Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ފާތިހުގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގުޅީފަޅާއި ގިރާވަރު ފަޅުގެ މަގުތަކާއި، ތަންތަން ހެދުމުގެ ކޮންޓްރެކްޓް ކޮބައިތޯ؟

23 އޯގަސްޓު 2025 | ހޮނިހިރު 16:58

ގުޅީފަޅާއި ގިރާވަރު ފަޅުގެ މަގުތަކާއި އެންމެހާ ތަންތަން ހެދުމަށް ހަދާފައިވާ ކޮންޓްރެކްޓް ކޮބައިތޯ ވަނީ ސުވާލު އުފައްދާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 އޯގަސްޓު 2025 | ހޮނިހިރު 16:58
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް: ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް

މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް: ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް

ގުޅީފަޅާއި ގިރާވަރު ފަޅުގެ މަގުތަކާއި އެންމެހާ ތަންތަން ހެދުމަށް ހަދާފައިވާ ކޮންޓްރެކްޓް ކޮބައިތޯ ވިދާޅުވެ، މާލެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހް ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ސުވާލެއް ކުރިމަތިކުރައްވައިފި އެވެ.

ސައިފުގެ މި ސުވާލު ރައީސް މުއިއްޒަށް އަމާޒު ކުރެއްވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ގިރާވަރު ބިންވެރިޔާ ސައްލާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސައިފް ވިދާޅުވީ އަވާމެންދުރަކަށް ވެލިއަޅުއްވާ ބޭކާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިހާރުވެސް ގޯތިތަކެއް ކަނޑާ ދީފައި އެބަހުރި ކަމަށާއި އެ ގޯތިތަކުގެ ރެޖިސްޓްރީ ވެސް އެތައްބަޔަކަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން އެކުރައްވާ ބޭކާރު މަސައްކަތްތަކުގެ ބަދަލުގައި ލިބިފައި ހުރި ގޯތިތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ސައިފު ވަނީ ގޮވާލައްވާފަ އެވެ.

ސައިފު ވިދާޅުވީ މަގުތައްހަދާ ނިމި، ޕާކުތައް އަޅަންވާ ތަންތަނާއި މިސްކިތްތަކާއި ސްކޫލުތައް އަޅަންވާ ތަންތަން ފާހަގަކުރެވި ލޭންޑް ޔޫސް ޕްލޭން ވެސް ހަދާ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ނިމި އެތައްބައެއްގެ އުންމީދާއި ގުޅިލާމެހިފައި އޮތްތަނަކަށް އަޅާނުލައްވާ، އަލުން ކަނޑަށް ވެލިއަޅުއްވަމުން އެ ގެންދަވަނީ ކޮން ވިސްނުމެއްގައިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިފު ވިދާޅުވީ މި ސަރުކާރުން އެކަން އެ ކުރަނީ ކޮންކަހަލަ މޮޔަ ވިސްނުމެއްގައި ކަން އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ. އަދި ބޭކާރު، ނުކުރެވޭކަންކަން ކުރައްވަން އުޅުމުގެ ނަތީޖާއަކަށް ވެފައިވަނީ ސަރުކާރު ދަރާވިކުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަދި އޭގެ ބަދަލުގައި މިހާރު ދީފައި ހުރި ތަންތަނަށް ރައްޔިތުންނަށް ދެވޭނޭ ގޮތް ހައްދަވައިދެއްވުން މާ ރަނގަޅުކަމަށް ވެސް ސައިފު ވިދާޅުވި އެވެ.

ތިންވަނަ ނުކުތާއެއްގެ ގޮތުގައި އަޅުގަނޑު ފާގަކޮށްލަން ބޭނުންވަނީ ކޮބައިތޯ އޭ، ރައީސުލްޖުމްހޫރިއްޔާ އަދި ހައުސިންގ މިނިސްޓަރަށް، ކޮބައިތޯ އޭ، ގިރާވަރުފަޅާއި ގުޅީފަޅުގެ މަގުތަކާއި ތަންތަން ހެދުމުގެ އެގްރީމެންޓް. ކޮންޓްރެކްޓެއް ހައްދަވައިފިންތޯ ތި ބޭފުޅުން؟ ތިބޭފުޅުން އެބަ އުޅުއްވަންތޯ މަގުތައް ހައްދަވަން، ކޭބަލް ތައް ވަޅުލަން، ފެންހުރި، ކަރަންޓު ހުރި، މިހުރިހާ މަސައްކަތެއް އެބަހިނގާތޯ އޭ؟
މާލެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހް

ސައިފް ވިދާޅުވީ މި ސަރުކާރުން ދައްކަވަނީ ހުސް ވާހަކަތަކެއް ކަމަށާއި އަސްލުމަސައްކަތެއް ކުރާތަން ފެނިގެން ނުދާ ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރުމަށް ކޮންޓެރެކްޓެއް ވެސް މި ސަރުކާރަށް ހެދިފައިނުވާ ކަމަށް ސައިފް ވިދާޅުވި އެވެ.

ސައިފް ވިދަޅުވީ ބޭކާރު ވާހަތައް ދެއްކުމާއި، ކޮންޓްރެކްތަރުންނަށް ބޭކާރު ފައިސާ ހަރަދުކުރުން ނޫން ކަމެއް މި ސަރުކާރުން ކުރައްވަމުން ނުގެއްދަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް