Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެހެންދި ނައިޓް މާރކެޓް

ރެހެންދި ނައިޓް މާރކެޓް މިއަދު ފަށާނެ!

ނައިޓް މާކެޓް އޮންނާނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 07:00
2016 ވަނަ އަހަރު ބޭއްވި ރެހެންދި ނައިޓް މާރކެޓް

2016 ވަނަ އަހަރު ބޭއްވި ރެހެންދި ނައިޓް މާރކެޓް

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނައިޓް މާކެޓް މިއަދު ފަށާނެ އެވެ.

މިއީ ސްކޫލުގެ އެކި އެކި ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ރެހެންދި ސްކޫލުއިން މައުލޫމާތުދެ އެވެ.

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މާކެޓް ހޮނިހިރު ދުވަހުން ފެށިގެން ސެޕްޓެމްބަރ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 18:00 އަދި 20:00 އިން 23:00 އަށް ނައިޓް މާކެޓް ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާކެޓްގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މާކެޓެއް ކަމަށްވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިންވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރައިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ވަނީ ދެ ފަހަރެއްގެ މަތިން ޕީޓީއޭއިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއް ވެސް ބާއްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2018

ރެހެންދި ނައިޓް މާރކެޓް އަންނަ އޮގަސްޓް ގައި!

22 ޖުލައި 2018
ރެހެންދި ނައިޓް މާރކެޓް އަންނަ އޮގަސްޓް ގައި!
24 ޖޫން 2018

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ
17 ޖޫން 2018

އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންގާރަ ދުވަހު ބަހަން ފަށާނެ

17 ޖޫން 2018
އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންގާރަ ދުވަހު ބަހަން ފަށާނެ
02 ޖޫން 2018

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ
18 އެޕްރީލު 2018

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2018
ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު