Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

މިއީ ތިން އަހަރުގެ ތެރޭގައި މެކްރޮން އާއި ޕުޓިން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރު. އެންމެ ފަހުން މި ދެ ރައީސުން މަޝްވަރާ ކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2025 | ބުދަ 08:17
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ރަޝިޔާގެ ރައީސް ޕުޓިން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ރަޝިޔާގެ ރައީސް ޕުޓިން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފި އެވެ.

މެކްރޮން އާއި ޕުޓިން މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. އެ މަޝްވަރާތަކުގައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނަގުރާމަ އާއި، މެދު އިރުމަތީގައި އުފެދިފައިވާ ހަލަބޮލިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. 

މިއީ ތިން އަހަރުގެ ތެރޭގައި މެކްރޮން އާއި ޕުޓިން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ދެ ރައީސުން މަޝްވަރާ ކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. 

ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފައި ވަނީ މެކްރޮން އާއި ޕުޓިންއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތައް ގާތް ގަނޑަކަށް ދެ ގަޑިއިރުގެ ދިގު މިނަކަށް ދެމިގެން ދިޔަ އެވެ. އެ މަޝްވަރާތަކުގައި ރަޝިޔާގެ ރައީސް ޕުޓިން ވަނީ އީރާާންގެ ސުލްހަވެރި ނިއުކްލިއާ ހަކަތަ ތަރައްޤީ ކުރުމުގެ ޙައްގު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އެ މަޝްވަރާތަކުގައި މެކްރޮން ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ސުލްހަވެރި ގޮތެއްގައި ނިންމުމަށް މަގު ފަހި ކުރުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެފައި ވަނީ، އެއްވެސް ސުލްހަވެރިކަމެއް ވާން ޖެހޭނީ އައު ސަރަހައްދީ ހަގީގަތްތަކުގެ މައްޗަށް ބިނާ ކުރުމަށް ފަހު ކަމަށެވެ. 

މި މަޝްވަރާތަކުގައި މެކްރޮން އާއި ޕުޓިން ވަނީ ކުރިއަށް އޮތް ތަނުގައި އިތުރަށް މަޝްވަރާ ކުރުމަށް އެއްބަސްވެފަ އެވެ. އަދި ދެ ރައީސުންގެ ދެ މެދުގައި އިތުރު ވާހަކަތައް ދައްކައި، އަބަދު ވެސް ކަންކަމާ ޚިޔާލު ބަދަލު ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި ދެ ރައީސުން ވަނީ އީރާންގެ ނިއުކްލިއާ މައްސަލައިގައި ބައިނަލްއަޤުވާމީ އެޓޮމިކް އެނާޖީ އެޖެންސީ އަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. 

މެކްރޮން އާއި ޕުޓިން މަޝްވަރާ ކުރައްވާފައިވާއިރު، ރަޝިޔާ އާއި ޔުކްރެރިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ފްރާންސް އޮތީ ޔުކްރެއިން ފަޅީގަ އެވެ. އަދި ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، އެކި ފަހަރު މަތިން މެކްރޮން ވަނީ މީގެ ކުރިން ޕުޓިން އަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އެމެނުއެލް މެކްރޯންވްލަޑިމިއަރ ޕުޓިންފްރާންސްރަޝިއާޔުކްރެއިންހަނގުރާމައީރާންނިއުކްލިއާ ހަކަތަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު