Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޝިއާ

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގެ އެންޓެރޯމިކްސް އެމްއާރްއެންއޭ ކެންސަރު ވެކްސިން ވަނީ ކްލިނިކަލް ބޭނުންތަކަށް ތައްޔާރުވެފައި

އަލީ ޝާހީން
އަލީ ޝާހީން | 9 ސެޕްޓެމްބަރު 2025 | އަންގާރަ 09:54
ވެކްސިން - މި ވެކްސިންގެ ފުރަތަމަ ވައްތަރު ބޭނުންކުރެވޭނީ ކޮލޮރެކްޓަލް ކެންސަރު ފަރުވާކުރުމަށް

ވެކްސިން - މި ވެކްސިންގެ ފުރަތަމަ ވައްތަރު ބޭނުންކުރެވޭނީ ކޮލޮރެކްޓަލް ކެންސަރު ފަރުވާކުރުމަށް

ރަޝިއާގައި އުފައްދައި ޓެސްޓުކުރަމުން އައި ކެންސަރު ވެކްސިން ޕްރީކްލިނިކަލް ޓްރަޔަލްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް އެ ވެކްސިން އަކީ ކާމިޔާބު ވެކްސިން އެއްކަމަށް އިއުލާނުކޮށްފި އެވެ.

ރަޝިއާގެ އެންޓެރޯމިކްސް ކެންސަރު ވެކްސިން މިހާރުވަނީ ކްލިނިކަލް ބޭނުންތަކަށް ތައްޔާރުވެފައި ކަމަށް ފެޑެރަލް މެޑިކަލް އެންޑް ބަޔޮލޮޖިކަލް އޭޖެންސީ (އެފްއެމްބީއޭ) އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެފްއެމްބީޑީގެ އިސްވެރިޔާ ވެރޯނިކާ ސްކްވޯޓްސޯވާ ވިދާޅުވި ގޮތުގައި އެމްއާރްއެންއޭ އަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ މި ވެކްސިން ވަނީ ޕްރީކްލިނިކަލް ޓްރަޔަލްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، އޭގެ ރައްކާތެރިކަމާއި މަތީ ފެންވަރުގެ ނަތީޖާ ދައްކުވައިދީފައި ކަމަށެވެ.

މި ވެކްސިނުން ޓިއުމަރުތައް ކުޑަކުރުމާއި އޭގެ ދުވެލި މަޑުކުރުމުގައި ފާހަގަކުރެވޭ ނަތީޖާތަކެއް ދައްކުވައިދީފައިވާ އިރު، ތަކުރާރުކޮށް ބޭނުންކުރުމަށްވެސް ރައްކާތެރި ކަމަށް ބުނެ އެވެ. ސްކްވޯޓްސޯވާ ވިދާޅުވި ގޮތުގައި މި ވެކްސިން ތައްޔާރުކުރެވޭނީ ކޮންމެ ބަލިމީހެއްގެވެސް އަމިއްލަ އާރްއެންއޭ އަށް ބިނާކޮށް، އެމީހަކަށް ޚާއްސަކޮށްގެންނެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ވެކްސިންގެ ފުރަތަމަ ވައްތަރު ބޭނުންކުރެވޭނީ ކޮލޮރެކްޓަލް ކެންސަރު ފަރުވާކުރުމަށް ކަމަށާއި، އަދި އެހެން ވައްތަރެއް ތަރައްޤީކުރެވެމުންދަނީ ގްލިއޯބްލާސްޓޯމާ އާއި ސިކުނޑީގެ ކެންސަރަށް އަދި ވަކި ބާވަތްތަކެއްގެ މެލަނޯމާ، ނުވަތަ ހަމުގެ ކެންސަރަށެވެ.

ރަޝިއާކެންސަރު ވެކްސިންއެންޓެރޯމިކްސްވެރޯނިކާ ސްކްވޯޓްސޯވާއެމް ބީ އޭ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު