Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

ހަ މަސް ދުވަހުގެ މާސްޓާ ޕްލޭނަކާއެކު ވޮލީ ރީފޯމް ކުރަނީ

18 އެޕްރީލު 2017 | އަންގާރަ 14:26

ރީފޯމް ކޮމިޓީގައި ތިބޭނީ ހަތް މެމްބަރުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 އެޕްރީލު 2017 | އަންގާރަ 14:26
އަންގާރަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ވީއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އަންގާރަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ވީއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިނިވަން އިންސާފުވެރި ކޮމެޓީއެއް އެކުލަވާލައި ހަ މަސް ދުވަހުގެ ޕްލޭނަކާއެކު ވޮލީގައި މިވަގުތު ހުރި ދަތިތައް ރީފޯމް ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ވޮލީގެ އާއިލާތަކާ ހަމައަށް ރަނގަޅު ގޮތުގައި ވޮލީ ރައްދުކުރުމަށްޓަކައި ރީފޯމް އެޖެންޑާ އަކާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ރީފޯމް ކޮމިޓީއެއް އެކުލަވާލައި އެކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އެގޮތުން މި ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ކުޅިވަރާބެހޭ މިނިސްޓްރީގެ މެމްބަރެއްގެ އިތުރުން ވީއޭއެމްގެ އެކްސްކޯގެ މެމްބަރަކާއި ވޮލީ ސީނިއާ ކޯޗަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސެއްގެ އިތުރުން ކުރީގެ ވޮލީ ކުޅުންތެރިޔެއް އަދި ގާނޫނީ ވަކީލެކެވެ.

ލަތީފް ވިދާޅުވީ މި މަސައްކަތް ކުރިއަށްދާނީ އެފްއައިވީބީ، އޭވީސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް ބެލުމަށްފަހު އެއަށް ފުށު ނާރާ ގޮތަށް ރީފޯމް އެޖެންޑާ އަށް އިސްލާހުތައް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވިގެންދިޔައީ ވޮލީގެ އިންތިހާބެއްގައި ވޯޓުލެވޭ ކްލަބުތަކުގެ ސައްހަކަމާ މެދު އެވެ. އެގޮތުން ގިނަ މުބާރާތްތަކެއްގައި ވާދަކުރާ އަބަދުވެސް އެކްޓިވް ކްލަބުތަކަށް ވޯޓްލެވޭ ގޮތް ހެދުމަށް ރީފޯމް އެޖެންޑާއަށް ހުށަހަޅުއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މިކޮމިޓީގެ މަސައްކަތްތައް ފެށިގެންދާއިރު، ވޮލީ އެސޯސިއޭޝަނުން ތަފާތު ހިޔާލުތައް ހުށަހަޅާނެ ކަމަށާއި އަދި އިސްލާހީ މަސައްކަތްތައް އެއްކޮށް ނިމިގެންދާއިރު ވޮލީއަށް ގެންނަންޖެހޭ ފުރިހަމަ ބަދަލުތައް ގެނެވިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް