ހިންގި ކެންޕޭނަކީ ސަރުކާރެއްގެ އަގުވައްޓާލަން މިފަހުގެ ތާރީޚެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ފާޑުކީ އެއް ކެންޕޭނެވެ. އޭރުގެ ސަރުކާރާ އިންޑިޔާއާ ގުޅުވައިގެން ނުކިޔާ އެއްޗެއް ނެތެވެ. ހަޑިވެގެންވެސް ނުދައްކާ ވާހަކައެއް ނެތެވެ. ސާބިތު ނުހިފޭ އެތައް ދޮގުވާހަކައެކެވެ. ދޭދޭ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރާއަރާ މިންވަރަށް އެއްޗެހި ގޮވަމުން ދިޔައީ ދެގައުމުގެ ދެމެދުގައި ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުންތައް ހާމަނުކުރި ކަމަށް ބުނެއެވެ. މީހަކު ބުނިއްޔާ ބުނިހާ އެއްޗެއް ރައްޔިތުންނާ ހަމައަށް ރޮލަށް ދިޔައީ ގެނެސްދެމުންނެވެ. ހީވިއްޔާ ހީވި އެއްޗެއް އެއީ ތެދުކަމަށް ހަދައި ރައްޔިތުންނަށް ދިޔައީ ކިޔައިދެމުންނެވެ. އިންޑިއާ ސިފައިން މުޅި ގައުމަށް ބާރު ހިންގާ ވާހަކައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ހާހުން ހާހުން ތިބި ވާހަކައެވެ. މިވާހަކަތައް އެންމެ ބާރަށް ދެއްކެވި އެއްބޭފުޅަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒެވެ.

"މިގައުމުގެ ކަންތައް މިހާރު މިވަނީ ބޮއްސުން ލައިގެން ގޮއްސަ. ހަގީގަތުގަވެސް ގައުމުގެ މިނިވަންކަން މިހާރު ނެތޭ އަޅުގަނޑުމެންނަށް ދެންނެވޭނެ. އެހާ ބޮޑަށް މިވަނީ ގައުމުގެ ކަންތައްތަކަށް މިވަނީ އިންޑިޔާގެ މިލިޓްރީ އެކިއެކި ފަރާތްތައް ގައުމުގައި އިންޑިޔާގެ މިލިޓްރީ ޕާސަނަލް ތިބިވަރެއް އެއްވެސް މީހަކަށް ނޭނގޭ. އަޅުގަނޑުމެންނަށް ލިބޭ ނުރަސްމީ މައުލޫމާތުންނަމަ އެތައް ހާސް މީހުނެއް އެތައް ހާސް ސިފައިންނެއް ގައުމުގެ އެކިހިސާބުތަކުގަ ހަނިމާދޫއާ އައްޑޫއާ މިހެންގޮސް އެކިތަންތަނުގައި އެބަތިބި. މިހާ ސީރިއަސް ހިސާބެއްގައި ގައުމުގެ ކަންކަން މިއޮތީ." މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލް ގެއްލޭފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއެކު ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ދޭދޭ ދެގައުމުގެ މެދުގައި ހެދޭ އެއްބަސްވުންތަކަކީ ދެގައުމުގެ މަސްލަހަތަށް ބަލައި ސިއްރު ހިފަހައްޓަން ޖެހޭ އެއްޗެއް ކަމުން އާއްމު ނުކުރިނަމަވެސް މަޖިލީހަށް ހާމަކޮށްފައިވާނޭ ކަމަށެވެ.

މިއަށް ވެސް ރައްދު ދެއްވީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އޭރުގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް މުއިއްޒެވެ. ވިދާޅުވީ ފޮރުވަން ޖެހޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ ސާފު ސަރުކާރެއް ގާއިމް ކުރަން. ފަސްބައި ސާފު ޚިދުމަތް ކުރުމުގައި ކެރޭ ދެފުށް ފެންނަ ހާމަކަންބޮޑު ސަރުކާރެއް ގާއިމްކުރަން. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. ކޮންކަމެއްތޯ ފޮރުވަން އޮތީ ރައްޔިތުންނަށް ޚިދުމަތްކުރަން އަންނަ ބަޔަކު. އަޅުގަނޑު ގާއިމްކުރާ ސަރުކާރެއްގައި ފޮރުވާނެ އެއްކަމެއްވެސް ނޯންނާނެ. ރައްޔިތުންނަށް ފެންނާނެ ދެފުށް ފެންނާނެ. ޖަވާބުދާރީވާން ނޭނގޭ ޖަވާބުދާރީ ނުވެވޭނެ އެއްކަމެއްވެސް ނުކުރާނަން. އަޅުގަނޑުވެސް ޖަވާބުދާރީ ނުވާނެ ކުރާނެ އެއްވެސް ކަމެއް ނޯންނާނެ" މުއިއްޒު ވިދާޅުވިއެވެ.

އެވާހަކަތައް އެހެން ދެއްކުމުގައި ހަޑިވެގެން ނުދައްކާ ވާހަކައެއްވެސް ނެތެވެ. އޭގެ އެއްމިސާލަކީ މިހާރުގެ ފިޝަރީޒް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެންބަރު ސިޔާމެވެ. އިންޑިޔާގެ މޯދީއާ އޭރުގެ ސަރުކާރާ ގުޅުވައި ސިޔާމް ދެއްކި އެއް ވާހަކައަކީ މައިންދަރިން އެއްތާކު ތިބެގެން އަޑުއަހަން އެހާ ރީތި ވާހަކައެއް ނޫނެވެ.

"ދުއްޕާން އިޓް އިސް ބިކޯސް ޔުއަރ ލީޑަރ އިސް ސްލީޕިންގ ވިތް މޯލްޑިވްސް ޕްރެޒިޑެންޓް" އޭ އޯހ "ސޭމް ބެޑް" ޔޭސް ދޭއަރ ސްލީޕިންގ އިން ދަ ސޭމް ބެޑް އޭ" ސިޔާމް ވިދާޅުވިއެވެ.

ހަމަ އެގޮތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ތަފާތު ނަންނަމުންވެސް ދިޔައީ މުޚާތަބު ކުރަމުންނެވެ. ކެންޕޭން ޖަލްސާ ތަކާއި އިވެންޓް ތަކުގައެވެ. ޓީވީ ޝޯތަކުގައެވެ. ކިނބުލަށްވެސް ގޮވީއެވެ. ޗޯރަށްވެސް ގޮވީއެވެ.

"އަޅުގަނޑު ޗޯރު ކީމަ އަޅުގަނޑަށް އެއް ދުވަހަކު އެމްޑީޕީގެ ތެރޭގެ ވަޒީރަކު ގުޅާފަ ބުނީ މުހައްމާވޭ އަޅުގަނޑުމެންގެ ރައީސް ހޮވަން މޮހަންމާއަކީ އުޅުނު މީހެކޭ. ޗޯރު ނުކިޔަބަލާށޭ. "އެންމެން ކިޔާނީ ޗޯރު އިބުރޭ. ތިޔައީ ގައުމުގެ ޗޯރު. ކިޔާށޭ ޗޯރު. ޗޯރު.ޗޯރު" އެންމެފަހުން ބްރޯޑް ކޮމިޝަންގެ މެންބަރަކަށް މުއިއްޒު އައްޔަން ކުރި ކުރީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) މުއިއްޒަށް ތާއީދު ކުރުމުގެ ޖަލްސާއެއްގައި ވިދާޅުވިއެވެ.

އޭރުގެ ސަރުކާރުގެ އަގު ވައްޓާލުމަށް ތަފާތު ވާހަކަތައް ދެއްކުމުގައި އެކިއެކި މުއައްސަސާތަކުގެ މިނިވަންކަމެއް ނެތް ވާހަކަވެސް ދެއްކިއެވެ. ސަރުކާރުން ފޯރުވާ ނުފޫޒުގެ ސަބަބުން އެމުއްސަސާތަކުން ތިބީ ބިރުގަންފައިކަމަށް ބުނަމުން ދިޔައެވެ.

"އޭގެ މާނައަކީ ހައްގުތަކަކަށް އަރައި އެބަ ގަނެވެއޭ. ވަކިން ޚާއްޞަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމާ މިހުރިހާ ކަމެއްގަ ދަރަޖަތަކެއް ދަށަށް ދިއުމަކީ ކަންބޮޑުވާކަމެއް. ހަނިކުރެވޭ ވާހަކަ އޭގަ އެބުނަނީ. އެހެންވެއްޖެކަމަށްވާނަމަ ކޮބައިތޯ ހިއުމަންރައިޓްސް ކޮމިޝަންގެ ރޯލަކީ. ހައްގުތަކެއް ނިގުޅައިގަނެގެން އިންޓަރނޭޝަނަލް އެންމެވަރުގަދަ އެއްޖަމްއިއްޔާއިން މިއޮތީ ބުނެފަ. ކޮބައިތޯ ނެތޭ ހިއުމަންރައިޓްސް ކޮމިޝަނުން މީގެ އެއްވެސް މަސައްކަތެއް ކުރެވިފަ. ހިއުމަންރައިޓްސް ކޮމިޝަންގެ ވާހަކަތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވުނުކަމެއްމީ ސަރުކާރު ދެކެ ބިރުން ހިއުމަންރައިޓްސް ކޮމިޝަން އޮތްކަން. ގާނޫން އަސާސީން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިއުމަންރައިޓްސް ކޮމިޝަން މިއޮތީ. ސަރުކާރުން ޖަހާ ބެރަކަށް ހިއުމަންރައިޓްސް ކޮމިޝަން ނަށާކަށް ނުޖެހޭނެ. އެބޭފުޅުންނަނަކީ ހުރިހާ ޕާޓީއެއްގެ ބޭފުޅުން ވޯޓު ދެއްވައިގެން މިއަދު ކޮމިޝަންގަ ތިއްބެވި ބޭފުޅުން. ވަކި ސަރުކާރަކުން ބުނާ ގޮތަކަށް ވަކިމީހަކު ބުނާ ގޮތަކަށް އަމަލްކުރަންޖެހޭ ގޮތަކަށް ނޫން. އެބޭފުޅުން އަމަލް ކުރަންޖެހޭ ވަކި ޗާޓަރެއް އޮވޭ" ކުރީގެ ނައިފަރު ދާއިރާގެ މެންބަރު ސިޔާމް ވިދާޅުވިއެވެ.

އެގޮތައް ފާޑު ކިއުމުގައި ވަކި އިދާރާއެއް ނެތެވެ. އެތަންތަނުގެ މީހުންނަށް އިންޒާރާއި ފުރައްސާރަ ކުރަމުންދިޔައިރު ބޭއަދަބީ ބަސްތަކަށް ދަންދެން ދިޔައީ ގޮވާ ނަގަމުންނެވެ.

މުއިއްޒުގެ ވަރަށް ގާތް ސޯޝަލް މީޑިޔާ ހިންގުމުގައި އުޅޭ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ބުނެފައިވާ ގޮތުގައި ލޭ އޮހޮރުވައިގެން ނަމަވެސް އިބޫގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ޓުވީޓުކުރަން ތިބެގެން ވާކަށް ނެތް. ލޭ އޮހޮރުވުމަކުންވެސް ބަދަލުކުރަންވެއްޖެ،" އިބޫ ނޫންގޮތެއް ހޭޝް ޓެގް ބޭނުންކުރައްވައި، އޭނާ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

"ފަނޑިޔާރުގެ ބެންޗުގަ ތިބި ހަތަރު ފަސް "ބޅނ" އަށް ދަންނަވާލަން ބޭނުންވަނީ ކޮން ވާހަކައެއް ދައްކާކަށް މިއަކު ނޯންނާނެ އެޔެއް މިޔެއް. އަޅުގަނޑުމެންގެ ވެރިކަމެއްގަ ޖަލުގެ ކުޑަގޮޅިއަށް ލާނަމޭ" ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

މުއިއްޒު އޭރު ވިދާޅުވީ އެގޮތައް ކަންކަން ވެގެން ދަނީ ބާރު އޮތީމާ ސަރުކާރުން ބާރުގެ ބޭނުންކުރާތީ ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި އެހެންވިޔަ ނުދޭނެކަމަށް އަޑަށް ބާރުލައްވައި ވަރަށް ސާބިތު ކަމާއެކު އޭރު މުއިއްޒު ވިދާޅުވިއެވެ. ޚާއްޞަކޮށް މަޖިލީހުގައި މެޖޯރިޓީ އޮތަސް އެފަދަ ކަންކަން ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

"ފެނިވަޑައިގަންނަވާނެ މަޖިލިސް ތެރެއިން މިހާރު ކަންކުރަމުންދާ ޣައިރު ޒިންމާދާރު ގޮތް. ބާރު އޮތީތީ ތިމަންނަމެން އަތުގަ ގިނަ މެންބަރުންތަކެއް ތިބީތީ ހަމަހިތުހުރިހާ ގޮތަކަށް ކަންކުރާތަން ނޫންތޯ މި ފެނިވަޑައިގަންނަވަނީ." ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ނެންގެވީ ޔޫޓާން އެކެވެ. އެއްކަލަ އިންޑިޔާވެސް މިއަދު އޯކޭއެވެ. އެއްކަލަ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އެވެރިން ލައްވައި ދުއްވުންވެސް ބަރާބަރެވެ. ސެނަހިޔާގައި ތިބި ޑޮކްޓަރުންނަކީވެސް ތިބެންޖެހޭ ބައެކެވެ. އެއްބަސްވުންތައް އިތުރަށް ދިގުދަންމާލުން ގޯހެއް ނުވިއެވެ. އެއިން އެއްޗެއް ހާމަކުރުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. ގައުމީ ސަލާމަތައް މިހާރު އެއީ ސިއްރެކެވެ. މަޖިލީހުގެ ބާރާއެކު ބޭނުންވާ ގޮތައް ކަންކަން އަނބުރާލައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކޮށް ޖުޑީޝަރީ އަތަށް ނަގައިފިއެވެ. ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކަފުންކޮށްފިއެވެ. އެކަމަކު މިއަދު މުއިއްޒު ވިދާޅުވަނީ ހިތުހުރިހާ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގައި ހަމަހުންނަން ޖެހޭނެ ކަމާއި މީހަކު ބުނާހާއެއްޗެއްގެ ހަގީގަތެއް ނުބަލާ އެވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނެއް ހެދީ އެހެންވެގެންނެވެ. މުއިއްޒުގެ ޕީއެންސީ ޕީޖީ ލީޑަރ ފަލާހު ވިދާޅުވިހެން ނޫސްވެރިން އުލުބޭންދޭ ގޮތަށެވެ.

"މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވިއެވެ.

މުއިއްޒު އެވިދާޅުވާ ގޮތައް އެ ގާނޫން އޮތީ ދިވެހިބަހުންނެވެ. އާދައިގެ މީހާއަށް އެ އެނގެނީވެސް އެހެން ވެގެންނެވެ. ކަނޑައެޅިގެން މުއިއްޒު އެވިދާޅުވަނީ ދޮގުކަމަށް ހެކިދެނީވެސް އެގާނޫނުގައި ލިޔެފައި އޮތީތީއެވެ. އެވާހަކަ ވިދާޅުވަނީ ނޫސްވެރިން އެކަންޏެއް ނޫނެވެ. ބާ ކައުންސިލާއި މަޝްހޫރު ގާނޫނީ ވަކީލުންނެވެ. ކުރީގެ ބަންޑާރަ ނައިބުންނެވެ. މުއިއްޒު މެންބަރުން ލެއްވި ހިއުމަންރައިޓްސް ކޮމިޝަނުންނެވެ. ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވި ޕީއެންސީގެ ޕީޖީ ލީޑަރވެސް ވިދާޅުވާ ގޮތުން މި ބިލު ސޯޝަލް މީޑިޔާއަށްވެސް ފިޔަވަޅު އެޅޭނެއެވެ.

ކޮންމެއަކަސް މުއިއްޒާއި މުއިއްޒުގެ ބައިވެރިންގެ ރާގު މިވަނީ ބަދަލުވެފައެވެ. އޭރު ކީހާ ޅެން މިވަނީ ފަރިއްސަކަށް ވެފައެވެ. ވެރިކަމަށް އަންނަން ހިތުހުރި ވާހަކައެއް ދެއްކުން އޯކޭވިނަމަވެސް ވެރިކަމަށް އާދެވުނީމާ އެހެންމީހުން އެފަދަ ވާހަކަ ދެއްކުން މިވަނީ ގޯސްވެފައެވެ.

ރައީސް މުއިއްޒުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް-އިންޑިއާޕްރެސް ފްރީޑަމްދުލާއި ގަލަމުގެ މިނިވަންކަންމީޑިއާ ރެގިއުލޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު