Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ އަތޮޅުގައި މަޝްރޫއުތަކެއް ހިންގުން

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ކެލާ، ތުރާކުނު، ދިއްދޫ އަދި އުލިގަމުގައި މަޝްރޫއުތައް ހިންގުމަށް ވަނީ ހަވާލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 13:39
އެމްޓީސީސީއާ ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އެމްޓީސީސީއާ ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައެވެ.

Advertisement - newsAdvertisement

މިމަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު، ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، 16,632 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 57,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 36 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 309 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮއްޓެއް ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 16.91 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމުމަށް މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 10,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 46,181 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއ،ި 21,708 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 238 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 180 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 300 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 183 މީޓަރުގެ ސަރަހައްދެއްގައި ވެލިފުރާފައިވާ އައުޓަރ ބޭރުތޮއްޓެއް ލުމާއ،ި 162 މީޓަރުގެ ސަރަހައްދެއްގައި ވެލިފުރާފައިވާ އިނަރ ބޭރުތޮއްޓެއް ލުމާއ،ި 238 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއ،ި 2200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއ 390 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 73.88 މިލިއަން ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 8.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 1215 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 152.04 މިލިއަން ރުފިޔާއަށް، 630 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 26 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 83.07 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

އެމްޓީސީސީހއ. ކެލާހއ.އުލިގަމްހއ.ތުރާކުނުހއ.ދިއްދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު