Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިޒްނަސް ފޯރަމް

އިނގިރޭސިވިލާތުގައި ވެސް ބިޒްނަސް ފޯރަމް ބާއްވާއިފި

ސަރުކާރުން ބުނަނީ މިއީ އިކޮނޮމިކް މިނިސްޓްރީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ 8 ވަނަ ބައްދަލުވުން ކަމުގައި

ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 01:22
ލަންޑަނުގައި ބޭއްވި މޯލްޑިވްސް–ޔޫކޭ ބިޒްނަސް ފޯރަމް - 17 ޖުލައި 2025

ލަންޑަނުގައި ބޭއްވި މޯލްޑިވްސް–ޔޫކޭ ބިޒްނަސް ފޯރަމް - 17 ޖުލައި 2025

އިނގިރޭސިވިލާތުގެ ލަންޑަންގައި ބުރާސްފަތި ދުވަހު ހަވީރު "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް" ބާއްވައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ސިންގަޕޫރުގައި ވެސް ސަރުކާރުން ވަނީ ބިޒްނަސް ފޯރަމް އެއް ބާއްވާފައެވެ.

ސިންގަޕޫރުގެ ބިޒްނަސް ފޯރަމް ބޭއްވިތާ ދެހަފްތާ ގެ މުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމް ގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.

މިހާތަނަށް ބޭއްވި އެއްވެސް ބިޒްނަސް ފޯރަމް އެއް ގެ ނަތީޖާ ސަރުކާރުން ހާމަ ކޮށްފައި ނުވާއިރު، ސަރުކާރުން ބުނަނީ މިއީ، އިކޮނޮމިކް މިނިސްޓްރީ އިން، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުން ކަމުގައެވެ.

ފޯރަމްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭ ގައި އިންވެސްޓް ކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެ ފަސް ދާއިރާ އަކީ، އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒު ކުރުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަން ފެށުން ހިމެނޭކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ދަޅު މަސް އެންމެ ގިނައިން ޒަމާނުއްސުރެ އެކްސްޕޯޓު ކުރާ އެއް ގައުމު ކަމުގައިވާ އިނގިރޭސިވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމްގައި މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙް ކޮށްދެއްވާފައެވެ.

މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓް ކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާ ދެމެދު ފަހުމުނާމާއެއް ގައި ވަނީ ސޮއި ކޮށްފައެވެ.

"އިންވެސްޓިންގް އިން ދަ ފިއުޗަރ: އަ ޑަޔަލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން" – މި ޝިޢާރުގެ ދަށުން ބުރާސްފަތި ދުވަހުގެ ފޯރަމްގައި، މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދިޔައެވެ. މި ޑިސްކަޝަން ގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމާއި ފައިނޭންސިންގ ފަދަ މުހިންމު ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ބައިވެރިންނާއެކު ޙިއްޞާކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ލަންޑަންބިޒްނަސް ފޯރަމްއިޤްތިސާދީ ސަރަހައްދުމަސްވެރިކަންފަތުރުވެރިކަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިނގިިރޭސިވިލާތާއި ރާއްޖޭގެ ގުޅުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
 މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު