Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ މީޑިޔާތަކުގެ އަޑު މަޑުކުރެއްވުމަށްފަހު ރިޔާސީ ދައުރު ދިގުކުރެއްވުމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 5 ސެޕްޓެމްބަރު 2025 | ހުކުރު 13:54
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮށްފައިވާ މުޒާހަރާއެއް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮށްފައިވާ މުޒާހަރާއެއް

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅު އެޅުވުމަށްފަހު، "ރެފަރަންޑަމް ބިލު" އިސްލާހުކޮށް ރިޔާސީ ދައުރު ދައްމާލަން ކަމަށް ޝެއިޚް އިމްރާން ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރައީސް މުޙައްމަދު މުއިއްޒު އަމާޒު ހިއްޕަވާފައި އެހުރީ މީޑިޔާތަކުގައި ތަޅުއެޅުވުމަށްފަހު ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަށް ހުށައަޅުއްވައިގެން އުޅުއްވާ އިސްލާޙުގެ ނިވަލުގައި، ރިޔާސީ ދައުރު ދަންމާލުމަށެވެ. އަދި މި ނާތަހުޒީބު ޢަމަލުގެ ވާހަކަ މީޑިޔާ ތަކުން ދެއްކުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ޤުރުބާން ކޮށްލުން ކަމުގައެވެ.

ހިރިނުލެވޭވަރަށް މީޑިޔާތަކުގައި ތަޅުއެޅުވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އަސްލު މަގުސަދަކީ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަށް ހުށައަޅުއްވައިގެން އުޅުއްވާ އިސްލާޙުގެ ނިވަލުގައި ރިޔާސީ ދައުރު ދަންމާލުމަށް ހިންގަވާ ނާތަހުޒީބު ޢަމަލުގެ ވާހަކަ މީޑިޔާ ތަކުން ދެއްކުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށް ރައްޔިތުން ނިކަމެތިކޮށް އަމިއްލަ މަސްލަހަތާ ފައިދާ އަށް މުޅި ގައުމު ޤުރުބާން ކޮށްލުން
ކުރީގެ ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން އަބްދުﷲ

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، ކުރެއްވިހާ ގިނަ ވަޢުދުތައް ނުފުއްދަވާ، ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދެއްވާ، މިނެއް ނެތި ދޮގު ހައްދަވަމުން ރައީސް މުއިއްޒު އެއުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރުކަނޑުވާލުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މި ނާޒުކު ދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވަމުން، ޝެއިޚް އިމްރާން ގޮވާލެއްވީ ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދެއްވުމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ މުސްތަޤްބަލް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޝެއިޚް އިމްރާން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން "ރެފަރަންޑަމް ބިލު" މަޖިލީހަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން އާންމުންގެ ވޯޓަކަށް ދެވޭ ގޮތަށް އޮތް މި ބިލުގެ ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުންތައް ވަނީ ސިއްރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރާ މިބިލުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބު އެ ކޮމެޓީން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒުޝައިޚް އިލްޔާސް މިނިވަން މީޑިއާރެފަރަންޑަމް ބިލުރިޔާސީ ދައުރުއަދާލަތު ޕާޓީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު