Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލު

ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު

ރައީސް މުއިއްޒު ވަރަށް އަނިޔާވެރި ވެރިކަމެއް ކުރައްވަން ފަހަރަކު ކަމެއް ޓެސްޓު ދަނީ ޓެސްޓު ކުރައްވަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:18
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ

ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މިސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް އަނިޔާވެރި ވެރިކަމެއް ކުރައްވަން ފަހަރަކު ކަމެއް ޓެސްޓު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތަށް ފަހަރަކު ކަމެއް ކުރަމުން ގޮސް، ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރުކަނޑުވާލައި، މިހާރު ނޫސްވެރިކަމުގައި ތަޅުއެޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަންކަމުގައި މަޝްވަރާއަށް އިސްކަންދޭކަން ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް އަމިއްލަ ދިފާއުގައި އަދި ބޮޑެތި މައްސަލަތަކުގައި ވާހަކަ ނުދެއްކޭއިރު، އާއްމު ރައްޔިތަކަށް އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ވަހީދު ވިދާޅުވީ ގައުމުގެ ކަންކަން ދަނީ ގޯހުންކަން އެނގިތިބެ، ހުރިހާ ކަމެއް ސާފުކޮށް ފެންނައިރު ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށާއި، ޕީއެންސީގެ ބޭފުޅުންނަކީ ހަމަޖެހޭ ބައެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ބިލަކީ މިސަރުކާރުގެ މުނާފިގު ސިފަ ދައްކުގައިދޭ ކުޑަކުޑަ މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ މީހަކު ލައިގެން އުޅޭ އެއްޗެއް. ސަރުކާރުން ލައިގެން އުޅޭ އެއްޗެއް ނޫން. ސަރުކާރާ ބައިވެރިވުމެއް ވެސް ނެތް. އެކަމަކު ބަންޑާރަނައިބު ނުކުންނަވާފައި، ވަޒީރުން މަގުމައްޗަށް ނުކުމެ އަތް އުކާ، ބިލު ދިފާއު ކުރާ ހިސާބަށް ގޮސްފައި ދެން. މިދެންނެވިހެން މިމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް މުނާފިގުކަން ދެ މޫނުގެ ސިފަ ފެންނަ ކުޑަ ކުޑަ މިސާލެކޭ މި ބިލަކީ. ހަގީގަތަކީ ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގާނޫނު އަސާސީ ދެތިން ހަތަރުގަޑީރުގެ ތެރޭގައި ބަދަލުކޮށްލި ބައެއް މިއީ. ދެން ކޮންމެ އެއްޗެއް ހުޅުވާލާ ރައްޔިތުން ހިޔާލަށް. ވާހަކަދައްކައިގެން ކޮންކަމެއްތޯ ވަނީ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު

ވަހީދު ވިދާޅުވީ ރާއްޖޭގައި އަނދިރިއަނދިރިން ވެރިކަން ހިންގަމުން ދިޔައިރު ވެސް އެންމެންގެ ކަރަށް ރާ އަޅައި، އެންމެން މަރާގަތުލު ނުކުރާ ކަމަށާއި، ބައެއް މީހުންނަށް ހަދިޔާ ބަދިޔާވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އެދުވަސްވަރު ވެސް އަނދިރިއަނދިރިންނާ ދެކޮޅުވެރިވެ، ދިވެހިންގެ ދީނާ ދިވެހިންގެ މިނިވަންކަމާ ދިވެހިންގެ ސަގާފަތާއި މިކަންކަމުގެ ދިފާއުގައި ބަސްބުނާ މީހަކަށް އަނިޔާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގައި މިއޮތީ އެހާލަތު ކަމަށާއި، މީޑީއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދަނީ އަނިޔާވެރިކަން އިސްކުރުމަށް ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒުގެ މަޑުމައިތިރިކަމާއި، ވައުދުފުޅު ފުއްދަވާ ކަމަށާއި، އެމަނިކުފާނަށް ޅެން ބަހުރުވައިން ޅެން ކިޔައި، އެމަނިކުފާނު ޕްރޮމޯޓް ކުރާނަމަ ރާއްޖޭގެ ހުރިހާ މީޑިއާއެއް ވަރަށް ރަނގަޅުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ޕީއެންސީގެ ބޭފުޅުންނަށް ފާޑުކިޔުން ހަޖަމްނުވާނެ ކަމަށާއި، ޑިމޮކްރެޓިކް ތޮބީއަތް ނޭނގޭ ކަމަށެވެ.

އެކަމަކު މިއުޅެނީ ތަންދޮރު ވެސް ނޭނގެނީ އަނެއްކާ ޑިމޮކްރެޓިކް ތޮބީއަތް ވެސް ނޭނގެނީ. ފާޑުކިޔުން އެއްވެސް ގޮތަކަށް ހަމަޖުވެސް ނުވަނީ. ފުރަތަމަ ކަމަކަށް ތި ހުރިހާ ކަމެއް ގުޅޭ ރާއްޖެ އައިސްފައި މިއޮތީ މަލްޓިޕާޓީ ޑިމޮކްރަސީއާ އަޅުގަނޑުމެންގެ. ޕީއެންސީގައި މަޝްވަރާއެއް އޮންނަކަން އެނގިއްލާވާތޯ. ދުވަހަކު ދެކުނިންތޯ ސެނެޓެއް ގައުމީ މަޖިލީހެއް ކަހަލަ އެއްޗެއް މަޝްވަރާކޮށް ބަހެއް ބުނެ، ވޯޓެއް ނަގާފައި. ނޯންނާނެ. މިމީހުންގެ ތޮބީއަތުގައި ނޯންނާނެ ހިޔާލުތަފާތުވުމެއް އެނގޭތޯ. ހަމަ ވެރިމީހާއަށް ފެނިވަޑައިގަންނަވާ ގޮތް އެދުވަހު ހޭފުޅުލައްވާއިރުގައި މޫޑު ހުންނަ ގޮތް އެއީ އޮންނަ ގޮތް. ދެން ދިވެހި ހުރިހާ ރައްޔިތުން ޖެހޭނީ އެމޫޑަށް ތަބާވެގެން އުޅެން. ނޫޅޭ މީހެއް ވެއްޖެއްޔާ ދެން އެމީހަކު މިއްލަތުން އެވީ ބޭރުވާން އެނގޭތޯ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު

ވަހީދު ވިދާޅުވީ ރާއްޖެ މިދަނީ އަނދިރީގެ ތެރެއަށް ކަމަށާއި، މިގޮތަށް ދާން ދޫކޮށްލުން ގައުމަށް އަދި ރައްޔިތުންނަށް އެފޯޑް ނުކުރެވޭނެ ކަމަށެވެ.

މުހައްމަދު ވަހީދު ރައީސް މުއިއްޒުޕްރެސް ފްރީޑަމްޕީއެންސީރާއްޖެ ޓީވީމަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު