Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީ ވިލާތުން ނެރެފި

ތުރުކީން ހައްޔަރު ކުރުމަށް އަމުރުު ނެރުނު ފަރާތްތަކުގެ ތެރޭގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެ ސަރުކާރުގެ 37 އިސްވެރިންން ހިމެނޭ.

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 10:54
އިސްރާއީލްްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

ޣައްޒާ ގައި ހިންގާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާ ގުޅިގެން ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީ އިން ނެރެފިއެވެ.

މި އަމުރާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރު ވިދާޅުވީ އިޒްރޭލުން މި އަމުރާ ދެކޮޅު ހަދާ ކަމަށާއި މި ތުހުމަތުތައް ބަލައި ނުގަންނަ ކަމަށާއި، މިއީ "އުރުދުޣާން ގެ އެންމެ ފަހުގެ ޕީއާރު ސްޓަންޓް" ކަމަށެވެ.

އިސްތަންބޫލް ޕްރޮސެކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، ފުރިހަމަ ލިސްޓު ހާމަ ކުރުމެއް ނެތި ބުނީ، ޖުމްލަ 37 ސަސްޕެކްޓަކު ހައްޔަރު ކުރުމުގެ ވޯރަންޓު ނެރެފައިވާ ކަމަށެވެ.

އެ ލިސްޓުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު އަދި އާމީ ޗީފް ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ހިމެނެއެވެ.

ތުރުކީން އިޒްރޭލުގެ މި އޮފިޝަލުންނަށް ތުހުމަތު ކޮށްފައިވަނީ އިޒްރޭލުން ޣައްޒާ ގައި "ނިޒާމީ ގޮތުން" ހިންގާފައިވާ "ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް" ކުރި ކަމަށެވެ.

މި ބަޔާނުގައި ތުރުކީން ޣައްޒާ ސްޓްރިޕް ގައި ބިނާ ކުރި "ތުރުކީ-ޕަލެސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާޗް މަހު އިޒްރޭލުން ބޮމުގެ ހަމަލާ ދިން ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ޣައްޒާ ގައި ހިނގަމުން އަންނަ ހަނގުރާމަ އާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީން، ފާއިތުވި އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާ އިން ހުށަހެޅި އިޒްރޭލުން ހިންގާފައިވާ ނަސްލު ނައްތާލުމުގެ ކުށްތަކާ ބެހޭ މައްސަލައިގެ ތެރެއަށް ވަނީ ތަދައްހުލް ވެފައެވެ.

ފަލަސްތީނުގެ ދިފާއު ގައި ހަނގުރާމަ ކުރާ ހަމާސް އިން ތުރުކީގެ ނިންމުމަށް މަރުހަބާ ކިޔައި، މިއީ "ތުރުކީ ރައްޔިތުންނާއި އެ ގައުމުގެ ލީޑަރުންގެ ހަގީގީ ވިސްނުން (ކަށަވަރުވާ) ތައުރީފު ހައްގު ފިޔަވަޅެއް" ކަމަށް ބުނެފައި ވެއެވެ،

ތުރުކީ-އިސްރާއީލްބެންޖަމިން ނަތަންޔާހޫޣައްޒާނަސްލު ނައްތާލުންހަމާސްރަޖަބް ތައްޔިބް އުރުދުޣާންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު