Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޝިޕްމަންޓް ބަނދަރު މަޝްރޫއު

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސް އަންގަވައިފި

އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓު ބަނދަރު ކުރާ ގުދުރަތީ ބަނދަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 09:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ސަރުކާރުގެ ގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

ރައީސް އެގޮތަށް އަންގަވާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމު ކުރެވެންދެން، އެސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކުން މިވަގުތު ވެސް އިޤްތިޞާދީ ނަފާ ރާއްޖެއަށް ލިބިދާނެ ހުށަހެޅުންތަކަކާއެކު، ރައީސަށް ޤަރާރެއް ހުށައަޅާފައިވާތީއެވެ.

Advertisement - newsAdvertisement

މި ޤަރާރަކީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހއ. ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރެކެވެ. ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ކައުންސިލު މެމްބަރުން ހިމެނޭ ގޮތަށް މި ޤަރާރުގައި 17 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ.

ޤަރާރުގައި މައިގަނޑު ގޮތެއްގައި ވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެސަރަޙައްދުގެ އިޤްތިޞާދީ ނަފާ ހޯދުމަށްޓަކައި މިވަގުތަށް ބޭނުންވާ 3 ކަމެއް ފެށޭނެ މަގުފަހިކޮށްދެއްވުމަށް އެދިލައްވާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުން ފާހަގަކޮށްފައިވާ ޚިދުމަތްތައް ދިނުން މުހިއްމުކަމަށް ފެންނަކަމަށް ރައީސް އޮފީހުން ދެކެއެވެ. ވުމާއެކު، އެކަންކަން ތަންފީޒު ކުރުމަށް ޤަރާރުގައި ހުށައަޅާފައިވާ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސް ނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް އަންގަވާފައެވެ.

ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ޑިފެންސް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެކަންކަން ކުރިއަށް ގެންދިއުމަށް ބުދަ ދުވަހު އެމިނިސްޓްރީއަށް އަންގަވާފައެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތްދީގެން ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމުގެ ވާހަކައަކީ ޒަމާނުންސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް، މިއަދާއި ހަމައަށް އައިއިރު އެކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެވިފައިނުވާއިރު، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެ 3 ޙަރަކާތް އެ ސަރަޙައްދުގައި ފެށޭނެ މަގުފަހިކޮށްދެއްވުމަށް ޤަރާރުގައި މެމްބަރުން ވަނީ އެދިލައްވާފައެވެ.

އެ ކަންކަން ފެށުމާއެކު އެ ސަރަޙައްދުގައި ޓްރާންސިޕްމަންޓް ބަނދަރެއް ހެދުމަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކަމަށް އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށް ކައުންސިލުން ދެކެއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުހއ. ހޯރަފުށިހއ.ތުރާކުނުހއ.އުލިގަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

02 ސެޕްޓެމްބަރު 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު