Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލީވާން އަލީ ނާސިރު

ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ލީވާން ހައްޔަރު ކުރެވުނީ މިނިވަން މީޑިއާ ނައްތާލާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 16 ސެޕްޓެމްބަރު 2025 | އަންގާރަ 16:29
ހައްޔަރު ކުރެވުނު އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު

ހައްޔަރު ކުރެވުނު އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ފާސްކުރި ބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރެވުނު "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ލީވާން ދޫކޮށްލާފައިވަނީ، އޭނާ ހައްޔަރުކޮށް ބަހައްޓާފައި ހުރި ތަނެއް ނުބުނެ ގިނަ ވަގުތުތަކެއް ފާއިތުވުމަށްފަހުގައެވެ. އޭނާ ދޫކޮށްލުމަށް އެދި ނޫސްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން ގިނަ ޖަމިއްޔާތަކުން ވަނީ އަޑުއުފުލާފަ އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ލީވާން ހައްޔަރުކުރެވުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މަޖިލިސް ކުރިމަތީގައި އެއްވެ، މުޒާހަރާ ކުރުމާއި ފުލުހުންނާ ކުރިމަތިލުމުގެ ތުހުމަތުގައެވެ. ނަމަވެސް، އޭނާ ހައްޔަރުކުރި ވަގުތު ފެތުރުނު ވީޑިއޯ ފުޓޭޖްގައި ފެންނަނީ ތިން ފުލުހަކު އޭނާގެ އަތުގައި ބިޑިއަޅުވައި، އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދާ މަންޒަރެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، މަޖިލީހުގެ ޖަލްސާ ފެށުނީއްސުރެ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ ނުގުޅޭ މިންވަރަށް ބާރުގެ ބޭނުންކޮށް، ބައެއް ނޫސްވެރިންނަށް ޖިސްމާނީ އަނިޔާ ކޮށްފައެވެ.

މި ބިލާ ދެކޮޅަށް އަޑުއުފުލި "އަދަދު" ނޫހުގެ އަހުމަދު އާއިދު، މުހައްމަދު ޝަހުޒާން އަދި "ދައުރު" ނޫހުގެ އަހުމަދު ނާއިފް ފަދަ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބިފައިވާކަން ފާހަގަކުރެވެ އެވެ.

ގާނޫނީ މާހިރުންނާއި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މި ބިލު ފާސްވުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އެތަކެއް ޒަމާނެއް ފަހަތަށްގޮސް، ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ހަނިވެގެންދާނެ ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާސް ކުރި ބިލެކެވެ.

ލީވާން އަލީ ނާސިރުމިނިވަން މީޑިއާ ބިލުއަދަދު ނޫސްރައީސް މުއިއްޒުޕްރެސް ފްރީޑަމްދިވެހި ފުލުހުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު