Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ ސިއްހީ ހާލުކޮޅު

ގާސިމްގެ ބޭސްފަރުވާއަށް ނުފޮނުވާ ލަސްވުމަކީ ހިތާމަކުރާ ކަމެއް: ވަކީލުން

1 ސެޕްޓެމްބަރު 2017 | ހުކުރު 14:10

ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަ ޖައްސަދިނުމަށް ކޯޓުއަމުރަކުން ވަނީ އަންގާފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 1 ސެޕްޓެމްބަރު 2017 | ހުކުރު 14:10
ގާސިމް އިބްރާހިމް ކޯޓުތެރެއަށް ވެއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދަން އެމްބިއުލަންސްއަށް އަރުވަނީ:-

ގާސިމް އިބްރާހިމް ކޯޓުތެރެއަށް ވެއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދަން އެމްބިއުލަންސްއަށް އަރުވަނީ:-

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ނުފޮނުވާ ލަސްކުރާ ކަމަށް ބުނެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަ ޖައްސަދިނުމަށް ކޯޓުއަމުރަކުން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރިތާ ހަފުތާއަކަށްވުރެ ގިނަވެގެންދިޔައިރު ވެސް ފޮނުވާފައިނުވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް ކޮށްފައިވާ ކޯޓު އަމުރު މިފަދަ މާތް މައްސަރެއްގައި ތަންފީޒުވެގެން ގޮސްފައިނުވާކަމީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާމެދު ލަދުވެތިކަމާއެކު ނުހަނު ހިތާމަކުރާ ކަމެއްކަމުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ގާސިމަށް ދިމާވެފައިވާ ސިއްހީ ޙާލަތުގެ ސީރިއަސްކަން ގުޅިފައިވަނީ ހިތުގެ އާލާސްކަންފުޅަކާ ކަމަށާއި ގާސިމް ބައްލަވަމުން ގެންދަވާ ޑޮކްޓަރުން ލަފާދެއްވަމުން ގެންދަވަނީ، އެއާލާސްކަންފުޅުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ކޮންމެހެން ހަދަންޖެހޭ ތަޙްލީލުތައް މިވަގުތު ރާއްޖޭގައި ހެދެން ނެތުމަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި އެތަޙްލީލުތަކާ ނުލައި ގާސިމް ބައްޔަށް ބޭސްނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެފަރުވާ ނުކުރެވި ހިނގާ ކޮންމެ ހިނދުކޮޅަކީ، ކުރިމަތިވާ ޙާލަތަކާ ގުޅިގެން އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމެއްކަމަށް ޑޮކްޓަރުންދަނީ ތަކުރާރުކޮށް ވިދާޅުވަމުން ކަމަށްވެސް ބުނެފައި އެވެ.

" މީސްމީހުންގެ ބަލިޙާލަތު ކަށަވަރުކޮށްދޭ ބަޔަކީ ޑޮކްޓަރުންނެވެ. ކަމާބެހޭ މަޢުލޫމާތު އެންމެ ރަނގަޅަށް އެނގޭނޭ އެކަމުގެ ފަންނީ މާހިރުންނަކީ ޑޮކްޓަރުންނެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށާއި އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ މުހިންމު ޓެސްޓްތައް ރާއްޖޭގައި ހެދެން ނެތްކަމަށާއި އެޓެސްޓްތަކާ ނުލައި އެމަނިކުފާނަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތްކަމަށާއި ބޭސްފަރުވާއަށް ބޭރަށްވަޑައިގަތުމަށް ތަކުރާރުކޮށް ލަފާދެއްވަމުން ގެންދަވަނީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ކަމާބެހޭ ޚާއްޞަ ތަޖުރިބާކާރު ބޭފުޅުންނެވެ."

މީގެ އިތުރުން ޑޮކްޓަރުންގެ ރަސްމީ ލަފަޔާއި އިރުޝާދު ވަކި ގޮތަކަށް ދީފައި ވަނިކޮށް، އަދި އެކަމާބެހޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުންވެސް އިއުތިރާޒެއް ކޮށްފައި ނެތީސް، އޭނާގެ ފުރާނައަށް ނުރައްކާވާޒާތުގެ ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާފަދަ ގޮތަކަށް ފަނޑިޔާރު ޢަމަލުކުރުމަކީ، ޝަރީޢަތް ކުރުމުގައި ތަބާވާންޖެހޭ ޝަރްޢީ، ޤާނޫނީ، ބައިނަލްއަޤްވާމީ، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ވެސް ހިލާފުކަމެއް ކަން އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ގާސިމްގެ މައްޗަށް ހިންގީ ޝަރީއަތުގައި އަޑުއެހުންތަކަށް ހާޒިރުނުވެވޭނެ ހާލަތްތަކުގައި އެކަން އަންގަމުންދިޔަ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކަން އެންގުމުން ގާސިމްގެ ބައްޔަކީ ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއްކަމުގައި ޑޮކްޓަރުން ބަޔާންކޮށްފައިވާތީ، ދެފަހަރެއްގެ މަތީން ކޯޓުން މައްސަލަ ކެންސަލްކޮށްފައިވާކަމަށްވެސް ބުނެފައިވެ އެވެ.

"ބަލިވެގެން ހޮސްޕިޓަލަށް ދާ ފަރާތަކަށް ބޭނުންވާ ފަރުވާ ކަނޑައެޅުމާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭނަމަ އެޑްމިޓްކުރުމާއި މިކަންކަމަކީ، ޑޮކްޓަރުން ކަނޑައަޅުއްވާ ކަންކަމެވެ. އެއީ ބަލިމީހާ އަމިއްލައަށް ކަނޑައަޅާ ކަންކަމެއް ނޫނެވެ. އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޞިއްޙީ ހާލަތު ހުރި ގޮތުން ކޯޓަށް ވަޑައިގެންނެވެން ނެތްނަމަ، ޤާނޫނުގައްޔާއި ކޯޓު ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޗިޓުގައި ބަޔާންކޮށްފައިވާ ގަޑީގެ އެއްގަޑިއިރުގެ ކުރިއަށް އެކަން ކޯޓަށް، ގަވާއިދުން އަންގާފައިވާނެއެވެ. އަދި ކޯޓުން ދޫކުރި މެޑިކަލް ފޯމްފުރާ ކޯޓަށް ހުށަހަޅާފައިވެސް ވާނެއެވެ،"

އެހެން ނަމަވެސް ގާސިމަށް ހުކުމް ކުރީ އޭނާއަށް ބޭނުންވާ ފަރުވާ ހޯދުމަށް ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"... އެލިޔުން ކޯޓަށް ހުށަހެޅިފައިވަނިކޮށް، އަދި އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި ފަރުވާދެވެމުންދަނިކޮށް، އެދުވަހުގެ ރޭގަނޑު 10:35 ގައި އެރޭގެ 11 ޖަހާއިރަށް ކޯޓަށް ޙާޟިރުވުމުގެ ޗިޓެއް ފޮނުވާފައިވެއެވެ. އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެގަޑިއަށް ކޯޓަށް ހާޟިރުވުމަށް ޢުޒުރުވެރިވެވަޑައިގަންނަވާކަން ބަޔާންކޮށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ކޯޓަށް ހުށަހެޅި ސިޓީ ވެސް ބަލައިގަތުމަކާ ނުލައި، ރޭގަނޑުގެ ބާރަވެސް ޖެހިފަހުން އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޙުކުމްކޮށްފައިވާއިރު، އެމަނިކުފާނުގެ ބަލިޙާލަތަށްޓަކައި ލިބެންޖެހޭ ފުރުސަތުތައް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމީ ހާމައަށް ފެންނަން އޮތް ކަމެކެވެ..،"

ގާސިމް ގޭ ބަންދަށް ބަދަލު ކުރުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވަނީ އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ އޭނާގެ ބަލިޙާލަތު ހުރި ގޮތުން މިވަގުތު ޖަލުގައި ތަންފީޒުކުރެވިދާނެ ޙުކުމެއް ކަމަށް ކަރެކްޝަނަލް ސަރވިސްއަށް ނުފެންނާތީ ކަމަށްވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ. ނަމަވެސް ނަމަވެސް، ގާސިމްގެ ޞިއްޙީ ޙާލަތުގެ ސީރިއަސްކަމަށްޓަކައި ހޮސްޕިޓަލްއިން ދޫކޮށް ނުލެވޭނެކަމަށް އެމަނިކުފާނު ބައްލަވާ ޑޮކްޓަރު ވަނީ ނިންމަވާފައެވެ. އެހެންކަމާއެކު މިވަގުތު ވެސް އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގައި ކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

" އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޙުކުމް ގޭބަންދަށް ބަދަލުކޮށްފިކަމަށާއި އެމަނިކުފާނު މިހާރު އޮންނެވީ ގޭގައިކަމަށް ދެކެވޭ ވާހަކައަކީ ތެދު މަޢުލޫމާތެއް ނޫނެވެ. "

ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވެ ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެ ހުކުމް ކުރީ އޭނާ އައިޖީއެމްޗް ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައި އޮންނަވަނިކޮށެވެ. އަދި ޤާސިމް އިބްރާހީމްގެ ބަލިޙާލަތު ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، ގާސިމް ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ގާސިމްގެ މައްޗަށް ކުރި ޙުކުމުގައި ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ
04 އެޕްރީލު 2017

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި

04 އެޕްރީލު 2017
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް