Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. ކުނަހަންދޫ

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

2012 ގައި ރައީސް ވަހީދު ވަނީ ކުނަހަންދޫ އަށް ވަޑައިގެންފައި އެ ދަތުރުފުޅުގައި މުއިއްޒު ވެސް ބައިވެރިވެ ވަޑައިގެންނެވި

ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 02:13
ރައީސް މުއިއްޒު ލ. ކުނަހަންދޫ އަށް ޒިޔާރަތް ކުރެއްވުން - 20 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ލ. ކުނަހަންދޫ އަށް ޒިޔާރަތް ކުރެއްވުން - 20 އޮކްޓޯބަރު 2025

ފާއިތުވި 40 އަހަރުގެ ތެރޭގައި ލ. ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުހައްމަދު މުއިއްޒު ކަމަށް ބުނެ ސަރުކާރުގެ މީޑިއާ ޕީއެސްއެމް އިން ދޮގު ޚަބަރު ފެތުރުމާ އެކު ގިނަ ބަޔަކު ފާޑު ކިޔައިފި އެވެ.

ގިނަ ބަޔަކު ވަނީ މި ޚަބަރާ ގުޅިގެން ވޭތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ރައީސުން ކުރެއްވި ދަތުރުފުޅުތަކާ ބެހޭ ކުރީގެ ޚަބަރުތަކުގެ ސްކްރީން އިމޭޖްތައް ވެސް ސޯޝަލް މީޑިއާ ގައި ހާމަ ކޮށްފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މިހާރު ވެފައި ވަނީ، އެތަން އުފެއްދި ގާނޫނީ މަގްސަދުން ބޭރުވެ ރައީސް މުއިއްޒުގެ ޕްރޮޕަގެންޑާ މެޝިނަކަށް ވެފައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ޚިދުމަތް ކުރުމަށް އުފައްދާފައިވާ ޕީއެސްއެމް އިން އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު "40 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ކުނަހަންދޫ އަށް ރައީސަކު ވަޑައިގަތުން އެ ރަށު ރައްޔިތުންގެ ޝުކުރު" މި ސުރުޚީގެ ދަށުން ގެނެސްދިން ޚަބަރުގައި ބުނެފައި ވަނީ، އެންމެ ފަހުން ރައީސަކު އެރަށަށް ވަޑައިގަތީ 1978 ވަނަ އަހަރުގައި ކަމަށެވެ.

"ވޭތުވެދިޔަ 40 އަހަރުތެރޭ ކުނަހަންދޫ އަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުމުން އެ ރަށު ކައުންސިލުންނާއި ރަށު ރައްޔިތުން އެކަން ފާހަގަކޮށްފި،" ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.

އޭގެ އިތުރުން "ވޭތުވެދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުނަހަންދޫ އަށް ވަޑައިގަތުމުން،" ކަމަށް ވެސް އިތުރަށް ޚަބަރު ގައި ވެއެވެ.

ރާއްޖޭގެ ތާރީޚް އޮޅޭ ގޮތައް ޕީއެސްއެމް އިން މި ޚަބަރު ގެނެސްފައި ވަނީ، ރައީސް މުއިއްޒު އޮކްޓޯބަރު 20 ވަނަ ދުވަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލުގެ ރައީސް ދެއްކެވި ވާހަކަ އެއްގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ބެލޭ އިރު، ޚަބަރު ގެެނެސްދީފައި ވަނީ މުޅިން ހަގީގަތް އޮޅޭ ގޮތައް ކަން ފާހަގަ ކުރެވެއެވެ.

"އަޅުގަނޑުމެންގެ ހަޔާތުން 40 އަހަރު ވެގެންދިޔައިރުގަ އަޅުގަނޑުމެންގެ ކައިރިއަށް އިންތިހާބީ ރައީސެއް ފުރަތަމަ ކުނަހަންދޫ ރައްޔިތުންނާ ބައްދަލްކުރުމަށްޓަކައި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އުފަލާއެކު ފާހަގަކުރަން" ކުނަހަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން ރައީސަކު ކުނަހަންދޫ އަށް ޒިޔާރަތް ކުރެއްވީ 1978 ވަަނަ އަހަރުގައި ކަމަށް ޕީއެސްއެމް އިން ރިޕޯޓު ކުރި އިރު ރައީސް މައުމޫނު ވަނީ 11 މާޗް 1982 ގައި ކުނަހަންދޫ އަށް ޒިޔާރަތް ކުރައްވާފައެވެ.

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގެންނެވި ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ބުނެ ފެތުރި ޚަބަރުގެ ސްކްރީން އިމޭޖެއް
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގެންނެވި ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ބުނެ ފެތުރި ޚަބަރުގެ ސްކްރީން އިމޭޖެއް

އޭގެ އިތުރުން ޕީއެސްއެމް އިން މިވާހަކަ މި ގޮތައް ފެތުރި އިރު ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ 1 އޭޕްރީލް 2012 ގައި ކުނަހަންދޫ އަށް ވަޑައިގަނެފައެވެ. މި ދަތުރުފުޅުގައި އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ޚުދު މުއިއްޒު ވެސް ވަނީ ރައީސް ވަހީދުގެ އަރިހުގައި ކުނަހަންދޫ އަށް ވަޑައިގަނެފައެވެ.

ރައީސް ވަހީދު ހައްދުންމަތީ ހިތަދޫ، މާވަށް، އަދި ކުނަހަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ - 1 އޭޕްރީލް 2012
ރައީސް ވަހީދު ހައްދުންމަތީ ހިތަދޫ، މާވަށް، އަދި ކުނަހަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ - 1 އޭޕްރީލް 2012
ރައީސް ވަހީދު ކުނަހަންދޫ އަށް ކުރެއްވި ޒިޔާރަތާ ބެހޭ ޚަބަރުގެ ސްކްރީން އިމޭޖެއް
ރައީސް ވަހީދު ކުނަހަންދޫ އަށް ކުރެއްވި ޒިޔާރަތާ ބެހޭ ޚަބަރުގެ ސްކްރީން އިމޭޖެއް

އޭގެ އިތުރުން ކުނަހަންދޫ ގެ ބަނދަރުހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށް ރައީސް ވަހީދު 17 އޭޕްރިލް 2013 ގައި ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.

އެ ދަތުރުފުޅުގައި ކުނަހަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެރަށަށް ވަޑައިގަތީ ރަށުގެ ރައްޔިތުންގެ ދައުވަތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

"ކުނަހަންދޫ ރައްޔިތުން އަޅުގަނޑަށް ދެއްވި ދަޢުވަތު، އަޅުގަނޑު މި ޤަބޫލު ކުރަނީ، ވަރަށް އުފަލާއެކީގައި. އެހެންވީމާ، އަޅުގަނޑު މިތަނަށް އައިސް މިހުރީ. ދެންވެސް ތިޔަބޭފުޅުންނަށް ހަމަ ޖެހިވަޑައިގަންނަވާނީ އަޅުގަނޑަށް އަންގަވައިލައްވަން. އަޅުގަނޑު ހުންނާނީ ތައްޔާރަށް އަންނަން." ރައީސް ވަހީދު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން 29 އޯގަސްޓު 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުނަހަންދޫ އަށް ވަޑައިގެންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ލ. ކުނަހަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ލ. ކުނަހަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސް ސާލިހް ކުނަހަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ރަށުގެ ތަރައްގީ އަށް ޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ.

މުޙައްމަދު މުއިއްޒުމުހައްމަދު ވަހީދު ލ. ކުނަހަންދޫޕީއެސްއެމްރައީސުންގެ ދަތުރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

17 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު