Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީޑިއާ ކޮންޓްރޯލް ބިލު

މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފި ނަމަ ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ސޯޝަލް މީޑިއާތައް ބޭން ކުރެވޭނެ!

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްވުމުން ސަރުކާރަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ބާރު ލިބިގެންދާނެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 13:42
ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ފާސްކޮށްފި ނަމަ އެ ބިލުގެ 60 ވަނަ މާއްދައިގެ ދަށުން ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ސޯޝަލް މީޑިއާތައްވެސް ބޭން ކުރެވޭނެ އެވެ.

ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ރާއްޖެއެމްވީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރާ ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި އަދި އެބޭފުޅުންގެ ވިސްނުމުގައި ހުރިގޮތް އެނޫން ގޮތަކަށް ފުރޮޅާލުމަށްޓަކައި އަތޮޅުތެރެއަށް ވަފްދުތައް ފޮނުވައިގެން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.

Advertisement - newsAdvertisement
މި ބޭފުޅުންގެ މައިގަނޑު އެއް ނަގްސަދަކަށް މިއޮތި އިލެކްޓްރޯނިކް މީޑިއާގެ ތެރޭގަ ފޭސްބުކްއާ މި ބާވަތުގެ ދިވެހި ރައްޔިތުން ފޯނުގެ ޒަރިއްޔާއިން މި ބޭނުންކުރާ މުއާމަލާތްތައް މީގެ ތެރެއަށް ނުވަންނާނެ ކަމަށް ބުނެ އެކަން ރައްޔިތުންނަށް ވިސްނަދިނުމަށްޓަކައި އެ މަސައްކަތް ކުރައްވަނީ
ނިޝާން

ނިޝަން ވިދާޅުވީ އެބޭފުޅުން އެގޮތައް ވަކާލާތު ކުރި ކަމުގައި ވިޔަސް ގާނޫނުގަ ނުވަތަ އެ ބިލުގައި ބުނެފައި އޮތް މަފްހޫމަށް ރިއާޔަތް ކުރަން ޖެހޭކަމަށެވެ. އެގޮތުން އެބިލުގައިވާ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މި ޤާނޫނުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށްވެސް، އެ މީޑިއާގުޅޭ ނިސްބަތަކަށް ހިނގާނެއެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެއެވެ."

ނިޝާން ވިދާޅުވީ 60 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އިންޓަނެޓުގެ ޒަރިއްޔާއިން ބޭނުންކުރާ ބޭނުންކުރުންތައް މީގެ ތެރެއަށް ވަންނަ ކަމަށް ބަޔާން ކުރާ ކަމަށެވެ. އަދި މި ގާނޫނުގައި އިންޓާނެޓުގެ ޒަރިއްޔާއިގަ ބޭނުންކުރާ މައުލޫމާތު ތަކަކީ ނުވަތަ މުއާމަލާތްތަކަކީ ކޮބައިކަން އެ ގާނޫނުގެ 80 ވަނަ މާއްދާގައި މާނަ ކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެ ބިލުގައިވާ 80 ވަނަ މާއްދާގެ ބ ގައި ބުނެފައިވަނީ "އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ އޯޑިއޯ، ވީޑިއޯ، ޓޭޕާއި ޑިޖިޓަލް ސްޓޯރޭޖް މީޑީއާއާއި އިންޓަނެޓަށެވެ." މި މާއްދާގައި ފާހަގަ ކޮށްފައިވާ ކަންކަން އިތުރަށް ތިލަކޮށްދެއްވައި ނިޝާން ވިދާޅުވީ، އިންޓާނެޓުގެ ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަކީ އާންމުކޮށް މީހުން ބޭނުންކުރާ ފޭސްބުކް އާއި ޓުވިޓާ އަދި ޓެލެގްރާމް ފަދަ އާންމު ޒަރިއްޔާތައް ކަމަށެވެ.

ޖުމްލަ ގޮތެއްގައި 60 ވަނަ މާއްދާ އާއި 80 ވަނަ މާއްދާގެ ބ ގައި ވާ ކަންކަމަށް ބަލާއިރު މި ގާނޫނުގައި ނޫސްތަކާއި ބެހޭގޮތުން ނުވަތަަ މީޑިއާތަކާއި ބެހޭގޮތުން އައިސްފައިވާ ހުރިހާ ކަންތައްތަކެއް ސޯޝަލް މީޑިއާގައި ނުވަތަ އިންޓަނެޓުގެ ޒަރިއްޔާއިން ބޭނުންކުރާ ބޭނުން ކުރުންތަކުގެ މައްޗަށް ގާނޫނު ބަޔާންކުރާ ހުރިހާ ކަމެއް އެމީހުންގެ މައްޗަށް ތަންފީޒު ކުރެވޭނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

މީޑިއާ ކޮންޓްރޯލް ބިލުސޯޝަލް މީޑިއާމުހައްމަދު ނިޝާން އިބްރާހިމްރާއްޖެ އެމްވީއަތޮޅުތެރެސަރުކާރު-މީޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
މި ސަރުކާރަށްވި 713 ދުވަސް ތެރޭގައި ގޯއްޗާއި ފްލެޓު މައްސަލާގައި 492 ފަހަރަށް ރައްޔިތުން އެއްވުންތައް ބާއްވައިފި

މި ސަރުކާރަށްވި 713 ދުވަސް ތެރޭގައި ގޯއްޗާއި ފްލެޓު މައްސަލާގައި 492 ފަހަރަށް ރައްޔިތުން އެއްވުންތައް ބާއްވައިފި

01 ނޮވެމްބަރު 2025
މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި: ނިޝާން

މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި: ނިޝާން

27 އޮކްޓޯބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު