Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއީ ގާތް ގަނޑަކަށް 300 މިލިއަން ޑޮލަރުގެ އެހީގެ ސާމާނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 10:45
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، އެމެރިކާގެ ރައީސް އަށް ލިބޭ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.މިއީ އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެމެރިކާ އިން ޔުކްރެއިން އަށް އެހީ ފޮނުވާނެ ފުރަތަމަ ފަހަރަވެ. އެގޮތުން ޓްރަމްޕް ނިންމަވާފައި ވަނީ ޔުކްރެއިން އަށް އަސްކަރީ އެހީތެރިކަން ފޯރު ކޮށްދިނުމަށެވެ. މިއީ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއީ ގާތް ގަނޑަކަށް 300 މިލިއަން ޑޮލަރުގެ އެހީގެ ސާމާނެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް މިސައިލް އަދި މެދު ރޭންޖުގެ ރޮކެޓު ހިމެނޭނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް، ޔުކްރެއިން އަށް ފޮނުވާނެ ވަކި ހަތިޔާރެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް އިންތިހާ އަށް ވަރުގަދަ ކޮށްފައި ވަނިކޮށް، މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާ އިން ޔުކްރެއިން އަށް އެހީ ވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާ އިން ޔުކްރެއިން އަށް އެއްވެސް އެހީތެރިކަމެއް ފޮނުވާފައި ނުވާއިރު، ފޮނުވާފައި ވަނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ހުއްދަ ދީފައިވާ ހަތިޔާރެވެ. ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޓްރަމްޕްގެ ވިސްނުން ވަނީ އެކި ފަހަރު މަތިން ބަދަލުވެފަ އެވެ. ބައެއް ފަހަރު އެމެރިކާ އިން ޔުކްރެއިން އަށް ވަމުން އައި އެހީތެރިކަމަށް ފާޑު ވިދާޅުވެފައިވާއިރު، ރަޝިޔާ އަށް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، މި ފަހުން ޓްރަމްޕް ގެންދަވަނީ ރަޝިޔާ އަށް ފާޑު ވިދާޅުވަމުންނެވެ. ޔުކްރެއިން އަށް ދެވޭ އެހީގެ ގޮތުގައި މިވަގުތު ވެސް 3.86 ބިލިއަން އެމެރިކާ ޑޮލަރިގެ ހަތިޔާރު ފޮނުވުމުގެ ބާރު އެމެރިކާ އަށް އޮންނާނެ އެވެ. އެންމެ ފަހުން، މިއަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހު، ކުރީގެ ރައީސް ބައިޑަން ވަނީ 500 މިލިއަން ޑޮލަރުގެ އެހީ ޔުކްރެއިން އަށް ދިނުމަށް ނިންމައިފަ އެވެ. 

ޑޮނަލްޑް ޓްރަމްޕްޔުކްރެއިންރަޝިއާހަނގުރާމައެމެރިކާއެހީތެރިކަންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު