Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރު ސަލީމަށް ކޮށްފައިވާ ތުހުމަތު

ދާއިރާގެ މެމްބަރާމެދު ދޮގު އިލްޒާމުތައް ނުފެތުރުމަށް ތުރާކުނު ކައުންސިލުން އެދިއްޖެ

އެއީ އަސްލެއް އަދި އަސާސެއް ނެތް އިލްޒާމުތަކެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޖޫން 2022 | އަންގާރަ 06:56
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ސަލީމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ހިމެނޭ ހއ. ތުރާކުނު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ.

ތުރާކުނު ކައުންސިލުގެ 5 މެމްބަރުން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ރައްދުވާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްމަޖައްލާތަކުން ފަތުރަމުންދަނީ އެއްވެސް އަސްލެއް އަދި ޙަޤީޤަތެއް ނެތް އިލްޒާމުތަކެއް ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

އެފަދަ ބޮޑެތި އިލްޒާމުތައް އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެ ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އެޅުވުމަކީ ތުރާކުނު ކައުންސިލާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، އެ ޚަބަރަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާއި ޚިލާފަށް ހިންގާފައިވާ މުޖުތަމައު ފަސާދަ ކުރުމުގެ އަމަލެއްކަމަށް ކައުންސިލުން ދެކޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތަށް އެކަން ނުކުރުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

އެކަން ތަޙުޤީޤުކޮށް ވީ އެންމެ އަވަހަށް ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދިނުމަށް ތުރާކުނު ކައުންސިލުން ވަނީ އެދިފައެވެ.

މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރިކުރާކަމަށް ހޯރަފުށީ ކައުންސިލު އިދާރާއިންވެސް ވަނީ ބުނެފައެވެ. އެގޮތުން ހޯރަފުށީ ކައުންސިލުން ވަނީ މެމްބަރު ސަލީމަކީ ރައްޔިތުންނަށް މުހިއްމު ބިލުތަކާއި ޤަރާރުތައް ހުށައަޅުއްވާ، އަދި ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ވަކާލާތު ކުރައްވާ މެމްބަރެއްކަމަށްވެސް ބުނެފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރުގެ ނަފްސުގެ ޙުރުމަތް ނެތިކޮށްލުމަށް އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައުލޫމާތުތަކެއް ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ކައުންސިލުން ބުނެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްހއ.ތުރާކުނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

02 ސެޕްޓެމްބަރު 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު

އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު