Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާ

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ބިޑި އަޅުވައިގެން ޖަލަށް ގެންގޮސްފި

އިޤްތިޞާދީ ހީނަރުކަމުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވި 76 އަހަރުގެ ކުރީގެ ރައީސް އޮގަސްޓް 26 އާ ހަމަ އަށް ޖަލަށް ލުމަށްފަހު ހެދި މެޑިކަލް އެގްޒެމިނޭޝަން އަކާ ގުޅިގެން މިހާރު ވަނީ ޖަލު ހޮސްޕިޓަލަށް ބަދަލު ކޮށްފައި.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 01:35
ބިޑި އަޅުވާފައިވާ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ބަހުގައި ޖަލަށް ގެންދަނި ކޮށް ނަގާފައިވާ ފޮޓޯ އެއް - 22 އޮގަސްޓް 2025

ބިޑި އަޅުވާފައިވާ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ބަހުގައި ޖަލަށް ގެންދަނި ކޮށް ނަގާފައިވާ ފޮޓޯ އެއް - 22 އޮގަސްޓް 2025

ޚިޔާނާތުގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރު ކުރި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ބިޑި އަޅުވައިގެން ޖަލަށް ގެން ގޮސްފިއެވެ.

ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ މައްޗަށް ތުހުމަތު ކުރެވުނީ އިތުރު، 10 މީހުންގެ ބަޔަކާއެކު އަމިއްލަ ބޭނުމަކަށް ކުރެއްވި ބޭރު ދަތުރެއްގައި 16.6 މިލިއަން ސްރީ ލަންކަން ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.

މި މައްސަލައިގައި ހުކުރު ދުވަހު ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލި ލަންކަޕޫރާ އޭނާ އޯގަސްޓް 26 އާ ހަމައަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައެވެ.

ބީބީސީ ސިންހަލަ އިން ބުނާ ގޮތުގައި، 76 އަހަރުގެ ރަނިލް ވިކްރަމަސިންހަ ރައީސްކަމުގައި ހުންނެވި މުއްދަތުގައި 23 ބޭރު ދަތުރު ކުރައްވާފައިވެއެވެ. މި ދަތުރުތަކަށް 600 މިލިއަން ސްރީލަންކަން ރުޕީސް އަށް ވުރެ ގިނަ އަދަދެއް (2 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވެފައިވެއެވެ.

ނިއުސް އެޖެންސީ އޭއެފްޕީ އިން ރިޕޯޓުކުރާ ގޮތުގައި، ހުކުރު ދުވަހު އޭނާ ހައްޔަރުކުރެވުނީ 2023 ވަނަ އަހަރު ކިއުބާގައި ބޭއްވުނު ޖީ77 ސަމިޓަކަށްފަހު އެނބުރި ވަޑައިގަންނަވަމުން އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.

އެ ދަތުރުގައި، އޭނާ އާއި އޭނާގެ އަނބިކަނބަލުން ވޯލްވަރހެމްޕްޓަން ޔުނިވަރސިޓީގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީ ލަންކާގެ ސީއައިޑީ އިން ތުހުމަތު ކުރަނީ މިއީ އަމިއްލަ ދަތުރެއް ކަމަށާއި، މި ދަތުރަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވުނު ކަމަށެވެ. ނަމަވެސް ވިކްރަމަސިންހަ ވަނީ މިކަން ދޮގު ކުރައްވާފައެވެ.

އޭނާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ އޮފިޝަލަކު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އޭނާ އަކީ މައުސޫމް ބޭފުޅެއް ކަމަށާއި، މި މައްސަލަ އަކީ ސިޔާސީ ބޭނުމަކަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ.

"ރަނިލް ވިކްރަމަސިންހަ އެއްވެސް އިރެއްގައި ރައްޔިތުންގެ ފައިސާ ނުވަތަ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައެއް ނުވޭ،" ކުރީގެ ރައީސް ކޯޓަށް ޙާޟިރު ކުރެވުނު ވަގުތު ކޮލޮމްބޯގެ ކޯޓު ކޮމްޕްލެކްސް ބޭރުގައި އެއްވެފައިވާ ނޫސްވެރިންނާ މުޚާޠަބުކޮށް ޔޫއެންޕީގެ މެންބަރު ނިޝާންތަ ސްރީ ވަރްނަސިންހަ ބުންޏެވެ.

"އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔައިރު، ޤައުމު ސަލާމަތް ކުރުމަށް ކުރިމަތިލައި، އެ ޒިންމާ ގަބޫލު ކުރެއްވި ފަރާތަކީ އޭނާ،" ވަރްނަސިންހަ ހާމަ ކުރިއެވެ. "މިއަދު މި ސަރުކާރުން މިހާ ދަށުދަރަޖައިގައި މުޢާމަލާތް ކުރަމުން ދަނީ އެ ފަރާތާ."

ޤާނޫނީ ވަކީލެއް ކަމުގައިވާ، އަދި ސްރީލަންކާގެ ބޮޑުވަޒީރުކަން ރެކޯޑު އަދަދަކަށް 6 ފަހަރު ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަ، 2022 ގައި ރައީސްކަމަށް ވަޑައިގަތީ އެ ގައުމަށް ކުރިމަތިވި ނުރައްކާތެރި މާލީ ހީނަރުކަން އެންމެ ގޯސްވެފައިވާ ދަނޑިވަޅުގައެވެ.

ޔޫއެންޕީގެ ލީޑަރު ރަނިލް ވެރިކަމާ ޙަވާލުވެވަޑައިގަތީ އިޤްތިޞާދު ބޮއްސުންލުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުން ދިޔަ ފުޅާ ދާއިރާ އެއްގެ އިހުތިޖާޖުތަކާ ގުޅިގެން އޭރު ހުންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސާ ޤައުމުން ފިއްލަވައިގެން ވަޑައިގަތުމަށްފަހު އިސްތިޢުފާ ދެއްވުމުންނެވެ.

އިޤްތިޞާދީ ހީނަރުކަމަށްފަހު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި އޭނާ އަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވީ މާކްސިސްޓް ވިސްނުމުގެ އަނޫރާ ކުމާާރާ ޑިސަނަޔަކެ އެވެ. ދެވަނަ ހޯއްދެވީ އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަދާސާ އެވެ.

ލަންކާ މީޑީއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަނިލް ވަނީ ހުކުރު ދުވަހުގެ ރޭ ޖަލަށް ގެނައުމަށް ފަހު ޖަލު ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ. ޖަލު ހޮސްޕިޓަލް އަށް ބަދަލު ކުރެވުނީ ވެލިކަޑަ ޖަލަށް ގެނެވުނު ފަހުން ކުުރެވުނު މެޑިކަލް ޗެކަޕަކަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަނިލް ވިކްރަމަސިންގހަސްރީލަންކާޔޫއެންޕީވެލިކަޑަ ޖަލުޚިޔާނާތުގެ ދަޢުވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު