Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރު ކޮށްފި

ރަނިލް ވިކްރަމަސިންހަ، އަމިއްލަ ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުންކުރި މައްސަލައިގައި ސީ.އައި.ޑީއިން ހައްޔަރުކޮށްފި. ހުކުރު ދުވަހުގެ މެންދުރު ހައްޔަރުކުރެވުނު ރަނިލް ގެ ބަޔާން ހުކުރު ދުވަހު ހެނދުނު ނެގި ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 08:34
ރަނިލް ވިކްރަމަސިންހަ

ރަނިލް ވިކްރަމަސިންހަ

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހުކުރު ދުވަހުގެ މެންދުރު އެ ގައުމުގެ ސީ.އައި.ޑީ އިން ހައްޔަރުކޮށްފިއެވެ.

ރަނިލް ހައްޔަރު ކުރެވުނީ އޭނާ ރައީސްކަމުގައި ހުންނެވިއިރު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރަކަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ގައެވެ.

އޭނާ މިއަދު ހެނދުނު ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފް.ސީ.އައި.ޑީ) އަށް ބަޔާނެއް ދެއްވުމަށް ވަޑައިގެންނެވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މިއީ އެ ގައުމުގެ ކުރީގެ ރައީސަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ތަޙުޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އޭނާ ކުރެއްވި ރަސްމީ ބޭރު ދަތުރެއްގެ ބައެއްގެ ގޮތުގައި ކުރެވުނު މި ދަތުރަކީ ރަސްމީ ދަތުރުގެ ބައެއް ނޫނެވެ. ނަމަވެސް މި ދަތުރު ކުރެވިފައި ވަނީ ސަރުކާރުގެ ފައިސާ އިންނެވެ.

މި މަހުގެ ކުރީކޮޅު، ކުރީގެ ރައީސް ގެ ސެކްރެޓަރީ ސަމަން އެކަނަޔަކެ އަދި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސެންޑްރާ ޕެރޭރާއާ މި ދަތުރު އިންތިޒާމުކުރުމުގައި އެ ދެ ފަރާތުގެ ދައުރާ ބެހޭ ގޮތުން ވަނީ ސުވާލު ކޮށްފައެވެ.

2022 އިން 2024 އަށް ސްރީލަންކާގެ ރައީސް ކަން ކުރެއްވި ވިކްރަމަސިންހަ އަކީ ފަހަކަށް އައިސް އެ ގައުމުގައި ހައްޔަރު ކުރެވުނު އެންމެ އިސް ސިޔާސީ ފަރާތެވެ.

އޭނާ އަކީ ސްރީ ލަންކާ ގެ އިގްތިސާދު ބަނގުރޫޓު ވުމުގެ ހާލަތުން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

ވިކްރަމަސިންހަ އަކީ 1990 ގެ އަހަރުތަކުން ފެށިގެން 6 ދައުރެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ބީބީސީ ސިންހަޅަ އިން ބުނާ ގޮތުގައި، އުމުރުން 76 އަހަރުގެ ރަނިލް ރައީސްކަމުގައި ހުންނެވި މުއްދަތުގައި 23 ބޭރު ދަތުރު ކުރައްވާފައިވެއެވެ. މި ދަތުރުތަކުގެ ޚަރަދު 600 މިލިއަން ރުޕީސް (2 މިލިއަން ޑޮލަރު) އަށް ވުރެ މައްޗަށް އަރައެވެ.

ހުކުރު ދުވަހުގެ ހައްޔަރު ކުރުން ގުޅިފައިވަނީ 2023 ވަނަ އަހަރު ކިއުބާގައި ބޭއްވުނު ޖީ77 ސަމިޓުން އެނބުރި ވަޑައިގަންނަވަމުން އިނގިރޭސިވިލާތުގައި، މަޑުކުރެއްވުމަށް ކަމަށް އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓު ކުރެއެވެ.

އެ މަޑު ކުރެއްވުމުގައި، އޭނާ އާއި އޭނާގެ އަނބިކަނބަލުން ވޯލްވަރހެމްޕްޓަން ޔުނިވަރސިޓީގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީ ލަންކާ ގެ ސީއައިޑީން ތުހުމަތު ކުރަނީ މިއީ އަމިއްލަ ދަތުރެއް ކަމަށާއި، މި ދަތުރަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވުވުނު ކަމަށެވެ. ނަމަވެސް ރަނިލް މިކަމާ ދެކޮޅު ހައްދަވާފައި ވެއެވެ.

ރަނިލް އަކީ 1977 ގައި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރަކަށް ހޮވުނީއް ސުރެ އެ ޤައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރައްވާ ރަނިލް އަކީ ސިޔާސީ އަދި ވިޔަފާރިވެރިން ހިމެނޭ ތަނަވަސް ޢާއިލާއަކުން ވަޑައިގެން ބޭފުޅެކެވެ.

1994 ގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ކަމާ ހަވާލުވުމަށް ފަހު، ކޮރަޕްޓް ޕާޓީ މެންބަރުން ގެ ކިބައިން ޕާޓީ ސާފުކުރުމަށް ޑިސިޕްލިނަރީ ކޮމިޝަނެއް އުފެއްދުމުގެ ސަބަބުން، ޕާޓީގެ އިމޭޖް ރީތި ކުރުމުގެ ކްރެޑިޓް އޭނާއަށް ލިބުނެވެ.

އަހަރުތަކެއް ވަންދެން، ސްރީލަންކާގެ ރައީސް ކަމަށް ވާދަކުރެއްވި ނަމަވެސް، އޭނާ އަށް އެ މަޤާމު ލިބިވަޑައިގަތީ 2022 ގައި ރާޖަޕަކްސާ ރައީސް ކަން ދޫކޮށްލައްވައި ފިއްލެވުމުގެ ސަބަބުންނެވެ.

ލަންކާގެ ރައީސް ކަން ލިބިވަޑައިގަތް އިރު އޭނާ އަކީ ޕާލިމެންޓުގައި އޭނާގެ ޕާޓީ ތަމްސީލު ކުރައްވަން ހުންނެވި ހަމައެކަނި މެމްބަރެވެ.

އެހެން ނަމަވެސް 2024 ގެ އިންތިޚާބުގައި އަނުރަ ކުމާރަ ޑިސަނަޔަކެ އާ ވާދަކުރައްވާ ރަނިލް އަށް ނާކާމިޔާބު ވިއެވެ.

ރަނިލް ވިކްރަމަސިންގހަލަންކާސީ.އައި.ޑީލަންޑަންއެފްސީއައިޑީމާލީ ކުށް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްޓޫބަރު ހަތެއްގެ އެއްވުމުގައި ބަައިވެރި ނުވުމަށް ދަރިވަރުންނަށް ސްޓާމާ ގޮވާލައްވައިފި

އޮކްޓޫބަރު ހަތެއްގެ އެއްވުމުގައި ބަައިވެރި ނުވުމަށް ދަރިވަރުންނަށް ސްޓާމާ ގޮވާލައްވައިފި

07 އޮކްޓޯބަރު 2025
ލަންކާގެ ޚުދުމުޚުތާރު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން 1000 މުޒާހަރާ އިންތިޒާމު ކުރުމަށް ރަނިލް ގޮވާލައްވައިފި

ލަންކާގެ ޚުދުމުޚުތާރު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން 1000 މުޒާހަރާ އިންތިޒާމު ކުރުމަށް ރަނިލް ގޮވާލައްވައިފި

20 ސެޕްޓެމްބަރު 2025
އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

15 ސެޕްޓެމްބަރު 2025
ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ބިޑި އަޅުވައިގެން ޖަލަށް ގެންގޮސްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ބިޑި އަޅުވައިގެން ޖަލަށް ގެންގޮސްފި

23 އޯގަސްޓު 2025
ޚިޔާނާތުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ގެ ބަޔާން ނަގަން ހާޒިރު ކުރަނީ

ޚިޔާނާތުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ގެ ބަޔާން ނަގަން ހާޒިރު ކުރަނީ

22 އޯގަސްޓު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު