Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީލް އަހުމަދުގެ މަރު

އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހަދަން ނިންމައި، އަންނަ މަހު 2 ގައި އަދީލްގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

30 އޯގަސްޓު 2025 | ހޮނިހިރު 07:09

ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު އަދީލްގެ ހަށިގަނޑު ރާއްޖެއަށް ގެނެސް އާއިލާއާ ހަވާލު ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2025 | ހޮނިހިރު 07:09
ކ.ގުރައިދޫއަށް އުފަން އަދީލް އަހުމަދު، އޭނާ މަރުވި ކަމަށް އާއިލާއަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު

ކ.ގުރައިދޫއަށް އުފަން އަދީލް އަހުމަދު، އޭނާ މަރުވި ކަމަށް އާއިލާއަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު

ރިސޯޓެއްގައި މަރުވި އަދީލް އަހުމަދުގެ އޮޓޮޕްސީ ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ރާއްޖެއެމްވީއަށް، އަދީލްގެ މަންމަ ނާޖިދާ ހަސަން ބުނީ، ރާއްޖެއެމްވީއިން ރިޕޯޓު އާއްމު ކުރުމާއެކު، އަދީލްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި، މަރުވި ސަބަބު ދެނެގަތުމަށް ކަމަށް ބުނެ އޮޓޮޕްސީ ހަދަން ނިންމާފައިވާކަން ހުކުރު ދުވަހު އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނާޖިދާ ބުނީ، އޮޓޮޕްސީ ހެދުމަށް ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހު އިންޑިއާ އަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެމަހުގެ 7 ވަނަ ދުވަހު ހަށިގަނޑު ރާއްޖެއަށް ގެނެސް އާއިލާއާ ހަވާލު ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް މި ނިންމުން ފުލުހުން ނިންމާފައިވަނީ އެއްވެސް ވަރަކަށް އާއިލާއާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި، އޮޓޮޕްސީ ހަދަން ބޭނުންނުވާ ކަމަށެވެ. އަދި އަދީލްގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އަދީލްގެ ހަށިގަނޑުގެ ވަޅުލައި، ކަށުނަމާދުގެ އެންމެހައި ކަންކަން ނިންމަން ކަމަށް އަދީލްގެ މަންމަ ބުންޏެވެ.

މިގައުމުގައި އަނިޔާ ލިބޭ މީހުންނަށް ނުވަތަ މަރުތަކުގެ މައްސަލާގައި އިންސާފު މިހާތަނަށް ލިބިފައިނުވާކަން ފާހަގަކޮށް ނާޖިދާ ބުނީ، އަދީލްއަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ނާޖިދާ ވަނީ އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވި ކަމަށް ބުނާ ވާހަކަތައް ދޮގު ކޮށްފައެވެ.

އަދީލް މަރުވިފަހުން ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް މޯޗަރީގައި ބާއްވައި، ތަހުގީގުގެ މައުލޫމާތު ވެސް ހިއްސާ ނުކުރާތީ އެކަމުގެ ކަންބޮޑުވުން އާއިލާގެ ފަރާތުން ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު ފުލުހުން ބުނީ، ބ.އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު މަރުވި މައްސަލައެއް 23 އޯގަސްޓް 2025 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުންް އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް