Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ގައި އުސް ޓަވަރެއް ގޮއްވާލުމާއެކު އެތަނުގައި "ނަރަކައިގެ ދޮރުތައް" ހުޅުވެމުންދާ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ބުނެފި

އިސްރާއީލްގެ ހަމަލާތަކުގައި ދުވާލަކު 28 ކުޑަކުދިން ޝަހީދުވަމުން ދާއިރު، ގައްޒާގެ ނަރަކައިގެ ދޮރުތައް ހުޅުވެމުންދާކަމަށް އިސްރާއީލްގެ ދިފާއީ ވަޒީރު ވަނީ ބުނެފައެވެ. ޣައްޒާ ހަނގުރާމައިގައި 64,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، ގާތްގަނޑަކަށް 162,000 މީހުން ޒަޚަމްވެފައިވާއިރު، އިތުރު އެއް މިލިއަން މީހުން ދެކުނަށް ހިޖުރަ ކުރަން މަޖުބޫރު ވާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 14:04
އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ޣައްޒާ ސިޓީގައި ހުންނަ މުޝްތަހާ ޓަވަރަށް ބޮން އަޅައި ފުނޑުފުނޑު ކޮށްލައިފި

އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ޣައްޒާ ސިޓީގައި ހުންނަ މުޝްތަހާ ޓަވަރަށް ބޮން އަޅައި ފުނޑުފުނޑު ކޮށްލައިފި

ޣައްޒާގައި "ނަރަކައިގެ ދޮރުތައް" ހުޅުވެމުންދާ ކަމަށް އިސްރާއީލްގެ ދިފާއީ ވަޒީރު ބުނެފިއެވެ.

އޭނާ މިހެން ބުނީ، ޣައްޒާ ސިޓީގެ އާބާދީ ބޮޑު ސަރަހައްދެއްގައި ހުރި އުސް ޓަވަރެއް ގޮއްވާލައި، އިތުރު ގިނަ އުސް އިމާރާތްތައް ގޮއްވާލާނެ ކަމަށް އިންޒާރުދީ، ޣައްޒާ ހިސޯރު ކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ހަނގުރާމަ ވަރުގަދަ ކުރުމުންދާ ވަގުތެއްގައެވެ.

އިސްރާއީލީ ބާރުތަކުން ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 44 މީހުން ޝަހީދު ކޮށްލާފައިވެއެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީ އަށް ދިން ހަމަލާތަކުގައި ޝަހީދުވި 7 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި މިހާރު ޣައްޒާ ސިޓީގެ 40 އިންސައްތަ އެމީހުންގެ ކޮންޓްރޯލްގައިވާ ކަމަށާއި، މަދަނީ ކޭމްޕްތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާ ކަމަށެވެ. ޔުނިސެފްއިން މިހާރުގެ ހާލަތު ސިފަކޮށްފައި ވަނީ "ވިސްނުމަށް ގެނެވޭ ވަރަށްވުރެ ގޯސް" ކަމަށެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރެއިން މަދުވެގެން 30 އިންސައްތައަކީ ކުޑަކުދިންނެވެ. އޮކްޓޯބަރު 2023 އިން ފެށިގެން ކޮންމެ ދުވަހަކު 28 ކުޑަކުދިން ޝަހީދުވެއެވެ.

އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނީއްސުރެ، މަދުވެގެން 64,231 މީހުން ޝަހީދުވެ، 161,583 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެތައް ހާސް މީހުން ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ.

އިސްރާއީލްގެ އައު ހަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް އެއް މިލިއަން މީހުން ޣައްޒާ އިން ދެކުނަށް ހިޖުރަކުރަން މަޖުބޫރު ވާނެ ކަމަށް ލަފާކުރެއެވެ.

މަސްދަރު: އަލް ޖަޒީރާ

އިސްރާއީލް-ޣައްޒާޣައްޒާ ސިޓީއިސްރާއީލް އަސްކަރިއްޔާއިންސާނީ ކާރިސާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު