Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރު މަސްވެރިކަން

މިޔަރު ބާނަން ހުއްދަދޭން މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ

ރައީސް މުޢިއްޒު ވަނީ ނޮވެމްބަރު މަހު 1 ވަނަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަަށް ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވެފައި

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 11:42
ކަށި މިޔަރު

ކަށި މިޔަރު

ކަށި މިޔަރު ބާނަން ހުއްދަދޭން ރައީސް މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ އެވެ.

ސަރުކާރުން ކަށި މިޔަރު ބާނަން ހުއްދަ ކުރަން ނިންމި އިރު ރާއްޖެ އަކީ މިޔަރުގެ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާ ކޮށްފައި އޮތް ގައުމެކެވެ. އެހެން ނަމަވެސް މިޔަރުގެ މަސްވެރިިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވުމާ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ލިބިފައި އޮތް ދުނިޔޭގެ އެންމެ ބޮޑު އެއް "ޝާކް ސެންކްޗުއަރީ" ގެ ލަގަބު ރާއްޖެ އަށް ގެއްލިގެން ދާނެ ކަމުގެ ކަންބޮޑުވުން މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފާޅު ކޮށްފައެވެ.

Advertisement - newsAdvertisement

މިޔަރު ނުބާނާ ގައުމެއްގެ ގޮތުގައި ރާއްޖެ އިން ނިންމި ހިސާބުން ގާތްގަނޑަށް 90،000 އަކަ ކިލޯމީޓަރުގެ ސެންކްޗުއަރީ އެއް ރާއްޖޭގައި އޮތީ ގާއިމުވެފައެވެ.

"މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމުން ދުނިޔޭގައި މިޔަރަށް ހިމާޔަތް ލިބިދޭ ރައްކައުތެރި ސަރަޙައްދެއްގެ ގޮތުގައި ރާއްޖެ އަށް ލިބިފައިވާ ރީތި ނަން ގެއްލިގެންދާނެ،" ކަމަށް ޝާކް ގާޑިއަންގެ ބާނީ ބްރެންޑަން ސިންގ ވިދާޅުވި ކަމަށް އޭއެފްޕީ އިން ރިޕޯޓުު ކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ސިޓީގެ ރައްޔިތުންނަކީ ކުރީގެ ޒަމާނެއްގައި ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި، އެކަމުން ވަރަށް ބޮޑު އާމްދަނީ އެއް ލިބިގެން ދިޔަކަމަށެވެ. އެހެން ކަމުން ނޮވެމްބަރު 1 ން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރުން ހުޅުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ސިޓީގެ ރައްޔިތުންނަކީ ޚާއްޞަކޮށް، މީގެ ކުރީގެ ދުވަސްތަކެއްގައި، ކުރީގެ ޒަމާނެއްގައި، ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމްދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް، ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއި، އަދި ބައެއް އެހެން ކަންކަމާހެދި އެކަންވަނީ ހުއްޓިފައި. އަޅުގަނޑުމެން މިހާރު، ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާ ވާހަކަ ދައްކައި، އަދި ގަވާއިދުތަކާ އެއްޗެހި ބަލައި، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން، އަދި ކުރަމުން މިދަނީ. މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. އެހެންވީމާ، މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން.
ރައީސް މުއިއްޒު

އޮޑި ދޯނިފަހަރުގައި ލުމަށް ބޭނުން ކުރާ ތެޔޮ އުފެއްދުމަށް ގިނަ އަދަދަކަށް ރާއްޖޭ ގައި ކުރިން ބާނަމުން އައި ކަށި މިޔަރު - ނުވަތަ އިނގިރޭސި ބަހުން ކިޔާ ގަލްޕާ ޝާކް އަކީ ޑޯގްފިޝްގެ ބާވަތެކެވެ.

މިއީ އެވްރެޖްކޮށް 90 ސެންޓިމީޓަރު (3 ފޫޓު) ދިގުމިނުގައި ހުންނަ، އަދި ދުނިޔޭގެ ހޫނު އަދި ހޫނު މިން މެދުމިނުގައި ހުންނަ ކަނޑުތަކުގައި 100-1500 މީޓަރުގެ ފުންމިނުގައި ދިރިއުޅޭ މަހެކެވެ.

މިއީ ރާއްޖޭ ގައި އާންމު ބާވަތެއް ނަމަވެސް، އައި.ޔޫ.ސީ.އެން ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީޒްގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ކަށި މިޔަރަށް ނުރައްކާ ބޮޑުވީ މައިގަނޑު ގޮތެއްގައި މި ބާވަތުގެ މިޔަރުގެ މަސްވެރިކަމުގެ ސަބަބުންނެވެ.

މިޔަރުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން، މި ބާވަތުގެ މިޔަރު ހެދި ބޮޑުވަނީ ވަރަށް ލަހުންނެވެ. އަދި އާލާވުމަށްވެސް ދިގުު މުއްދަތެއް ނަގައެވެ. ބައެއް ދިރާސާތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މިޔަރުގެ ބާވަތްތަކުގެ ތެރެއިން ދަރިމައި ވުމުގެ ރޭޓް އެންމެ ދަށް ބާވަތަކީ ކަށި މިޔަރު ކަމުގައި ބެލެވެއެވެ.

މި ބާވަތުގެ މިޔަރު ދަރިމައި ވަނީ އެންމެ މަދު ވެގެން ވެސް 12 އަހަރު ފުރުމުންނެވެ. އަދި ވިހާ އިރު ވިހަނީ އެންމެ މިޔަރެކެވެ. ވިހެއުމަށް ފަހު އަނެއް ފަހަރު ވިހެއުމާ ދޭތެރޭ މަދުވެގެން 2 އަހަރު ދުވަސް ހޭދަވެއެވެ.

ދިވެހިރާއްޖޭ ގައި 1998 އިން ފެށިގެން މިޔަރުގެ މަސްވެރިކަމާ ގުޅޭ ހަރުދަނާ ޤަވާއިދުތަކެއް ހެދި، 2010 ގައި މިޔަރުގެ މަސްވެރިކަން މުޅިން މަނާ ކުރެވުނެވެ.

2021 ގައި އަލުން މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން އުޅޭ ވާހަކަތަކެއް ދެކެވެން ފެށުމާއެކު، އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެކަން ދޮގު ކުރެއްވިއެވެ. އެހެން ނަމަވެސް އެފަދަ ވާހަކަތަކެއް ފެންމަތިވި ހިސާބުން، ބައިނަލްއަގްވާމީ ފެންވަރުގައި އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ އިހުތިޖާޖު ކޮށްފައިވެއެވެ.

އެ ގޮތުން މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ ސްކޫބާ ޑައިވަރުން ދިވެހިރާއްޖެ ބޮއިކޮޓް ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

މިޔަރުގެ މަސްވެރި ކަމަށް ހުޅުވާލައިފި ނަމަ ޑައިވަރުން ވަނީ ކުރިއަށް އޮތްތަނުގައި ޗުއްޓީ އަށް ދިވެހިރާއްޖެ އަށް ނާންނާނެ ކަމަށާއި، މި ނިންމުން ބަދަލު ނުކުރާ ނަމަ ރޭވިފައިވާ ދަތުރުތައް ކެންސަލް ކުރާނެ ކަމަށް ބުނެ ފޭސް ބުކް ގައި ލިޔެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ދަތުރުތައް ކެންސްލް ކުރާނެ ކަމަށް ބުނެ މަޓީ އަށާއި، އެމްއެމްޕީއާރުސީ އަށާއި، މިނިސްޓްރީ އޮފް ފިޝަރީޒް އަށް ސީދާ ލިޔެ، އެފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން ޗޭންޖް.އޯގް ގައި ހުޅުވާލި ޕެޓިޝަނެއް ގައި އެތައް ހާސް މީހުން ސޮއިކުރި ކަން ވެސް ފާހަގަ ކުރެވެއެވެ.

މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ކަށި މިޔަރުގެ މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކުން، އަލުން އެކަން ކުރުމުގެ ފުރުޞަތު 1 ނޮވެންބަރުން ފެށިގެން ލިބިގެންދާނެ އަތީ، އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް ގޮވާލައްވާފައިވެއެވެ.

އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެވުނީ. އިރާދަކުރެއްވިއްޔާ މިގޮތަށް މިކަން ދާނެ. ގަވާއިދުތަކާއި، ޕްލޭންތަކާއި، ހުރިހާ ކަމެއްގައި ސަރުކާރުން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މި ކުރަނީ. އެހެންވީމާ، އެ ތާރީޚުގައި އެ މަސްވެރިކަން ފެށުމަކީ، މިހާރު ތިޔަބޭފުޅުންނަށް ކުރެއްވޭނެ ކަމެއް. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެކަން ކުރެވޭނެ.
ރައީސް މުއިއްޒު

މުއިއްޒުގެ ކުއްލި މި ނިންމެވުން ދުނިޔޭގެ އެކި އެކި މީޑިއާ ތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ.

އެތައް އަހަރެއް ވަންދެން މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލަން މުއިއްޒު ނިންމެވިއިރު، މި ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަންނަ އީއައިއޭ ރިޕޯޓު ހެދުން ލުއިކުރުމުގެ ގޮތުން އީއައިއޭ ހެދުމުގެ ގަވައިދު ބަދަލު ކޮށްފައެވެ. އީއައިއޭގެ ތައްޔާރު ކުރުމުގެ މަސައްކަތްތައް ފަސޭހަ ކުރީ ފަރުތަކާއި ފަޅުތައް ހިއްކުން އަވަސް ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުއިއްޒު ގެ ސަރުކާރު ފެށުނު އިރު ވަކި މިނިސްޓްރީ އެއްގެ ގޮތުގައި ހިނގަމުން އައި އެންވަޔަރަންމަންޓް މިނިސްޓްރީ އުވާލުމަށް ފަހު އެ މިނިސްޓްރީ އިން ކުރަމުން އައި މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީ އާ ވަނީ އެއްކޮށްލާފައެވެ. މުއިއްޒުގެ ސަރުކާރު ފެށުނު އިރު އެންވަޔަރަންމަންޓް މިނިސްޓްރީ ހިނގަމުން އައި އިމާރާތްވެސް ވަނީ ރޯވެ އަނދާ ހުލިވެފައެވެ.

ރައީސް މުއިއްޒުމިޔަރު މަސްވެރިކަންކުޅުދުއްފުށިބްރެންޑަން ސިންގޝާކް ގާޑިއަންމިޔަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު