Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަނބަލުންގެ ލޯނު

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

ކަނބަލުންގެ ލޯނަށް 500 އަށްވުރެ ގިނަ މީހުން ފޯމްހުށައެޅި، 300 އަށްވުރެ ގިނަ މީހުންނަށް ލޯނު ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ޖޫން 2018 | ހޮނިހިރު 08:13
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން...

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން...

ކަނބަލުންނަށް ޚާއްސަ ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ލިބޭ ކަނބަލުންނަށް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ ކަނބަލުންގެ ލޯނަށް 500 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށާއި، 300 އަށް ވުރެ ގިނަ މީހުންނަށް ލޯނު ލިބޭނެ ކަމަށެވެ.

މަހީލް ވިދާޅުވީ ލޯނު ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދަން ޖެހޭ މަސައްކަތް ކަމަށެވެ. ބޭންކްގެ ޕްރޮސަސް ކުރިއަށްދާއިރު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރެވޭވަރު ވާނެ ކަމަށް މަހީލް ވިދާޅުވިއެވެ.

"ކަނބަލުންގެ ލޯނު އިވެލުއޭޝަން ނިންމާފައި. މިހާރު ކުރިއަށް ދަނީ ބްންކް ޕްރޮސަސް. ލޯނު ލިބިލައްވާ ފަރާތްތަކާއި މެދު މަޝްވަރާ ކުރަމުން ގެންދާނަން" މަހީލް ވިދާޅުވި އެވެ.

ކަނބަލުންނަށް ދޫކުރާ މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ. އަދި މި ލޯނު ދޫކުރަނީ 50،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށެވެ. މި ލޯނު ސްކީމު ލޯނު އަދަދު 50,000ރ. އަށް ވުރެ ދަށް ނަމަ ރަހުނެއް ބޭނުމެއް ނުވެއެވެ. އަދި 50،000ރ. އަށްވުރެ މަތީ އަދަދުތަކުން ލޯނު ނަގާ ނަމަ 130 އިންސައްތަ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ނުވަ އިންސައްތަ ހަމަޖައްސާފައިވާ އިރު ގިނަ ވެގެން އަށް އަހަރުގެ ތެރޭގައި ލޯނު ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިތުރަށް ގެޓްސެޓް ލޯން، އެސްއެމްއީ ލޯން ވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ދޫކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ލޯން ޕްރޮގްރާމަށް 190 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

27 ޖޫން 2018
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
ދަނޑުވެރިންނަށް ދޭ ލޯނުތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށަނީ

ދަނޑުވެރިންނަށް ދޭ ލޯނުތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށަނީ

07 މާރިޗު 2018
ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ

ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ

21 ފެބުރުއަރީ 2018
ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން: އެމް.ޔޫ މަނިކު

ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން: އެމް.ޔޫ މަނިކު

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު