Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންޑަންގައި ކުރިއަށްދިޔަ މުޒާހަރާ

ލަންޑަންގައި މުޒާހަރާ ކުރި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފި

ހައްޔަރު ކުރި މީހުން ރާވާފައިވަނީ ލަންޑަނުގެ ބައެއް ތަންތަނަށް ޓެރެރިސްޓް ހަމަލާތައް ދޭންކަމަށް ފުލުހުން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 ޖެނުއަރީ 2024 | ހޯމަ 03:27
ލަންޑަންގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ލަންޑަންގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން

ލަންޑަން ސްޓޮކް އެކްސްޗޭންޖުގެ މަސައްކަތަށް ހުރަސް އަޅަން އުޅުނު ކަމުގެ ތުހުމަތުގައި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ލަންޑަން، ލިވަޕޫލް އަދި ބްރައިޓަން އިންނެވެ. އުމުރުން 26 އަހަރާއި 31 އަހަރާ ދެމެދުގެ މި ދެ މީހުން އަދިވެސް ތިބީ ބަންދުގައެވެ.

މެޓްރޯޕޮލިޓަން ފުލުހުން ބުނީ އެލްއެސްއީ ހިންގަމުންދިޔަ އިމާރާތް ހުޅުވަން އައި މީހުންނަށް ހުރަސްއަޅައި އެތަނުގެ ޚިދުމަތް ހުއްޓުވުމުގެ ގޮތުން ގެއްލުންދީ ހަދާފައިވާ ކަމުގެ މައުލޫމާތު އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ އެކްސްޕްރެސް އިން ކަމާބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ.

ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ސިއާން ތޯމަސް ވިދާޅުވި ގޮތުގައި ހައްޔަރު ކުރި މީހުން ރާވާފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ދިޔަނަމަ އެ އިމާރާތަށާއި، އެހެނިހެން ތަންތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހަރަކާތްތަކެއް އެމީހުން ރާވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޮފިސަރުން ތިބޭނީ އެފަދަ ކަމެއް ހިނގާފާނެތޯ ބަލަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގި ހަނގުރާމައަށްފަހު ލަންޑަނާއި އިނގިރޭސިވިލާތުގެ އެހެން ސިޓީތަކުގައި ފަލަސްތީނަށް ތާއީދުކުރާ އަދި އިސްރާއީލަށް ތާއީދުކުރާ ގިނަ މުޒާހަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ބައެއް އެއްވުންތަކުގައި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ވެސް ހިނގާފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން ދިޔަ ފަލަސްތީނުގެ ސަޕޯޓަރުންތަކެއް ވަނީ މެދުތެރޭ ލަންޑަންގެ ކިންގްސް ކްރޮސް ސްޓޭޝަނުގައި މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ވެސް އިހުތިޖާޖުކޮށްފައެވެ. އެއްވެ އުޅުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ފަސް މީހަކު އެ އެއްވުމުން ވެސް ހައްޔަރުކޮށްފައިވެއެވެ.

ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިމަހުގެ ކުރީކޮޅު ވެސް ލަންޑަނުގެ ޕާލަމެންޓް އިމާރާތް ހުރި މަގުތައް ކުޑަ ވަގުތުކޮޅަކަށް ބަންދުކޮށްފައެވެ.

މެދުއިރުމަތީގައި އެންމެ ފަހުން ހިނގި ހަމަނުޖެހުންތައް ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތާއި ގުޅިފައިވާ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ހަމަލާދީ 1200 އެއްހާ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެންނެވެ.

އިސްރާއީލުން ރައްދު ދިނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ޣައްޒާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ފަހުން ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ވެރިކަން ހިންގާ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ލަންޑަންފަލަސްތީނުއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު