Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށި ދުވަސް

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

ހޯރަފުށީގެ ތަރައްޤީގެ ހަގީގީ ބާނީ އަކީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ކަމަށް ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 08:43
"ހޯރަފުށީ ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާގައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވާހަކަދައްކަވަމުން

"ހޯރަފުށީ ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާގައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވާހަކަދައްކަވަމުން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދެ ބައިވީ އިރުގައި ހޯރަފުށި ތިބީ ތަރައްޤީގައި ލައިގެން ކާނެ އެއްޗެއް ނެތިފައި، ހައި ބަނޑާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ "ހޯރަފުށީ ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ނިމިދިޔަ ދައުރުގައި ހޯރަފުށްޓަށް ވަރަށް ގިނަ ކަންކަން ފުރިހަމަވި ކަމަށެވެ. ހޯރަފުށީގެ ތަރައްޤީއަށްޓަކާ އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުރި ނަމަވެސް އެކަން ކުރެވޭނީ އެ ރަށްދެކެ ލޯބިވާ ވެރިޔަކަށް ކަަމަށް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

ހޯރަފުށިން ބޭނުންވާ ތަރައްޤީގައި މިހާރު ތިބީ ނިކަމެތި ފިޔަވަޅެއްގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާ ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ވެރިކަމުގައި ތަރައްޤީގައި ހޯރަފުށި އޮތީ ވަރަށް ފަހަތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ހެދުނީ އެންމެ ގޯހެއް. އެޅުނީ އެންމެ ޅައެއްޗެއް. އެޅުނުތާ ވެސް އެޅުނީ ޅަ އިހަލަކުން ޅަ އެއްޗެއް. އެރުނީ އެންމެ ނުބައި ގޮޅިއަކަށް. ސައިގޮޅއަކަށް އެވެސް. އަދިވެސް އަޅުގަނޑުމެން މިތިބީ ތަރައްްޤީގައި ބޮޑު ބޮލާ، ދެ މަންތިރި އާއި އަހާ އެ މަނާފުކުގެ އެހީގާ ވެސް ސައިން އަދިވެސް ނުފިލައޭ އިނގޭތޯ." އޭނާ ވިދާޅުވިއެވެ.

ހޯރަފުށީގެ ތަރައްޤީގެ ހަގީގީ ބާނީ އަކީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުކަމަށާއި ރައީސް ޞާލިހުގެ ވެރިކަމުގައި ހޯރަފުށީގެ ތަރައްޤީ އަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ. އެ ރަށުގެ އެއާޕޯޓްގެ މަސައްކަތް ފުރިހަމަ ކުރުމަށް ކޮވިޑް-19އިގެ ބަލިމަޑުކަމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށާއި އެއީ ވަރަށް ބޮޑު ޤުރުބާނީތަކެއްގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ދާއިރާގެ ތަރައްޤީ ގެނައުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަދާކުރައްވާފައިވާ އިސް ދައުރު ފާހަގަކުރައްވާ ސަލީމް އަށް މުހައްމަދު ވަހީދު ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ. އެ ރަށުގެ ތަރައްޤީއަށްޓަކާ ސަލީމް ކޮށްދެއްވީ އަގު ނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ހޯރަފުށީގެ ތަރައްޤީގެ ބާނީ އަކީ ތަރައްޤީގެ، ހަގީގީ "ކިންގް" އަކީ ރައީސް ޞާލިހު. ސައްލެގެ ޚިދުމަތް ހަނދާންކުރަމުން ޒިކުރާކުރަމުން ސައްލެ އަށް ވެދުން ކުރަން. ހޯރަފުށި މިދެކޭ ރަބީއީ ތަރައްްޤީގައި އެންމެ ޚިދުމަތްތެރި ޚިދުމަތްތެރިއަކީ އަހުމަދު ސަލީމް" އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ހޯރަފުށީގެ އެއާޕޯޓަކީ އެ ރަށަށް ލިބުނު ރީތި ނަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ އެއާޕޯޓުގެ ސަބަބުން ހޯރަފުށީގެ ނަން ވިދާލި ކަމަށާއި އެއީ ރަށުގެ ތަރައްޤީ އަށް ލިބުނު ކުރިއެރުމެއް ކަަމަށް އެނާ ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ހޯރަފުއްޓަށް 16 ވަރަކަށް މަޝްރޫޢު ހިންގި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވެރިކަމުަގައި ހޯރަފުށީގައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫޢުތަކުގެ އަގު މިލިއަނުން ގުނާލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހޯރަފުށިމުހައްމަދު ވަހީދު ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު