Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގް މިނިސްޓްރީ

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ނުލިބިގެން ހައުސިން މިނިސްޓްރީ ދޮށުގައި އިހުތިޖާޖު ކޮށްފި

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ސަރުކާރުން ޖަވާބު ނުދޭތީ އެމްޑީޕީގެ މެމްބަރުންނާއި ރައްޔިތުން ހައުސިންގ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖުކުރި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 10:18
އިހްތިޖާޖުގައި މެމްބަރު ފިއްޓެ ވާހަކަ ދައްކަވަނީ

އިހްތިޖާޖުގައި މެމްބަރު ފިއްޓެ ވާހަކަ ދައްކަވަނީ

ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން ހުރި އެކި އެކި މައްސަލަތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ނުލިބުމުގެ ސަބަބުން އެމްޑީޕީގެ މަޖްލިސް މެމްބަރުން ހިމެނޭ ގޮތަށް، ގިނަ ރައްޔިތުންތަކެއް ހައުސިން މިނިސްޓްރީ މިހާރު ހިންގަމުންދާ ދަރުބާރުގެ ކުރިމަތީގައި އިހްތިޖާޖު ކޮށްފިއެވެ.

މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދިޔައީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސާރުކާރުގެ ފަރާތުން ޖަވާބުދާރީ ވުމަށެވެ. ހައުސިން މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރު މުއްތަލިބުގެ ފަރާތުން ޖަވާބެއް ހޯދަން މަސައްކަތް ކުރައްވާތާ މިހާރު އެތަކެއް މަހެއް ވެދާނެ ކަމަށް މި އިހްތިޖާޖުގައި ބައިވެރިވި އެމްޑީޕީގެ މަޖްލިސް މެމްބަރުން ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އިހްތިޖާޖުގެ ބައިވެރިން ވަނީ އެމްޑީޕީގެ މި ނިމުނު ސަރުކާރުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ދެފުށްފެންނާނެ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ފްލެޓްތަކުގެ އަގު ވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ވަރަށް ތިރިކޮށް، ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށާއި ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތި ހަވާލުކޮށް، ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށް އެދިވެސް އިހްތިޖާޖުގެ ބައިވެރިން އަޑުއުފުލާފައިވެއެވެ.

އެހެން ދުވަސްތަކާ ޙިލާފަށް ދަރުބާރުގެއަށް ނުވަދެވޭ ގޮތަށް ފުލުހުން މިއަދުވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އިހްތިޖާޖުގެ ބައިވެރިން ދިޔައީ ބެރިކޭޑްތައް ނަގާ ހައުސިން މިނިސްޓްރީގެ އިމާރާތައް ވަދެވޭނެ ގޮތެއް ހަދައިދިނުމަށް ފުލުހުންގެ ކިބައިން އެދެމުންނެވެ. ފުލުހުން ހުރަސް އެޅުމުގެ ސަބަބުން އެސަރަހައްދަށް އެއްވެ ތިބި އާމުންނަށް އެތެރެއަށް ވަދެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ފުލުހުންނާ މުއާމަލާތު ކުރުމަށްފަހު އެސަރަހައްދުގައި ތިބި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެމްބަރުން ވަނިީ، މިނިސްޓަރ މުއްތަލިބުގެ ފަރާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައި ހައުސިން މިނިސްޓްރީގެ އިދާރާއަށް ވަދެފަ އެވެ.

އެބޭފުޅުންނަށް ލިބުނު ޖަވާބަކީ މިނިސްޓަރ މިވަގުތު އޮފީހުގައި ނޫޅުއްވާ ކަމަށެވެ. އަދި އެތައް އިރަކު ހައުސިން މިނިސްޓްރީގައި މަޑުކުރިފަހުން ދެން މިނިސްޓްރީގެ ފަރާތުން ދިން ޖަވާބަކީ ބައްދަލު ކުރާ ފެންވަރުގެ އެއްވެސް ބޭފުޅަކު މިހާރު އޮފީހުގައި ނޫޅުއްވާ ކަމަށެެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެސުވާލުތަކަށް ޖަވާބު ހޯދަން، މިހާ ދަތި ހާލުގައި އުޅެން ޖެހޭނަމަ އާންމު ރައްޔިތަކު މިފަދަ ވުޒާރާއަކުން މައުލޫމާތު ހޯދަން އުޅޭނެ ހާލު ތަސައްވުރުކޮށްލެވޭ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އިސްނަގައިގެން މިއަދު މި އިހްތިޖާޖު ކުރިޔަށް ގެންދިޔަ އިރު، އެޕާޓީއިން ދަނީ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރު ވަމުންނެވެ. ރައީސް މުއިއްޒު، ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާތީ އެކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީ އިން މާލޭގައި ބާއްވާ މި ބޮޑު އެއްވުމަށް ތައްޔާރުވުުގެ ގޮތުން އެޕާޓީ އިން އެކިއެކި ހަރާކާތްތައް ހިންގަމުންދެއެވެ. އެގޮތުން މީގެ ކުރިން މާލެ އަދި ހުޅުމާލެގައި ޕިކަޕް ޖަލްސާތަކެއްވެސް ބާއްވާފައިވެ އެވެ.

ހައުސިންގް މިނިސްޓްރީމުއްތަލިބުރައީސް މުއިއްޒުއެމްޑީޕީބޯހިޔާވަހިކަންދަރުބާރުގެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު