Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އެމެރިކާ

ނަތަންޔާހޫ އަކީ ހުނަރުވެރި މޮޅު މީހެއް، އެކަމަކު ވަރަށް ޕްރެޝަރު ކުރަން ޖެހުނު: ޓްރަމްޕް

އެ އިންޓަވިޔުގައި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ އަކީ ވަރަށް ހުނަރުވެރި، އަދި މޮޅު މީހެއް ކަމަށެވެ. މީގެ ކުރިން ނަތަންޔާހޫ އަށް އެއްވެސް ޕްރެޝަރެއް ކުރިމަތިވެފައިވާ މަންޒަރު ނުފެންނަ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި ނަތަންޔާހޫ އަށް ޕްރެޝަރު ކުރަން ޖެހުނު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2025 | އަންގާރަ 03:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ވަރަށް ހުނަރުވެރި އަދި މޮޅު މީހެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޓްރަމްޕް މިހެން ވިދާޅުވީ، މި ފަހުން 60 މިނެޓަށް ދެއްވި އިންޓަވިޔުގަ އެވެ. އެ އިންޓަވިޔުގައި ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން، އަދި ނަތަންޔާހޫއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

އެ އިންޓަވިޔުގައި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ އަކީ ވަރަށް ހުނަރުވެރި، އަދި މޮޅު މީހެއް ކަމަށެވެ. މީގެ ކުރިން ނަތަންޔާހޫ އަށް އެއްވެސް ޕްރެޝަރެއް ކުރިމަތިވެފައިވާ މަންޒަރު ނުފެންނަ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި ނަތަންޔާހޫ އަށް ޕްރެޝަރު ކުރަން ޖެހުނު ކަމަށެވެ.

މީގެ އިތުރުން ނަތަންޔާހޫ ކުރެއްވި ބައެއް ކަންކަމާ މެދު ހިތްހަމަ ނުޖެހުނު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ބައެއް ވާހަކަތައް ދައްކަވަން ޓްރަމްޕް އަށް ޖެހުނު ކަމަށާއި، މީޑިއާ ތަކާއި ނޫސްވެރިންނަށް ވެސް ފެނުނީ އެ މަންޒަރު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޤައުމީ ފެންވަރުގައި ވެސް ނަތަންޔާހޫއާ މެދު ކަންތައް ކުރެވެމުން އަންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

އެގޮތުން ނަތަންޔާހޫއާ ދެކޮޅަށް ދައުވާކޮށް، ޝަރީއަތް ތަކެއް ފަށާފައިވާއިރު، އޭނާއާ މެެދު ކަންތައް ކުރެވެމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެކަމުގައި އެމެރިކާ އިން ނަތަންޔާހޫ އަށް އެހީތެރިވުމަށް ބައިވެރި ވާނެ ކަމަށާއި، ސަބަބަކީ އެއީ އިންސާފުން ކުރެވޭ ކަމަކަށް ނުވުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.

މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އޭގެ ފަހުން ވެސް ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކޮށްފަ އެވެ.

މައްސަލަ ކުރިއަށް ދަނިކޮށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސްކޮށް ދިނުމަށް ވެސް އެދިފަ އެވެ. އެއީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން، އޭރު ސަލާމަތީ މައްސަލަ ތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށެވެ.

އެންމެ ފުރަތަމަ ކޯޓުން އޭރު ނިންމާފައި ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުދު ވާނެ ކަމަށާއި، ނަތަންޔާހޫއާ ދެކޮޅަށް ކުރަނީ ސިޔާސީ ދައުވާ ތަކެއް ކަމަށް ޓްރަމްޕް ވިދާޅުވީ ފަހުން، ކޯޓުން ވަނީ ޝަަރީއަތް ކެންސަލް ކޮށްފަ އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވައިފަ އެވެ. އެ ތަޤުރީރުގައި އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގް އަށް ޓްރަމްޕް ގޮވާލައްވާފައި ވަނީ ނަތަންޔާހޫ އަށް މައާފު ދެއްވުމަށެވެ. އެގޮތުން އެއީ އެއްވެސް ވަރަކަށް މުހިންމު ކަމެއް ދޭން ޖެހޭ ކަމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް އާއި ނަތަންޔާހޫއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް އެންމެ ގިނައިން ވަޑައިގެންނެވި އެއް ލީޑަރަކީ ވެސް ނަތަންޔާހޫ އެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރިޔާސީ ދެ ވަނަ ދައުރުގެ ހުވާ ޓްރަމްޕް ކުރެއްވި ފަހުން، ނަތަންޔާހޫ ވަނީ ހަތަރު ފަހަރެއްގެ މަތިން ވައިޓް ހައުސް އަށް ވަޑައިގެންފަ އެވެ.

އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހުގެ އިތުރުން، އޭޕްރީލް، ޖުލައި އަދި ސެޕްޓެމްބަރު މަހު ވެސް ނަތަންޔާހޫ ވަނީ ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމައިސްރާއީލު-އެމެރިކާ ގުޅުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު