Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ

2 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:36

ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވަނީ ޕީއެސްޖީއިން އާދަޔާ ހިލާފަށް ގިނައިން ޚަރަދު ކުރާ ކަމަށް ބުނެ ޔުއެފާއަށް މައްސަލަ ހުށަހަޅާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:36
ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާ

ފްރާންސްގެ ޕީއެސްޖީއިން ޓްރާންސްފާ ބާޒާރުގައި ފުރިހަމަ ކުރި ޓްރާންސްފާތައް ތަހުގީގު ކުރުމަށް ޔުއެފާއިން ނިންމައިފިއެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓު ކުރާގޮތުގައި އެގައުމުގެ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވަނީ ޕީއެސްޖީއިން އާދަޔާ ހިލާފަށް ގިނައިން ޚަރަދު ކުރާކަމަށް ބުނެ ޔުއެފާއަށް މައްސަލަ ހުށަހަޅާފައެވެ.

ޕީއެސްޖީއިން ވަނީ މި ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރިކޯޑު މުގުރާލާފައެވެ. އެގޮތުން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ ޕީއެސްޖީއާ ގުޅިފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. ހަމަ އެހެންމެ ޕީއެސްޖީއިން ވަނީ މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ ސޮއި ވެސް ހޯދާފައެވެ. އޭނާ ޕީއެސްޖީއާ ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމުގައި ވިޔަސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޕީއެސްޖީއިން މޮނާކޯއަށް 180 މިލިއަން ޔޫރޯ ދައްކާނެއެވެ.

ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދުގައި ވާގޮތުން ކްލަބުތަކުން ޚަރަދު ކުރާ ފައިސާގެ އަދަދު އެ ކްލަބަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރު ވެއްޖެ ނަމަ އެ ކްލަބަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައި ވަނީ ޕީއެސްޖީއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއްގެ ސަބަބުން އެ ކްލަބުގެ ޓްރާންސްފާތައް ތަހުގީގު ކުރުމަށް ޔުއެފާގެ ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީ އިން ފަށާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް މަސްތަކުގައި ޕީއެސްޖީގެ މެނޭޖްމަންޓާއި ބައްދަލުކޮށް އެ ކްލަބުގެ ހިސާބުކިތާބުތައް ވަރަށް ތަފްސީލުކޮށް އޮޑިޓް ކުރާނެ ކަމަށާއި އެ ކްލަބުން ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދުތަކާ ހިލާފްވެފައި ވާނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ. ޕީއެސްޖީއާ ދެކޮޅަށް ތަހުގީގު ފަށާފައިވާއިރު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ކްލަބް ވާދަކުރާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
18 އެޕްރީލު 2017

ހަ މަސް ދުވަހުގެ މާސްޓާ ޕްލޭނަކާއެކު ވޮލީ ރީފޯމް ކުރަނީ

18 އެޕްރީލު 2017
ހަ މަސް ދުވަހުގެ މާސްޓާ ޕްލޭނަކާއެކު ވޮލީ ރީފޯމް ކުރަނީ
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
06 އެޕްރީލު 2017

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް