Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމު ހުއްޓުން

ގައުމު އޮތީ ހުއްޓިފައި، ރައީސް ބޭނުންވާ ކަންކަމަށް ބަޖެޓުން ފައިސާ ހަރަދުކުރެވޭ އިރު ރައްޔިތުންނަށްވީ ފައިދާއެއް ނެތް - ޔައުގޫބު

ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާއިރު ކުރީ ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއް ހުއްޓުވާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ސެޕްޓެމްބަރު 2025 | އަންގާރަ 10:21
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ

މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ

މުޅި ގައުމު އޮތީ ހުއްޓިފައި ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަންކަމަށް ބަޖެޓް ކޯޑް ބަދަލުކޮށްގެން ފައިސާ ހަރަދުކުރާއިރު، ރައްޔިތަކަށް އެއިންވީ ފައިދާއެއް ނެތް ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާއިރު، ކުރީ ސަރުކާރުގައި ހިންގަމުންގެންދިޔަ ހުރިހާ މަޝްރޫޢެއް ހުއްޓުވާފައިވާ ކަމަށެވެ. ޔައުގޫބު ވިދާޅުވީ މިއަދު މިހިސާބަށް ދިޔައިމާ ރައްޔިތުންނާއި، ރައްޔިތުންނާއި، މަންދޫބުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އެހެނިހެން ފަރާތްތަކުން މިނިސްޓްރީ ދޮށަށް ދާނެ ކަމަށެވެ.

އަދި މާދަމާ އެކަން ކުރާނެ. ރައީސް މުޢިއްޒަށް ވެސް އަދި ފިނޭންސް މިނިސްޓަރަށް ވެސް އެގޮތަށް ފިއްލަވައިގެން، އެހެން ނުހުޅުއްވޭނެ. އެއީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ. އެހެންނަމަވެސް، ހަމަ މި އަހަރު ވެސް، މިދިޔަ އަހަރު ވެސް ބަޖެޓު އެއްކޮށް ހަމަ ހުސްވެގެން އެދަނީ. މިހާރުވެސް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ބަޖެޓުގައި އެކިއެކި ކޯޑުތަކުގެ ފައިސާ ހަމަ އެކިއެކި ކަންކަމަށް ރައީސް މުޢިއްޒު އެންގެވީމާ ބަދަލުކުރައްވައިގެން އެ އެއްޗިހިތައް ހަމަ އެކި ކަންކަމަށް ޚަރަދުކުރާ ތަން ފެންނަނީ. އެކަމަކު، ޚަރަދުކުރާއިރު، ރައްޔިތަކަށް މި ޤައުމަށް މާލީ ގޮތް އެއްވެސް ވަރެއްގެ މަންފާއެއް ކުރާއެއްވެސް ކަމަކަށް ޚަރަދުކުރާ ތަން އަޅުގަނޑުމެންނަށް ނުފެނޭ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ އާއްމުކޮށް މިހާރު ފެންނަނީ އެކިއެކި ސިޔާސީ މަގާމުތަކަށް މީހުން ނަގައިގެން، އެ މީހުންނަށް މުސާރަ ދީގެން ބަޖެޓު ހުސްކުރަމުންދާ ތަން ކަމަށެވެ.

މިސާލަކަށް، މިހާރު އަޅުގަނޑުމެން އެންމެނަށް ވެސް އަޑުއިވެމުންދާ ކަމެއް. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް ފާޅުގައި އެބަ ވިދާޅުވޭ، ތިމަންނަމެން ބޭނުންވީމަ، ބޭނުންވަރަކަށް ބޭނުންވާ ޕާޓީ، ތިމަންނާމެން ޕާޓީގައި ބޭނުންވާ މީހާއަށް ވަޒީފާ ދޭނަމޭ. އެ ވަޒީފާ ދޭނީ ދައުލަތުގެ މާލިއްޔާއިން، ދައުލަތުގެ މި ބަޖެޓުން ޚަރަދުކޮށްގެން އެކަން ކުރާނަމޭ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން އެހެން ވިދާޅުވި އަދި މަދު ދުވަސްކޮޅެއްގެ ތެރެއަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރޯޑް ކޯޕަރޭޝަނާއި އަދި އެހެނިހެން ތަންތަނުގެ ނަމުގައި ރަށްރަށުން ވަޒީފާއަށް ނަގާތަން. ވަރަށް ގިނަ ރަށްރަށުގައި ރޯޑް ކޯޕަރޭޝަންގެ ނަމުގައި މީހުން ވަޒީފާއަށް ނަގައި އަދި ބޮޑެތި އަގުގައި ތަންތަން ކުއްޔަށް ހިފައި އިޢުލާންކުރުމެއް ނެތި އެދާއިރާއެއްގެ ރައްޔިތުން މަޖިލިސް މެންބަރު، ސަރުކާރަށް ނިސްބަތްވާ މެންބަރު، އޭނަ ބޭނުންވާ، އޭނަގެ މަޞްލަޙަތު އޮންނަ ތަންތަން ބޮޑެތި އައުގައި ކުއްޔަށް ނަގައިގެން، ދައުލަތުގެ މާލިއްޔާ ހުރި ފައިސާ ރޯޑް ކޯޕަރޭޝަނާއި އަދި ސަރުކާރު އެހެނިހެން އެސް .އޯ.އީ ތަކަށް ފޮނުވައިގެން، އޭގެތެރެއިން މި ފައިސާ މި އެ ދައުލަތުގެ ބަޖެޓުން ނަގައިގެން ބޭނުންކުރަމުން، އެ މީހުންގެ އަމިއްލަ މުހުތާދު ފުއްދަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެންދަނީ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ ސަރުކާރުން މަކަރާއި ހީލަތް ހަދައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ނަންނަމުގައި މަޝްރޫޢުތައް އެވޯޑުކޮށްގެން، އެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ދައުލަތުގެ މާލިއްޔާއިން ބަޖެޓުން ބޮޑު ބައެއް ކުންފުނިތަކަށް ދީގެން އޭގެ ތެރެއިން މި ސަރުކާރަށް ނިސްބަތްވާ ވެރިން އެމީހުންގެ މަޞްލަޙަތު އޮތް ތަންތަނަށް އެ ފައިސާ ޚަރަދުކޮށްގެން ރައްޔިތަކަށް މަންފާ ވާނެ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ އެ ކަންތައްތައް ކަމަށެވެ.

މީގެކުރިން މި ސަރަޙައްދު ރަށްރަށަށް ކުރި ދަތުރު ވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ މަންޒަރު. އެއީ ހަމަ ރައްޔިތުން އެބަ ސާފުކޮށް އެބަބުނޭ މި ރަށްރަށުގައި އެއްވެސް ކަމެއް ރޯޑް ކޯޕަރޭޝަނަކުން ނުކުރެއޭ. އެކަމަކު ސިޔާސީ ގޮތުން ޕީ.އެން.ސީއަށް ނިސްބަތްވާ ވަރަށް ގިނަ މީހުންނަށް ވަޒީފާ ދީފައި އެބަ ހުއްޓޭ. ހަމައެއާއެކު އެ ދާއިރާގެ ސަރުކާރަށް ނިސްބަތްވާ އޭނައާ ގުޅުންހުރި ތަންތަން ތިން ހަތަރު ތަނެއް އެބަހުއްޓޭ ކޮންމެ ރަށަކުންވެސް ކުއްޔަށް ހިފާފައި. އެތަނަށް ވައްދާ މީހެއް ނެތޭ. އެތަނަށް ވައްދާ ތަކެއްޗެއް ނެތޭ. އެތާ ކުރާ ކަމެއް ނެތޭ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ އެއްވެސް އިޢުލާންކުރުމެއްނެތި، ކޯޓޭޝަނެއް ވެސް ހޯދުމެއްނެތި، ހިތަށްއެރި ގޮތަކަށް ތަންތަން ނަގައިގެން ދައުލަތުގެ މާލިއްޔާ އެގޮތަށް ހުސްކުރަމުންދާ ތަން ފެންނަ ކަމަށެވެ. އަދި މިއީ މި ސަރުކާރުން ކުރަމުންދާ ކަންތައްކަމަށާއި، އެހިސާބަށް ދިޔައިމާ ރައްޔިތުން ނުކުންނާނެ ކަމަށެވެ. އަދި މާދަމާ އެއަށްވުރެ ގިނަ މީހުން ނުކުންނާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބު ނުލިބުނަސް އެހެނިހެން ގޮތްގޮތުން ޖަވާބުދާރީކުރުވުމަށް ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ޔައުގޫބު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔައިންނެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒުޔައުޤޫބު އަބުދުﷲދާންދޫ ދާއިރާރާއްޖެ ޓީވީބަޖެޓް މަޖިލީސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު