Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ބައިނަލްއަގްވާމީ ޣައްޒާ ފޯސް މެންޑޭޓާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި

އެމެރިކާއިން ބުދަ ދުވަހުގެ ރޭ ދަންވަރު ކައުންސިލްގެ 15 މެމްބަރުންނަށް ރަސްމީކޮށް ގަރާރުގެ ޑްރާފްޓް ފޮނުވާފައިވާއިރު، އެ ލިޔުމަށް މިސްރާއި ގަތަރާއި ސައުދީ އަރަބިއްޔާއާއި ތުރުކީ އަދި ޔޫއޭއީގެ ސަރަހައްދީ ތާއީދު އޮތް ކަމަށް ބުނެފައިވެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2025 | ހުކުރު 07:45
ޣައްޒާ ސިޓީގެ އަލް ރިމާލް ނަމަކަށް ކިޔާ ސްކޫލަކަށް ބަދަލުވެފައިވާ ޣައްޒާ ރައްޔިތުންގެ ކޭމްޕް ކައިރީގައި ބައިސްކަލެއްގައި ދެ ކުއްޖަކު ދަނީ - 5 ނޮވެމްބަރު 2025

ޣައްޒާ ސިޓީގެ އަލް ރިމާލް ނަމަކަށް ކިޔާ ސްކޫލަކަށް ބަދަލުވެފައިވާ ޣައްޒާ ރައްޔިތުންގެ ކޭމްޕް ކައިރީގައި ބައިސްކަލެއްގައި ދެ ކުއްޖަކު ދަނީ - 5 ނޮވެމްބަރު 2025

ބައިނަލްއަގްވާމީ ޣައްޒާ ފޯސް (އައިއެސްއެފް) ގެ މެންޑޭޓާ ގުޅޭ ގޮތުން އދ ގެ ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އަލްއަރަބިއްޔާގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ސުލްހައިގެ ޕްލޭން އެންޑޯސްކޮށް، ޓްރާންސިޝަނަލް ގަވަރނަންސް ބޮޑީއަކާއި ބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްއަކަށް ދެ އަހަރުގެ މެންޑޭޓެއްގެ ހުއްދަ ދިނުމަށް އެމެރިކާއިން ޑްރާފްޓްކޮށްފައިވާ ގަރާރެއްގެ މަޝްވަރާތައް އދ ގެ ސަލާމަތީ މަޖިލީހުން ފަށާނެ އެވެ.

އެމެރިކާއިން ބުދަ ދުވަހުގެ ރޭ ދަންވަރު ކައުންސިލްގެ 15 މެމްބަރުންނަށް ރަސްމީކޮށް ގަރާރުގެ ޑްރާފްޓް ފޮނުވާފައިވާއިރު، އެ ލިޔުމަށް މިސްރާއި ގަތަރާއި ސައުދީ އަރަބިއްޔާއާއި ތުރުކީ އަދި ޔޫއޭއީގެ ތާއީދު އޮތް ކަމަށް ބުނެފައިވެ އެވެ.

ކައުންސިލްގެ ގަރާރެއް ފާސްކުރުމަށް މަދުވެގެން ނުވަ ވޯޓު ބޭނުންވެ އެވެ. އަދި ރަޝިޔާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް ނުވަތަ އެމެރިކާ އިން ވީޓޯގެ ބާރު ބޭނުންކޮށްގެން ނުވާނެ އެވެ. ޑްރާފްޓް ޓެކްސްޓަށް ވޯޓަށް އަހާލެވޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އަވަހަށް ހަރަކާތްތެރިވި ވަރަކަށް ރަނގަޅުވާނެ ކަމަށައި، ބަލަނީ ހަފްތާ ތެރޭގައިވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބައިނަލްއަގްވާމީ ބާރު "ވަރަށް އަވަހަށް" ޣައްޒާއަށް ފޮނުވާނެ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ފާހަގަކުރެއްވި ގޮތުގައި ސިފައިން ކޮންޓްރިބިއުޓް ކުރުމަށް ވޮލަންޓިއަރކޮށް މަސައްކަތްކުރާ ޤައުމުތަކަށް އެކަން ކުރެވޭނެ ގޮތް ހެދުމަށްޓަކައި އދ.ގެ މެންޑޭޓް ބޭނުންވެ އެވެ.

ރޮއިޓާސް އިން ބުނީ އެ ޑްރާފްޓް ގަރާރުގައި ބޯޑް އޮފް ޕީސްގެ ޓްރާންސިޝަނަލް ގަވަރނަންސް އެޑްމިނިސްޓްރޭޝަނަކަށް ޣައްޒާގައި ވަގުތީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއެއް އުފެއްދުމުގެ ހުއްދަ ލިބިގެންދާނެ އެވެ.

އާންމުންނާއި އިންސާނީ އެހީގެ އޮޕަރޭޝަންތައް ހިމާޔަތްކުރުމާއި، އިސްރާއީލާއި މިޞްރާއި ބޯޑަރު ސަރަހައްދުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، “އަލަށް ތަމްރީނުކޮށްފައިވާ ފަލަސްތީނުގެ ފުލުހުންގެ ބާރެއް” އައިއެސްއެފްއަށް ލިބިގެންދާނެއެވެ.

އައިއެސްއެފް އިން ޣައްޒާގެ ސަލާމަތީ ކަންކަން ހަމައަކަށް އަޅުވާ، އަސްކަރީ، ޓެރަރިޒަމް އަލުން އިއާދަވުން ހުއްޓުވައި، ދައުލަތް ނޫން ހަތިޔާރު އެޅި ޖަމާއަތްތަކުން ހަތިޔާރު ދާއިމީކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތް ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވީ އދ ގެ ގަރާރުގެ ޑްރާފްޓުގައި ހަމާސްގެ ހަތިޔާރު ނައްތާލުމުގެ ބާރު އައިއެސްއެފްއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެމެރިކާއިން އަދިވެސް އުންމީދު ކުރަނީ ހަމާސްއިން ހަތިޔާރު ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ހަމާސްއިން ޣައްޒާގައ ހަތިޔާރު ނައްތާލައި އަސްކަރިއްޔާ ނައްތާލުމަށް އެއްބަސްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.

އެމެރިކާގެ އިސް އޮފިޝަލް ވިދާޅުވީ އައިއެސްއެފްގައި ގާތްގަނޑަކަށް 20،000 ސިފައިންނަށް ހިމެނޭނެ އެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވަން ނިންމިއިރު، އިންޑޮނޭޝިއާ، ޔޫއޭއީ، މިސްރު، ގަތަރު، ތުރުކީ އަދި އަޒަރުބައިޖާންއާ ވެސް ޙިއްޞާ ކުރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އައިއެސްއެފްއަށް ސިފައިން ކޮންޓްރިބިއުޓް ކުރަން ވަކި ގައުމަކުން އިސްރާއީލުން ބާތިލްކޮށްފައިވާ ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެމެރިކާގެ ސުލްހައިގެ ޕްލޭންގެ ދަށުން ޣައްޒާގައި ތިބި ތުރުކީގެ ހަތިޔާރު އެޅި ސިފައިން ބަލައިނުގަންނާނެ ކަމަށް އިޒްރޭލުން ވަނީ މިދިޔަ މަހު ބުނެފަ އެވެ.

އިސްރާއީލާއި ހަމާސް އިން މީގެ މަހެއްހާ ދުވަސް ކުރިން އެއްބަސްވީ ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ މަރުހަލާ އާއި ދެ އަހަރުގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނު ދޫކޮށްލުމުގެ އެއްބަސްވުމަށެވެ. އެ 20 ނުކުތާގެ ޕްލޭން ވަނީ ސެކިއުރިޓީ ކައުންސިލްގެ ރެސިލިއުޝަންގައި ވެސް ހިމަނާފަ އެވެ.

ޣައްޒާއދ. ގެ ސެކިއުރިޓީ ކައުންސިލްޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު