Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

ސިންސިނާޓީ އަތުން މިއާމީ ބަލިވެއްޖެ

17 ޖުލައި 2025 | ބުރާސްފަތި 06:09

މިއާމީ އަތުން ހޯދި މޮޅާއެކު ސިންސިނާޓީ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 45 ޕޮއިންޓާ އެކު އެވެ. ސިންސިނާޓީ އަތުން ބަލިވި މިއާމީ އޮތީ 20 މެޗުން 38 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2025 | ބުރާސްފަތި 06:09
އެމެރިކާ ލީގުގައި ސިންސިނާޓީ އާއި މިއާމީ ކުޅުނު މެޗުގެ ތެރެއިން

އެމެރިކާ ލީގުގައި ސިންސިނާޓީ އާއި މިއާމީ ކުޅުނު މެޗުގެ ތެރެއިން

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި ސިންސިނާޓީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިއާމީ ބަލިވެއްޖެ އެވެ.

ބުރާފްސަތި ދުވަހުގެ ހެނދުނު ކުޅުނު މެޗުން މިއާމީ ބަލިވެފައި ވަނީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިންސިނާޓީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ސިންސިނާޓީ އިން ވަނީ މިއާމީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރާޑޯ ވަލެންޒުއެލާ އެވެ.

އޭގެ ފަހުން މިއާމީ އަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ. މިއާމީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދޭން އެ ޓީމުގެ ލުއިސް ސުއަރޭޒް ދިން ފުރުސަތެއްގައި ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ވެސް މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން މެސީ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ސުއަރޭޒް ދިން ފުރުސަތެއްގައި އޭރިޔާ ބޭރުން މެސީ ފޮނުވާލި ބޯޅަ ސިންސިނާޓީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ސިންސިނާޓީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެވަންޑާ އެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ.

މިއާމީ އަތުން ހޯދި މޮޅާއެކު ސިންސިނާޓީ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 45 ޕޮއިންޓާ އެކު އެވެ. ސިންސިނާޓީ އަތުން ބަލިވި މިއާމީ އޮތީ 20 މެޗުން 38 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)އިންޓަ މިއާމީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
04 އޯގަސްޓު 2025

އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

04 އޯގަސްޓު 2025
އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް