Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރު

ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކޮށްފި

13 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:31

ގަތަރަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރި ކުރުމުގެ އިތުރުން ޔޫރަޕުގެ މި ތިން ބާރުން ގޮވާލާފައިވަނީ ޣައްޒާގެ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓުވުމަށާއި، ބަންދުގައި ތިބި އެންމެން ދޫކޮށްލުމަށާއި، ބަނޑުހައިހޫނުކަން ފިލުވުމަށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:31
އޭއެފްޕީޓީވީގެ ފޫޓޭޖަކުން ނަގާފައިވާ މި ފްރޭމް ގްރޭބް އިން ފެންނަނީ 2025 ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު ދުން އަރާ މަންޒަރެވެ.

ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ޣައްޒާ ސިޓީގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ "ވަގުތުން" ހުއްޓާލުމަށް ގޮވާލައި، މިދިޔަ ހަފްތާގައި ގަތަރުގައި އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށްފިއެވެ.

ވިލާތުގެ މި ތިން ބާރުގެ ފޮރިން މިނިސްޓަރުން ހުކުރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާއި، ބަންދުގައި ތިބި އެންމެހާ ރަހީނުން ދޫކޮށްލުމާއި، ބަނޑުހައިހޫނުކަން ހުއްޓުވުމަށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އަމާޒު ހިފަހައްޓަން ޖެހޭ" ކަމަށެވެ.

"ޣައްޒާ ސިޓީގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން ގެދޮރު ދޫކޮށް ދާންޖެހި، މަދަނީ ރައްޔިތުންނަށް ގެއްލުން ލިބި، އަދި މުހިންމު އަސާސީ ވަސީލަތްތައް ހަލާކުވަމުންދާތީ، މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަޅުގަނޑުމެން ގޮވާލަމެވެ" އެ ބަޔާނުގައި ވެއެވެ.

"އދ އާއި އިންސާނީ އެހީގެ ޖަމްޢިއްޔާތަކަށް އުތުރު ސަރަޙައްދު ހިމެނޭގޮތަށް، މުޅި ޣައްޒާ ގައި ރައްކާތެރި ކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްވާން ޖެހޭ" ކަމަށް ވަޒީރުންގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންގާރަ ދުވަހު ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއަކީ "ގަތަރުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި އަދި ސަރަޙައްދުގައި އިތުރު ހަމަނުޖެހުން އުފެދުމުގެ ނުރައްކާ އޮތް" ކަމެއް ކަމަށެވެ.

މިނިސްޓަރުން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައިގައި އިސްރާއީލާއި ހަމާސްއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ގަތަރުން "މުހިންމު ދައުރެއް" އަދާކުރަމުންދާ ކަމަށެވެ.

ވައިޓް ހައުސް އިން އިޢުލާނުކުރި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ގަތަރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާނެއެވެ.

އަނެއްކޮޅުން އެމެރިކާ އިން ހުކުރު ދުވަހު އދ ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރަކަށް ތާއީދު ކޮށްފައިވެއެވެ. މި ގަރާރުގައި އިސްރާއީލްގެ ނަން ނުގެނެސް ގަތަރުގައި ދިން ހަމަލާތައް ކުށްވެރި ކޮށްފައިވެއެވެ.

މީގެ އިތުރުން އދ ގެ ޖެނެރަލް އެސެމްބްލީން އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ޤަރާރެއް ހުކުރު ދުވަހު ވަނީ ފާސް ކޮށްފައެވެ. މި ގަރާރާ ދެކޮޅަށް އެމެރިކާ އިން ވޯޓު ދިން އިރު އިސްރާއީލުން ވަނީ މިއީ "ލަދުވެތި" ވޯޓެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިސްރާއީލް-ހަމާސްގަތަރުޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
16 ނޮވެމްބަރު 2025

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އިސް ވަޒީރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި

16 ނޮވެމްބަރު 2025
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އިސް ވަޒީރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި
15 ނޮވެމްބަރު 2025

ޓްރަމްޕުގެ ޣައްޒާ ސުލްހައިގެ ޕްލޭން އަވަހަށް ފާސް ކުރުމަށް އެމެރިކާ އާއި އަރަބި ގައުމު ތަކުން ގޮވާލައިފި

15 ނޮވެމްބަރު 2025
ޓްރަމްޕުގެ ޣައްޒާ ސުލްހައިގެ ޕްލޭން އަވަހަށް ފާސް ކުރުމަށް އެމެރިކާ އާއި އަރަބި ގައުމު ތަކުން ގޮވާލައިފި
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް