Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އެއަރލައިންސް

ސައުދީ ބޯޓެއް ލަންޑަނަށް ދަތުރު ކުރަނިކޮށް ކެބިން މެނޭޖަރު މަރުވުމުން ބޯޓު ކައިރޯ އަށް ޖައްސައިފި

އޭނާ ނިޔާވީ ފްލައިޓް ދަތުރު ކުރަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެއަރލައިން އިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 27 ޖޫން 2025 | ހުކުރު 16:42
ސައުދީ އަރަބިއަން އެއާލައިންސް ބޮއިންގް 777 މަރުކާގެ ބޯޓެއް

ސައުދީ އަރަބިއަން އެއާލައިންސް ބޮއިންގް 777 މަރުކާގެ ބޯޓެއް

ސަޢޫދީ އެއަރލައިންސް ގެ ބޯޓެއް ސައުދީން ލަންޑަނަށް ދަތުރު ކުރަނިކޮށް ބޯޓުގެ ކެބިން މެނޭޖަރ ކުއްލި އަކަށް މަރުވުމާ ގުޅިގެން ބޯޓު މިސްރުގެ ކައިރޯ އަށް ޖައްސައިފިއެވެ.

މުޙްސިން އަލް-ޒަހްރާނީ މަރުވީ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އެއަރޕޯޓުން ލަންޑަނުގެ ހީތްރޯ އެއަރޕޯޓަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެއަރލައިން އިން ހާމަ ކޮށްފައިވެއެވެ.

ހުކުރު ދުވަހު ހާދިސާ ހިނގުމުން ފްލައިޓްގެ ރޫޓް ބަދަލު ކޮށް އެމަޖެންސީ ކޮށް ކައިރޯގައި ޖެއްސިއެވެ.

އޭނާއަށް ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ހާޓް އެޓޭކެއް ޖެހި ނިޔާވެފައިވާ ކަމަށް އެތަނުން ވަނީ އިޢުލާނު ކޮށްފައެވެ.

"އަޅުގަނޑުމެންގެ އިޚްލާޞްތެރި ތަޢުޒިޔާ އަލް-ޒަހްރާނީގެ ޢާއިލާއަށާއި، އެކުވެރިންނަށާއި، ރަޙްމަތްތެރިންނަށް އަރިސްކުރަމެވެ،" އެއަރލައިނުން ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އިތުރަށް ށް ބުނެފައި ވަނީ އޭނާ އަކީ "ޒިންމާދާރުކަމާއި، ތެދުވެރިކަމާއި، ޕްރޮފެޝަނަލިޒަމްގެ ނަމޫނާއެއް" ކަމަށެވެ.

ސައުދީ އެއަރލައިންސްލަންޑަންމުޙްސިން އަލް-ޒަހްރާނީކައިރޯ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އޮކްޓޫބަރު ހަތެއްގެ އެއްވުމުގައި ބަައިވެރި ނުވުމަށް ދަރިވަރުންނަށް ސްޓާމާ ގޮވާލައްވައިފި

07 އޮކްޓޯބަރު 2025
އޮކްޓޫބަރު ހަތެއްގެ އެއްވުމުގައި ބަައިވެރި ނުވުމަށް ދަރިވަރުންނަށް ސްޓާމާ ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2025

އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

15 ސެޕްޓެމްބަރު 2025
އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް
22 އޯގަސްޓު 2025

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރު ކޮށްފި

22 އޯގަސްޓު 2025
ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރު ކޮށްފި
18 ޖުލައި 2025

އިނގިރޭސިވިލާތުގައި ވެސް ބިޒްނަސް ފޯރަމް ބާއްވާއިފި

18 ޖުލައި 2025
އިނގިރޭސިވިލާތުގައި ވެސް ބިޒްނަސް ފޯރަމް ބާއްވާއިފި
04 މެއި 2024

ސާދިގް ޚާން 3 ވަނަ ދައުރަކަށް ލަންޑަންގެ މޭޔަރު ކަމަށް

04 މެއި 2024
ސާދިގް ޚާން 3 ވަނަ ދައުރަކަށް ލަންޑަންގެ މޭޔަރު ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު