Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސީއެމްޑީއޭ

ކެޕިޓަލް މާރކެޓް ރިވިއުގެ ނަމުގައި ފޮތެއް ނެރެފި

މި ފޮތަކީ ކެޕިޓަލް މާރެކެޓާ ގުޅޭ ގޮތުން އާންމުން އަހުލުވެރި ކުރުމުގެ މަޤްސަދުގައި ނެރޭ ފޮތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖެނުއަރީ 2018 | އަންގާރަ 13:38
ފޮތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފޮތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ އިން ރިވިއުގެ ނަމުގައި އަންގާރަ ދުވަހު ފޮތެއް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސަލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ފޮތަކީ ކެޕިޓަލް މާރެކެޓާ ގުޅޭ ގޮތުން އާންމުން އަހުލުވެރި ކުރުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު ނެރުމަށް ރާވާފައިވާ ފޮތެއް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. މި ނެރުނު ފޮތުގައި ސީއެމްޑީއޭ މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދޭނެ ވަސީލަތްތަކާއި މާލީ ހިސާބުތައް ދިރާސާ ކުރާނެ ގޮތުގެ އިތުރުން އިސްލާމިކް ކެޕިޓަލް މާރކެޓާ ގުޅޭ ގިނަ މައުލޫމާތުތައް ހިމެނެއެވެ.

މީގެ އިތުރުން ހިއްސާ، ބޮންޑު ސުކޫކް ފަދަ ވަސީލަތްތަކުގެ މައުލޫމާތާއި ފަންޑުތަކުގައި އިންވެސްޓް ކުރުމުގެ މައުލޫމާތު ވެސް ފޮތުގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ ނާދިޔާ ހަސަން ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ފައިދާކުރަނިވި ކެޕިޓަލް މާރކެޓެއް ގާއިމްކުރުމާއި ކެޕިޓަލް މާރކެޓް ތަރައްޤީކުރުމަށްޓަކައި އާންމު ރައްޔިތުންގެ މާލީ ހޭލުންތެރިކަން އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސީއެމްޑީއޭ ކުންފުނިން ގާއިމްކޮށްފައި ވަނީ 2006 ވަނަ އަހަރުގައި މިނިވަން މުއައްސަސާއެއްގެ ގޮތަށެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!

26 ސެޕްޓެމްބަރު 2017
"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!
03 ސެޕްޓެމްބަރު 2017

ރެހެންދި ނައިޓް މާރކެޓް މިއަދު ފަށާނެ!

03 ސެޕްޓެމްބަރު 2017
ރެހެންދި ނައިޓް މާރކެޓް މިއަދު ފަށާނެ!
13 ޖުލައި 2017

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި
12 ޖުލައި 2017

"އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

12 ޖުލައި 2017
 "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
06 ޖުލައި 2017

ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ

06 ޖުލައި 2017
 ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު