Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި

ޔޫކްރެއިންގެ އެއަރ ފޯސްގެ ކޮމިއުނިކޭޝަންސް ވެރިޔާ ޔޫރީ އިހްނަޓް އެސޯސިއޭޓެޑް ޑް ޕްރެސްއަށް ވިދާޅުދާޅުވި ގޮތުގައި މި ހަމަލާއަކީ ފެބްރުއަރީ 2022 ގައި ރޫސީ ވިލާތުން ފުޅާ ދާއިރާއެއްގައި ފެށި ހަމަލާ ތަކުގައި ދިން "އެންމެ ބޮޑު ވައިގެ ހަމަލާ"

ރާއްޖެ އެމްވީ | 29 ޖޫން 2025 | އާދީއްތަ 10:22
ރަޝިޔާގެ ޑްރޯން އަދި މިސައިލް ހަމަލާ ތަކުގައި އެޕާޓްމަންޓް އިމާރާތެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ --- ޖޫން 29، 2025

ރަޝިޔާގެ ޑްރޯން އަދި މިސައިލް ހަމަލާ ތަކުގައި އެޕާޓްމަންޓް އިމާރާތެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ --- ޖޫން 29، 2025

ރަޝިޔާ އިން ޔޫކްރެއިންނަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފިއެވެ.

ޔޫކްރެއިންގެ އޮފިޝަލެއް އާދީއްތަ ދުވަހު އެސޯސިއޭޓެޑް ޕްރެސް އަށް މައުލޫމާތު ދިން ގޮތުގައި ރޫސީ ވިލާތުން ޔޫކްރެއިނަށް މިހާތަނަށް ދިން އެންމެ ބޮޑު ވައިގެ ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައެވެ. މިއީ 3 އަހަރު ވެފައިވާ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތި ކުރުވި ހަމަލާ އެއްގެ ގޮޮތުގައި ބެލެވެއެވެ.

ޔޫކްރެއިންގެ އެއަރ ފޯސްއިން ބުނި ގޮތުގައި ރޫސީ ވިލާތުން ވައިގެ މަގުން ހޮނިހިރު ދުވަހުގެ ރޭ ޖުމްލަ 537 ވައިގެ ހަމަލާ ޔޫކްރެއިން އަށް ދީފައިވެއެވެ. މީގެ ތެރޭގައި 477 ޑްރޯން އަދި ޑިކޯއި އާއި 60 މިސައިލް ހިމެނެއެވެ. މީގެ ތެރެއިން 249 އަސްކަރީ އާލާތް ވަނީ ވައްޓާލެވިފައެވެ. އަދި 226 ހަތިޔާރު އިލެކްޓްރޯނިކް ޖެމިންގގެ ސަބަބުން ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޔޫކްރެއިންގެ އެއަރ ފޯސްގެ ކޮމިއުނިކޭޝަންސް ވެރިޔާ ޔޫރީ އިހްނަޓް އެސޯސިއޭޓެޑް ޑް ޕްރެސްއަށް ވިދާޅުދާޅުވި ގޮތުގައި މި ހަމަލާއަކީ ފެބްރުއަރީ 2022 ގައި ރޫސީ ވިލާތުން ފުޅާ ދާއިރާއެއްގައި ފެށި ހަމަލާ ތަކުގައި ދިން "އެންމެ ބޮޑު ވައިގެ ހަމަލާ" އެވެ. މި ހަމަލާ އަމާޒު ކުރެވުނީ ހަނގުރާމައިގެ ފްރަންޓްލައިނުން ދުރުގައިވާ ހިސާބުތަކުގެ ގިނަ ސަރަޙައްދުތަކަކަށެވެ.

ޕޮލެންޑްގެ އެއަރ ފޯސްއިން ބުނި ގޮތުގައި ޕޮލެންޑާއި އެގައުމުގެ އެކުވެރި ގައުމުތަކުން ޕޮލެންޑްގެ ވައިގެ ސަރަހައްދު ރަޝިޔާގެ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރު ކުރުމަށް މަތިންދާ ބޯޓުތައް ފޮނުވާފައިވެއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު