Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތުރާކުނު ޕޮލިސް ޑެސްކް ހުޅުވުން

ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި

4 ނޮވެމްބަރު 2021 | ބުރާސްފަތި 19:24

ޕޮލިސް ޑެސްކް ގާއިމުކުރަނީ ކުށް އުފެދިގެންނެއް ނޫން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 19:24
ތުރާކުނު ޕްލިސް ޑެސްކް ރަސްމީކޮށް ހުޅުވުން

ތުރާކުނު ޕްލިސް ޑެސްކް ރަސްމީކޮށް ހުޅުވުން

ހއ. ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ޑެސްކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ, މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި, މިހާރު އެ ޚިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވައްޓެރި ފުލުހުންގެ ނުވަތަ ނެއިބަރހުޑް ޕޮލިސް ޚިދުމަތްކަމަށެވެ.

އަދި އެޚިދުމަތް ގާއިމުކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި, ކުުށާ ހަމައަށް ދިއުމުގެ ކުރިން, ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ, ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އަމަލުކުރަމުންދާއިރު، ފުލުހުންގެ މަސައްކަތްތައް އިންތިޒާމުވެފައިވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށެވެ.

އަދި ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫނުން ބާރުއަޅާފައިވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ, ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ, ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް އެ ޚިދުމަތް ބަދަކުރަމުން ގެންދިއުމަށްކަމަށެވެ. މިއަދު ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެންދާކަމީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ޚިދުމަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މިއަދުން ފެށިގެން, ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ޚިދުމަތަށް ނިމުން އައިސް, ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ކައިރިންކަމަށް ޕޮލިސް ކޮމިޝަނަރ ޙަމީދު ވިދާޅުވި އެވެ.

އަދި ޕޮލިސް ޑެސްކެއް ގާއިމުވެގެން ދިއުމާއެކު, މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ޕެންޑަމިކް ފަދަ ކަމެއް މެދުވެރިވާ ހާލަތެއްގައި, ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކުރުުމުން ފެށިގެން, ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވެ އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމުވެފައިވާ ފުލުހުން ޓީމުތަކާއެކު މަސައްކަތްކުރުމާއި, ރައްޔިތުންނާއެކު ގާއިމުކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދާއި އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ޝިހާމްއާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސްއާއި ތުރާކުނު ކައުންސިލްގެ ރައީސްއާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންގެ އިތުރުން, ތުރާކުނު ރައްޔިތުންނާއި ފުލުހުން ބައިވެރިވިއެވެ.

ހއ.ތުރާކުނު

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

02 ސެޕްޓެމްބަރު 2025
ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް
19 ޖުލައި 2023

ތުރާކުނަށް ރައީސް ވެދެއްވީ ބަނދަރު ބޮޑުކުރުމާއި، ތަރައްޤީގެ މުހިންމު ވައުދުފުޅުތަކެއް

19 ޖުލައި 2023
ތުރާކުނަށް ރައީސް ވެދެއްވީ ބަނދަރު ބޮޑުކުރުމާއި، ތަރައްޤީގެ މުހިންމު ވައުދުފުޅުތަކެއް
19 ޖުލައި 2023

ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް، ރައީސް ހުޅުއްވައިދެއްވައިފި

19 ޖުލައި 2023
ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް، ރައީސް ހުޅުއްވައިދެއްވައިފި
17 ޖުލައި 2023

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

17 ޖުލައި 2023
ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
28 ޖޫން 2022

ދާއިރާގެ މެމްބަރާމެދު ދޮގު އިލްޒާމުތައް ނުފެތުރުމަށް ތުރާކުނު ކައުންސިލުން އެދިއްޖެ

28 ޖޫން 2022
ދާއިރާގެ މެމްބަރާމެދު ދޮގު އިލްޒާމުތައް ނުފެތުރުމަށް ތުރާކުނު ކައުންސިލުން އެދިއްޖެ
09 މާރިޗު 2022

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި

09 މާރިޗު 2022
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި
09 މާރިޗު 2022

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސް އަންގަވައިފި

09 މާރިޗު 2022
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސް އަންގަވައިފި
02 ޖެނުއަރީ 2022

އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުން ރާއްޖެއަށް އިގްތިސާދީ މަންފާ ހޯދުމުގެ ހުށަހެޅުންތަކާއެކު، ރައީސަށް ގަރާރެއް

02 ޖެނުއަރީ 2022
އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުން ރާއްޖެއަށް އިގްތިސާދީ މަންފާ ހޯދުމުގެ ހުށަހެޅުންތަކާއެކު، ރައީސަށް ގަރާރެއް
20 ނޮވެމްބަރު 2021

ތުރާކުނުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

20 ނޮވެމްބަރު 2021
ތުރާކުނުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް