Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާ

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސައިކްލޯން ދިތުވާގެ ސަބަބުން ސްރީލަންކާ އަށް ދިމާވި ތާރީހީ ތިމާވެށީގެ ކާރިސާ އިން 334 މީހުން މަރުވެ، 370 މީހުން ގެއްލިފައިވާއިރު، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވޭ.

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 01:38
ސްރީލަންކާ އަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާން - ޑިތުވާ ގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ސްރީލަންކާ އަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާން - ޑިތުވާ ގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ސްރީލަންކާ އަށް މި ފަހުގެ ތާރީހުގައި ދިމާވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ ގައި ތޫފާން ދިތުވާ ގެ އަސަރު އެ ގައުމުގެ އެކި ކަންކޮޅުތަކަށް ފޯރާ، ބޯ ވިއްސާރަ އާއި، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުން ހުއްޓުމެއް ނެތި އަންނަނީ ކުރިމަތިވަމުންނެވެ.

ކޯރުތަކުގެ ފެންގަނޑު ތާރީހީ ރިކޯޑުތަކަށް އުފުލި، މުޅި ގައުމު ފެނުއަޑީގައި އޮތް އިރު، މުހިންމު ފާލަންތައް ބުރިވެގެން ވެއްޓި، އަދި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ހަލާކުވެފަ އެވެ.

ސްރީލަންކާ އަށް މިހާރު ކުރިމަތިލާންޖެހިފައިވާ އިންސާނީ ކާރިސާ ނުރައްކާ ދަރަޖަ އަކަށް މައްޗަށް ގޮސްފައިވާއިރު، ބައިނަލްއަޤްވާމީ އެހީތެރިކަން އެ ގައުމަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާ ގައި ތާށިވެފައި ތިބި 750 އިންޑިއާ ރައްޔިތުން، 'އޮޕަރޭޝަން ސާގަރު ބަންދޫ' ގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ އިން ގެންގޮސްފައިވާ ކަމަށް ކޮލަމްބޯގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވިކަން ކަށަވަރުވެފައިވާ ކަމަށާއި، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ކާރިސާ މެނޭޖްމަންޓް ސެންޓަރު (ޑީ.އެމް.ސީ) އިން އާދިއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ ޑިސްޓްރިކްޓަކީ ކެންޑީއެވެ. އެ ޑިސްޓްރިކްޓުން 88 މީހުން މަރުވެ، 150 މީހުން ގެއްލިފައިވާ ކަމަށް ރެކޯޑުކޮށްފައިވެއެވެ. މީގެ އިތުރުން ބަޑުއްލާ، ނުވަރާ އެލިޔާ އަދި މާތަލޭ އިންވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޑީ.އެމް.ސީ އިން ބުނި ގޮތުގައި، މި ކާރިސާގެ ސަބަބުން ގައުމުގެ 309,607 އާއިލާގެ 1,118,929 މީހުންނަށް އަސަރުކޮށްފައިވެއެވެ.

ފްލައިޓްތަކަށް ހުރަސްއެޅި، ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓް (ބީ.އައި.އޭ) ގައި އެތައް ދުވަހެއް ވަންދެން ތާށިވެފައި ތިބި ގާތްގަނޑަކަށް 400 އިންޑިއާ ރައްޔިތުން، އާދިއްތަ ދުވަހު އިންޑިއާ އަށް ރައްކާތެރިކަމާއެކު ފޮނުވާލާފައިވާ ކަމަށް އެއާޕޯޓްގެ އޮފިޝަލުން ބުނެފައިވެއެވެ. މީހުން ބަލައި އައި އިންޑިއާ ގެ ބޯޓު ފަހަރުގައި އެހީގެ ސާމާނު ގެނެސްފައިވެއެވެ.

ސައިކްލޯން ދިތުވާ ގެ ސަބަބުން ސްރީލަންކާ އަށް އެހީތެރިވުމަށް ޕާކިސްތާނުން ބޮޑު އިންސާނީ އެހީގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ކޮލަމްބޯގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން އާދިއްތަ ދުވަހު ބުނެފިއެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޕާކިސްތާނުގެ ސަރުކާރުން، ޕާކިސްތާނުގެ ސިފައިންނާއި ގައުމީ ކާރިސާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) މެދުވެރިކޮށް، ނޫރު ޚާން އެއާ ބޭސް އިން ކޮލަމްބޯ އަށް އިންސާނީ އެހީގެ ގިނަ ފްލައިޓްތަކެއް ވަނީ އިންތިޒާމްކޮށްފަ އެވެ. ޕާކިސްތާނުން ފީލްޑް ހޮސްޕިޓަލްތަކާއި، ގާތްގަނޑަކަށް 100 ޓަނުގެ ކުއްލި އެހީގެ ސާމާނު ގެންދާނެ އެވެ.

ސްރީލަންކާތޫފާން ޑިތުވާއިންސާނީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު