Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެޓްސެޓް ލޯން

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

ފޯމް ހުށަހެޅުން ކުރިއަށް ދާނީ 24 ޖޫން އިން 28 ޖޫންގެ ނިޔަލަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޖޫން 2018 | އާދީއްތަ 12:03
ގެޓްސެޓް ޕްރޮގްރާމުގެ މެނޭޖަރ މަހީލް އަލީ ޖަލީލު

ގެޓްސެޓް ޕްރޮގްރާމުގެ މެނޭޖަރ މަހީލް އަލީ ޖަލީލު

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފޯމް ހުށަހެޅުން ކުރިއަށްދާނީ 24 ޖޫން އިން 28 ޖޫންގެ ނިޔަލަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ، ފޯމު ބަލައިގަތުން ކުރިއަށްދާނީ ރާއްޖޭގެ 6 ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ އެމިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުންނާއި އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން ކަމަށެވެ. މީގެ އިތުރުން އޮންލައިކޮށްވެސް ފޯމު ހުށަހެޅުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަހީލް ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ބިޒްނަސް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށާއި ބިޒްނަސް ޕްރޮޕޯސަލް ހުށަހެޅުމުގައި އިކޮނޮމިކް މިނިސްޓްރީން ހާއްސަ ޓެމްޕްލޭޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

"އެޕްލައި ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ވިސްނަން ޖެހޭނެ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު ބިޒްނަސް ޕްލޭންވެސް އެ އިންނަ ފޯމެޓަށް ފުރުއްވުން. މީގެ އިތުރުން އެޕްލިކޭޝަން ފޯމާއިއެކު ސަބްމިޓް ކުރަންޖެހޭ ލިޔެކިޔުންތައްވެސް ހުށަހަޅަންވާނެ،" މަހީލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނު ދިނުމުގައި އިނޮވޭޓިކް އަދި ކްރިއޭޓިވް ވިސްނުންތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުތަކަށް އެންމެ ބޭނުންވާނެ ފަދަ ވިޔަފާރިތަކަށްވެސް ހާއްސަ އިސްކަމެއް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގެޓްސެޓް ލޯނުދެނީ އަލަށް ވިޔަފާރިތަކަށް ނުކުންނަށް ފަރާތްތަކަށް ކަމަށްވާއިރު ވިޔަފާރި ހިންގުމުގައި ބޭނުންވާނެ ފަންނީ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފަހުވަގުތަށް މަޑު ނުކޮށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށް ވެސް މަހީލް ވިދާޅުވި އެވެ. މަހީލް ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ރަނގަޅު ޕާޓްނަރެއްވެސް ވަރަށް މުހިއްމު ކަމަށާއި ލޯނު ލިބޭ ހިސާބުން ޕާޓްނަރާއި މައްސަލަ ޖެހިއްޖެނަމަ ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ހުރަހަކަށް އެކަން ވެގެންދާނެ ކަމަށެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވަނީ ތިން ލައްކަ ރުފިޔާ އާއި އަށް ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކު ވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސާފައިވާއިރު، މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2020

ފަރުދުންނަށް ޚާއްސަކޮށްގެން ބީއެމްއެލްގެ އެކައުންޓް އަދި ލޯނުގެ ޚިދުމަތައް ޚާއްސަ ސެންޓަރެއް!

05 ފެބުރުއަރީ 2020
ފަރުދުންނަށް ޚާއްސަކޮށްގެން ބީއެމްއެލްގެ އެކައުންޓް އަދި ލޯނުގެ ޚިދުމަތައް ޚާއްސަ ސެންޓަރެއް!
24 ސެޕްޓެމްބަރު 2019

އެސްއެމްއީ ލޯނުގެ ގޮތުގައި 120 މިލިއަން ރުފިޔާ

24 ސެޕްޓެމްބަރު 2019
އެސްއެމްއީ ލޯނުގެ ގޮތުގައި 120 މިލިއަން ރުފިޔާ
03 ފެބުރުއަރީ 2019

މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން

03 ފެބުރުއަރީ 2019
މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން
09 ޖެނުއަރީ 2019

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

09 ޖެނުއަރީ 2019
މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
29 އޯގަސްޓު 2018

އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ފައިނޭންސް ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

29 އޯގަސްޓު 2018
އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ފައިނޭންސް ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު