Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ޓްރަމްޕުގެ ޣައްޒާ ސުލްހައިގެ ޕްލޭން އަވަހަށް ފާސް ކުރުމަށް އެމެރިކާ އާއި އަރަބި ގައުމު ތަކުން ގޮވާލައިފި

އދ.ގެ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޣައްޒާ ސުލްހަ ޕްލޭނަށް ތާއީދުކުރާ ގަރާރަކަށް ހޯމަ ދުވަހު ވޯޓުލާން ތައްޔާރު ވަމުން ދާއިރު އެމެރިކާ އާއި އަރަބި ގައުމުތަކުން ވަނީ މި ޕްލޭން އަވަހަށް ފާސް ކުރުމަށް ގޮވާލާފަ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 13:55
އެމެރިކާގެ ސެކްރެޓެރީ ޖެނެރަލް މާކޯ ރޫބިއޯ - ގަރާރަށް ތާއީދު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައި

އެމެރިކާގެ ސެކްރެޓެރީ ޖެނެރަލް މާކޯ ރޫބިއޯ - ގަރާރަށް ތާއީދު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައި

ހޯމަ ދުވަހު އދ ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ސުލްހައިގެ ޕްލޭނާ ބެހޭ ގަރާރަކަށް ވޯޓު ދޭނެ ކަމަށް ޑިޕްލޮމެޓުން ބުނެފިއެވެ.

ފާއިތުވި ހަފްތާގައި އެމެރިކާ އިން އިސް ނަގައިގެން ރަސްމީކޮށް 15 މެންބަރުންގެ ސަލާމަތީ މަޖިލީހުގެ ތެރޭގައި، އިޒްރޭލާއި ހަމާސް އާ ދެމެދު ދެ އަހަރު ދުވަހު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓުވުމަށް ފަހު ކުރިއަށް ގެންދިއުމަށް އެކުލަވާލަފައިވާ ޕްލޭނަށް ބާރުދޭ ގަރާރުގެ ޑްރާފްޓުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.

އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި ރިޒޮލިއުޝަންގެ ތިންވަނަ ޑްރާފްޓުގައި "ބޯޑް އޮފް ޕީސް ގާއިމުކުރުމަށް" ހުށަހަޅާފައިވާ އިރު، އެ ބޯޑަކީ ޣައްޒާގެ އިންތިގާލީ ވެރިކަން ކުރާ އިދާރާއެއް ގާއިމްކުރުމަށްފަހު ޓްރަމްޕް ރިޔާސަތު ބަލަހައްޓާ ގޮތަށް 2027 ވަނަ އަހަރުގެ ނިޔަލަށް މެންޑޭޓެއް ހިމެނޭ ބޯޑެކެވެ.

މި ޑްރާފްޓް ފާސްވެއްޖެ ނަމަ މެންބަރު ގައުމުތަކަށް "ވަގުތީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް)" އުފެއްދުމަށް ހުއްދަ ލިބިގެންދާނެ އެވެ. އަދި މި ފޯސް އިން އިޒްރޭލާއި މިސްރާއި އަލަށް ތަމްރީނުކުރެވޭ ފަލަސްތީނު ފުލުހުންނާ އެކު މަސައްކަތްކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކޮށް، ޣައްޒާ އިން ހަތިޔާރު އެޅި ފަރާތްތައް އެއްކޮށް ނައްތާލަން މަސައްކަތް ކުރާނެ އެވެ.

އަދި އާންމުން ރައްކާތެރިކުރުމާއި އިންސާނީ އެހީގެ ކޮރިޑޯތައް ރައްކާތެރިކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ. ހަމަ މިއާއެކު ޣައްޒާ ގައި ހަތިޔާރު އެޅި ހަނގުރާމަވެރިން ތިބުން ނިމުމަކަށް ގެނައުމަށް މި ފޯސް އަށް ބާރު ލިބިގެންދާނެ އެވެ.

ކުރީގެ ޑްރާފްޓްތަކާ ހިލާފަށް، އެންމެ ފަހުގެ ޑްރާފްޓުގައި މުސްތަގުބަލުގައި ފަލަސްތީނު ސަރުކާރެއް އުފެދިދާނެކަމުގެ ވާހަކަ ބުނެފައިވެ އެވެ.

ފަލަސްތީނު އޮތޯރިޓީން އެދިފައިވާ އިސްލާހުތައް ހިމަނައި، ޣައްޒާ އަލުން އާރާސްތު ކުރަން ފަށައިފިނަމަ، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ސަރުކާރެއް ގާއިމްކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ޑްރާފްޓުގައި ބުނެފައިވެ އެވެ. ޑްރާފްޓުގައި އިތުރަށް ބުނެފައިވަނީ އެމެރިކާއިން އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި މަޝްވަރާތަކުގައި ސިޔާސީ އަދި ހަމަޖެހުން ގާއިމްކޮށް އެއްފަރާތުން އަނެއް ފަރާތުގެ ކަންކަމާއި ނުބެހި އުޅޭވޭނެ ގޮތަށް ކަންކަން ފަހިކުރެވިގެންދާނެ ކަމަށެވެ.

އެމެރިކާ އާއި މިސްރު، ސައުދީ އަރަބިއާ އަދި ތުރުކީ ފަދަ ގިނަ އަރަބި އަދި މުސްލިމް އަގުލަބިއްޔަތު ބޮޑު ގައުމުތަކުން އދ ގެ ސަލާމަތީ މަޖިލީހުން ވީހާވެސް އަވަހަކަށް ގަރާރު ފާސްކުރުމަށް ގޮވާލާފައިވެ އެވެ.

އަނެއްކޮޅުން ޣައްޒާގެ ކުރިމަގު ބައްޓަން ކުރެވިދާނެ ގޮތްތައް ބަޔާންކޮށް، ރަޝިޔާއިން ވެސް އދ ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެ އެވެ. ރަޝިޔާގެ ގަރާރުގައި ޣައްޒާގައި ހަމަޖެހުން ގާއިމުކޮށް، އަމަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައި ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށެވެ.

މިހާތަނަށް މަޖިލީހުގެ މެންބަރުން ސުލްހައިފެ ޕްލޭނުގެ އުސޫލުތަކަށް ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، ޑިޕްލޮމެޓިކް ސޯސްތަކުން ފާހަގަކުރީ އެމެރިކާގެ ޑްރާފްޓް އާ ބެހޭގޮތުން އަދި ވެސް ސުވާލުތައް ހުރި ކަމުގައެވެ. ކައުންސިލްގެ މެމްބަރުން ބޯޑް އޮފް ޕީސް އުފެއްދުމަށް ތާއީދު ކުރާ ކަމަށް ފެނުނު ނަމަވެސް، ސެކިއުރިޓީ ކައުންސިލުގެ ދައުރު ލިޔުމުގައި ނެތުމާއި، ފަލަސްތީނު އޮތޯރިޓީއަށް މުސްތަގުބަލުގައި އޮތް ދައުރަކީ ކޮބާތޯ ފަދަ ސުވާލުތައް ފާހަގަ ކޮށްފައި ވެއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްޣައްޒާއިސްރާއީލް-ހަމާސްފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު