Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މަރުވި މީހާގެ މައްސަލައިގާ ބަޔަކު ހައްޔަރުކޮށްފި

3 ސެޕްޓެމްބަރު 2017 | އާދީއްތަ 02:34

ދެމީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 02:34
ހުޅުމާލެ ހޮސްޕިޓަލް: މަރުވި މީހާ ފުރަތަމަ ގެންދެވުނީ އެހޮސްޕިޓަލަށް

ހުޅުމާލެ ހޮސްޕިޓަލް: މަރުވި މީހާ ފުރަތަމަ ގެންދެވުނީ އެހޮސްޕިޓަލަށް

މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެކަން ކަށަވަރުކޮށްދިން ނަމަވެސް އެކާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

Advertisement - newsAdvertisement

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ހ. ފޮއްދޫގެ، އިބްރާހިމް ރަޝީދު އާދަމް ( 64 އ) އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ހަވީރު އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ އޭނާ ދުއްވި ސައިކަލު ޕާކު ކުރުމަށް އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލަކުން ޖެހިގެންނެވެ. ނިޔާވިއިރު އުމުރުން 64 އަހަރުގެ އެ މީހާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެއެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގަ އެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވާ ރަޝީދުގެ ބޮލުގެ އޮޕަރޭޝަނެއް ވަގުތުން ކޮށްފައިވެއެވެ. ނަމަވެސް ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވެފައިވުމުގެ ސަބަބުން އޮޕަރޭޝަންކޮށްގެން ވެސް ރަޝީދުގެ ފުރާނަ ސަލާމަތްކުރެވޭގޮތެއްނުވިއެވެ. ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ކަނާތު ފައިގެ ތަނބި ކައްޓަށްވެސް ބޮޑު އަނިޔާތަކެއް ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.

ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލުކުރި މީހާ އެކުރަނީ ކުށެއް ކަމަށެވެ.

އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.

ޖަލު ހުކުމް ތަންފީޒުކުރަން ޖެހުނަސް މަރުވި މީހާގެ ވާރިސުން ބޭނުންވެއްޖެނަމަ މަރުގެ ދިޔަ ދޭންޖެހޭނެއެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 100000 ރުފިޔާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް